ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވާން މެދުވެރިވި ކައިވެނި ޕާޓީ އިންތިޒާމްކުރި އަދި ޕާޓީގައި ކައިވެނި ކުރި ރޯޔަލް ބޭފުޅެއް ކަމަށްވާ އިރުފާން އަބްދުﷲ "ވަގުތު"ގެ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅައިފިއެވެ.

ރޯޔަލް ބޭފުޅެއް ކަމަށްވާ އިރުފާން ވަނީ އޭނާގެ ކައިވެނި ޕާޓީ އިން ކޮވިޑް-19 ފެތުރުނު ޚަބަރު "ވަގުތު" ގައި ގެނެސްދިން ގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާ މީޑިއާ ކައުންސިލަށް ހުށަހެޅީ އެޕާޓީ އާއި ގުޅިގެން ގެނެސްދިން ޚަބަރުގެ މައްސަލައެކެވެ.

މައްސަލަ މީޑިއާ ކައުންސިލަށް ބަލައިގަތްކަމުގެ ލިޔުން ފޭސްބުކްގައި އާއްމު ކުރަމުން އޭނާ ފޭސްބުކްގައި ބުނެފައި ވަނީ "ޖަވާބު ދާރީވާން ރެޑީ ވުމަށް އެދެން. ރޯޔަލްކަން ދައްކާނަން." ކަމަށެވެ.

އިރުފާން އަކީ ރޯޔަލް ބޭފުޅެއް ކަމަށް އޭނާ ބުނެފައި ވަނީ ބެލެވޭ ގޮތުގައި އޭނާ އަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކާއި އާއިލީ ގުޅުން އޮންނަ މީހަކަށް ވާތީއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރަކާއި އޭނާ އާއި އާއިލީ ގުޅުން އޮވެއެވެ.

"ރޯޔަލް" ބޭފުޅަކު "ވަގުތު" މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހެޅުމުން "ވަގުތު" އޮފިޝަލަކު ވިދާޅުވީ މީޑިއާ ކައުންސިލަށް ވެސް އަދި އެހެން އިދާރާއަކަށް ވެސް މައްސަލައެއް ހުށަހަޅައިފިނަމަ އޮންނަ އުސޫލުގެ މަތިން ޖަވާބުދާރީވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޤާނޫނަށްވުރެ މަތީގައި ތިބޭ ބައެއް ނޫން. އަޅުގަނޑުމެން ޤާނޫނަށް ބޯލަނބާނަން. ޤާނޫނުން އަޅުގަނޑުމެންނަށް މަތިކޮށްފައި އޮތް ދާއިރާގެ ތެރެއިން ޖަވާބުދާރީ ވާންޖެހޭ ކަންކަމަށް ޖަވާބުދާރީ ވާނަން. އަދި މައްސަލައެއް ހުށަހެޅުމަކުން ރޯޔަލް ބޭފުޅުންދެކެ ބިރުން އަޅުގަނޑުމެން ފަހަތަކަށް ވެސް ނުޖެހޭނަން." އޮފިޝަލް ވިދާޅުވިއެވެ.

"ރޯޔަލް" މީހުންނަކީ ރަސްމަތިފުށު މީހުންނެވެ. އެއީ އެމީހުންގެ މައްޗަށް ޤާނޫނު ނުހިނގާނެ މީހުންނެވެ. ދާދިފަހުން ރާއްޖޭގައި ފެންމަތިވި ސަފާރީ ރޭޕް ކޭސްގައި ހިމެނޭ މީހުން ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުން ލަސްވަނީ އެމީހުންނަކީ "ރޯޔަލް" މީހުން ކަމަށް ވުމުން ކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ގެރި

