ސްޕައިސް ޖެޓުން ޗާޓާޑް ކޮށްގެން އަނެއްކާވެސް މޯލްޑިވިއަަންގެ ސީޕްލޭނެއް އިންޑިއާއަށް ގޮސްފިއެވެ.

މި ސީޕްލޭން އިންޑިއާއަށް ދިއުމުގެ ތެރޭގައި ވަނީ މަލިކަށް ޖައްސާފައެވެ. މިއީ ރާއްޖޭގެ ގައުމީ އެއާލާއިނުން މަލިކަށް ކުރި ފުރަތަމަ ދަތުރެވެ. މި ސީޕްލޭން މަލިކަށް ގޮސްފައި ވަނީ، މީގެ އިރުކޮޅެެއް ކުރިންނެވެ.

މޯލްޑިވިއަން އިން ބުނީ، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އިންޑީއާގެ މަލިކުގައި ކަމަށެވެ. އަދި މަލިކުގައި މި ސީޕްލޭން މަޑުކޮށްފައި ވަނީ ސްޕައިސް ޖެޓްގެ ޗާޓާޑް ދަތުރެއްގައި އަހުމަދުއަބާދަށް ދިއުމުގެ މަގުމަތީގައި ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ ސްޕައިސް ޖެޓުން ސީޕްލޭން ޗާޓަރުކޮށްގެން ގެންދިޔައީ މަސްދުވަހަށްކަމަށެވެ. މި ދަތުރުގައި މޯލްޑިވިއަންގެ ސީޕްލޭން ކްރޫގެ ހަ މެންބަރުންވެސް އިންޑިއާއަށް ގޮސްފައި ވެއެވެ.

އިންޑިއާގެ ސީޕްލޭން ހިދުމަތް ފެށުމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް އެ ގައުމަށް ގޮސް ދަތުރުތައް ފެއްޓި އެވެ.

ރާއްޖޭގެ އެހީތެރިކަމާއެކު އިންޑިއާގައި އަލަށް ފެށި ސީ ޕްލޭންގެ ހިދުމަތް ފައްޓަވައި ދެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާގެ ކެވެދިއާ އާއި އަހްމެދަބާދް އަދި ގުޖްރާތާއި ދެމެދުގައި ސީޕްލޭންގެ ހިދުމަތް ސްޕައިސް ޖެޓުން ފޯރުކޮށްދޭ ހިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އިބުރާހިމާ ކީއްކުރާށޭތަ ތިއުޅެނީ...ރައްޔިތުންނޭ ކަރުނަ ލޮލުންނާދޭތަ މި ވަނީކީއްކުރަންނޭގޭތީ...އިބުރާހިމަށް ކީރިތިކުރެއް ވެނީ ދި ވެހިރައްޔިތުންގެ މުދާ ބިޔަބޮޑު ދުނިޔޭގެ އިގްތިތިސާދުގެ ގަދަ10އެއްގެ ހިމެނޭ ވަރުގަދަ އިންޑިޔާއަށް އެއްކޮށް ހުސްނުކުރެ ވޭތީ....މިކޯލިޝަން ސަރުކާރު 2023އަށް ހަމަޔަށް ވެރިކަމުގައޮ ވެއްޖެނަމަ މޯލްޑި ވިއަންގެ ނަން ވެސް އޮ ވެދާނެކަމާމެދު ޝައްކު..ރައްޔިތުން ހެޔޮނު ވާނެ ސަރުކާރުގެ މިފަދަ ޖަރީމާތަހުއްޓު ވަން އެއްމެން އެކަތިގަޑަކަށް ވަމާހިގާ....ކުލަކުލަ ދޫކޮށް ފެއްސާރަތާހުދުގެ ހައްގުގަނުކުންނަމާ..

    21