    އެމްޑީޕީ އެއްޗެހިތަކާ ހެދި ދިރިއުޅެންވެސް ދަތި މިހާރު

    271
    9
  2. ކައި

    އައި ވިޝް އައި ވޯޒް ރޯޔަލް ޓޫ.. ލޮލް 😂

    154
    6
  3. ހަލީމާފުޅު

    ހެހެ ޑިމޮކްރަސީ މައި ފުޓް

    156
    2
  4. ގަސް

    ރޯޔަލް ނޫން ބޭފުޅުންގެ މައްޗަށް އެކަނި ދެެއްތޯ ގާނުނު ހިނގަނީ

    174
    1
    • ޕާޓޭ

      މީހަކު މިސޮރު ފޮޓޯ އެއްޗަކަށް ލީމަ ހަޖަމް ނުވަނީ. މީނަ އޯކޭ ފާޑު ފާޑު މޮޅެތި ކެޕްޝަން ޖަހާފަ އެހެން މީހުންގެ ފޮޓޯ ލާން..

      123
      2
  5. ގަރުދިޔަ

    ސޯލިހު ޖެހޭ ޒިންމާ ނަގަން.. ކުރީގަ ކަމެއްވާ އިރަށް އަޅުވަނީ ޔާމީން ބޮލުގަ

    147
    4
  6. ކޮމިއުނިސްޓް

    ކޮބާ ޑިމޮކްރަސީއެއް ނެތް ދޯ މިހާރު.. ކޮމިއުނިސްޓް ސަރުކާރު އައިފަހުން ވަކިބަޔަކަށް ހުރިހާ ފައިދާއެއް

    141
    3
  7. ޖަންބު

    ކައިވެންޏެއް ކުރިއަކަސް ޕާޓީ ބާއްވަން ޖެހޭތަ ބޮޑު ޕެންޑެމިކް އެއް ތެރޭ..

    160
    3
  8. ރައްޔިތުމީހާ

    އެއުޅެނީ ވަގުތު ސަޅި ކަމުން ހަޖަމް ނުވެގެން😑 ބައެއް ނޫސްތައް ގޮތައް ފައިސާއަށް ނުވިކޭތީ ކެތް ނުވެގެން. ފާޑުފާޑު މޮޅު ސުރުޚީ ތައް ނުޖަހައިދީ، ހަގީގަތް ހާމަކުރާތީ މޭކަރާތީ. ވަގުތު ކުދިން އެކަމާ އަޅާލާ އެއްޗެއް ނޫން ތިގޮތުގާ ކުރިޔަށްދޭ♥️ ވަގުތު ތީ ހަމަ އެންމެ ސަޅި💯 މާތް ﷲ ވަގުތު ކުދިން ތިޔަ ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލައްވާށި🤲

    170
    14
  9. ރޯޔަލް އިރުފާން (އިރޭ)

    ކަލޭ ކައިވެނި ޕާޓީއެއް ބޭއްވިކަން މިރާއްޖޭގެ އެންމެނަށް އިގިއްޖެ.
    މާރޯޔަލް ވެގެން އަދި އެބައުޅޭނުން.

    160
    2
  10. ރޯޔަލް އޯ، ހިހީ

    އަމައްޔާއި، ކޮން އިރުފާނެއްތަ!!!! އަމިއްލަޔަށް ރޯޔަލް ހެދިގެން އެބަ އުޅޭ މި އިރުފާނެއް!!!! 🤣🤣🤣
    އާ ވަރަށް ރޯޔަލް ވެފަ ތިހިރީ، އެޗްޕީއޭ ގަވައިދާ ހިލާފަށް ޕާޓީ ބާއްވާފަ އުޅޭގޮތް...
    އެމްޑީޕީ ރޯޔަލް ބޭފުޅުންނަކީ އިރުފާން ކަހަލަ ބައެއް ނޫން...
    އިރުފާނަށް އިރުފާން އޮޅިފަ!! !

    107
    7
  11. ޢިއްތިހާދު

    ވަގުތާއެކުމިތިބީ ރައްޔިތުންނައްވުރެ ރޯޔަލް އެއްނުވާނެ މިހާރަކު ދުނިއޭގެ އެއްވެސް ގައުމެއްގެ މިހާރުވެސް ބައެއްގައުމުތަކުގަ ތިބިރޯޔަލް މީހުން އެދަނީކުޑަކަކޫމައްޗައްތިރިވަމުން މިހާރު ރޯޔަލްވެގެން ލާރި ހުރެގެން އެއްޗެއް ވާނަމަ އެމެރީކާގެ ރައީސް މިފަހަރު ގޮނޑި ދިފާއުކުރާނެ ބޭރުކުރީ އެގައުމުގެ ނިކަމެތި ރައްޔިތުން ގެންގުޅުނު ނޫސްވެރިންނައްވެސް ކުރެވުނުކަމެއްނެއް މަޖިލީސްވެސްވީ ސައިޒް

    74
    2
  12. ތުއްތުމަނިކެ

    އިރުފާނު ހާދަވަރަކަށް ރޯޔަލްވީ އަދިވެސް ގޯސްވީ ވަގުތަ ޢަމަލުކުރެވުނުގޮތުން ކިތައްރައްތިރުން ކޮވިޑަށް ފައްސިވީ އެއީ ރައްޔިތުންނަށް ޚަބަރުފަތުރާ ނޫހެކޭ އެމީހުން ކަންކަން ސާފުކޮށްދެންޖެހެއި އެއީއެމީހުންގެ ޒިންމާއަކީ

    94
    4
  13. ފަހެރި

    މާރޯޔަލްވެގެން ބާރުގެ ބޭނުން ހިފެދާނެކަމަށް ނޫލޭތި ވަގުތަކީ މަޢުލޫމާތުފަތުރާނޫހެއް ވަގުތަކީ ޔައުގޫބާ ކާސިމުގެ ތަނެއްނޫން

    97
    3
  14. ޔޔުު

    ރޫލް އޮފް ލޯ ދަމަހައްޓަން ޖެހޭނެ

    42
    1
  15. ރޯޔަލް

    ރޯޔަލްއޭ😂😂😂😂😂 ލަދެއްނުގަނޭތަ؟ ރޯޔަލްވާ ގޮތެއްވެސްނޭގެ. ބޮޑުވާންވެސް މިވަރެއްނެތް.😇

    63
    2
  16. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ،

    ވަގުތު ގެ މަޢުލޫމާތުތަކާއި އެހީތަކާއި ނުލާ އުޅެވޭނީ ރޯޔަލް ބޭފުޅުންނަށް އެކަނި ދެއްތޯ؟ ރައްޔިތު މީހާއަކީ، ވަގުތު ގެ މަޢުލޫމާތުތަކާއި އެހީތަކާއި އެކީ އުޅެވޭނެ މީހެއް ދެއްތޯ؟

    36
    1
  17. އައްޑޫ މީހާ

    އަދި އިގިރޭސި ރާނީމެންކަހަލަ ބޭފުޅެއްނަމަ ހާދަހާ ރޯޔަލް ވާނެއޭ ދެއްތޯ! މިޤައުމުގައި އުޅޭ ގިނަ ރޯޔަލުންނަކީ މީހުން ފެލާލައިގެން ކައިގެން ބޮއެގެން ބޭރުގައުމުތަކަށްގޮސް ކެސިނޯތަކަށްވަދެ ވާނުވާގައި ތިބޭބައެއް އަހަރެން މިވާހަކަ މިބުނީ ވަރަށް ރަނގަޅަށް ދިވެހިރާއްޖޭގެ ރޯޔަލުން އުޅޭގޮތް އެގޭތީ އަދި ރޯޔަލް ބުނަންތަ ރަނގަޅު ވާހަކައެއް ބިންގަނޑު ދަށަށް ދިޔައިމަ އެނގޭނެ ރޯޔަން އާއި ނުރޯޔަލް

    54
    1
  18. ސަކީނާ

    ކިތަންމެ ރޯޔަލަކަސް އެވައްތަރަށް އުޅޭ މީހުންނަށް ކާކު އިޙުތިރާމް ކުރާނީ. 50 މީހުން އިރުފާނުގެ ޕާޓީއިން ފައްސިވީ ދެން އެ 50 މީހުން މިހާރު ކޮންޓެކްޓް ވެފަ ތިބޭނީ ކިތައް މީހުންނާ އެކު ބާ . ވަގުތު ނޫހުން އިރުފާނު ތައުރީފު ކޮށްފަ ހަބަރު ޖެހިޔަސް ދިވެހި ރައްޔިތުން ގަމާރެއް ނޫން އަހަރެމެންގެ ކޮމެންޓު ތަކުން ސަލާމަތްވާނީ ކިހިނެއް 🤔 ރޯޔަލް މީހުންނަށް އެނގޭނީ ފައިސާގެ ބާރުން ކަންކަން ހިންގަން. އެޗްޕީއޭ މީހުންނަށްވެސް ކިހާބޮޑު ބުރައެއް އުފުލަން ޖެހޭނެ އިރުފާނާ ހެދި. ދެން އެންމެންގެ އަނގަ އެއް ބަންދެއް ނުކުރެވޭނެދޯ ބާރުގެ ބޭނުން ކޮށްގެން. މިއީ މިނިވަން ވެފަ އޮތް ޤައުމެއް އެކަން ހަނދާން ކޮށްލާތި. ރޯޔަލްކަން އަމިއްލަ ޖީބުގަ ބާއްވާ ، އަަހަރެމެންނަށް ދައްކަން އުޅޭނެ ކަމެއް ނެތް

    45
    3
  19. ޙަސަނު

    ހައު ޑިމޮކްރެޓިކް ދީސް އެމް ޑީ އެން މޮރޯންސް އިޒް

    30
    1
  20. ޗާރު

    ކޮން ރޯޔަލެއް؟ ވަގުތަށް އިންޒާރު ދިނީ ކާކު ބިރުގަންނުވަން؟

    39
    1
  21. މާރިޔާ

    އެމްޑީޕީން ބުނާ އިންސާފަކީ، އެމްޑީޕީ ރުހޭ މީހާއަށް މޮޅުގޮތް ވުން.

    41
  22. ފަޒޫ

    ރޯޔަލް ވުމަކީ ކޮބާތަ؟ ފައިސާގެ ބާރުން މީހުންނަށް ބިރުދެއްކުންތަ؟ މަހުޝަރު ބިމުގަ ދައްކަން ވީނުން ރޯޔަލްކަން . ވަރަށް ފޫހިވޭ

    47
  23. ޠ

    ތިމީހާ ހަޔާތެއް ތިފެއްޓީ 40 މީހުންގެ ފުރާނަޔާ ކުޅެލާފަ.

    ތިމީހާ ކައިވެނި ހަފުލާ ބާއްވަންވެގެންކަންނޭގެ އެޗުޕީއޭއިންވ ހަމަކުއްލިޔަކަށް އެންމެން ހަފުލާ ބާއްވަން ހުއްދައެދިނީ.

    41
    1
  24. ރޔލ

    ރޯޔަލް ވަރަށް ހަޖްމް ނުވާނެ. ރޯޔަލް ސައިޒު އޮލިގެން އުލެނީ. ރޯޔަލް ލަގަބު ބެނުކްގެން ސަރުކާރު އިދާރަ ތަކަވެސް އެތެނުފުޒް ފޯރުވާ.

    30
    1
  25. ކިޔުންތެރިއެއް

    ތިރޯޔަލްކަންވެސް އައީ ގިނަ ދިވެހިންތަކެއް ބޭނުންވެގެން. އެހެންވީރު ރޯޔަލްމީހުންނާ ދެކޮޅު ދިވެހިންތަކެއް ތިބިއްޔާ ، އެއްމެން އެކުވެ މިވަބާއިން ރާއްޖެ ސަލާމަތް ކުރެވިދާނެ،

    14
    1
  26. ސައްލި

    40 + މީހުން އިރުފާންގެ ޕާޓީއިން ފައްސިވީމަވެސް އެކަމުގަ ޒިންމާ ނުނަގާ ޖަވާބުދާރީނުވެ ހިތުހުރި ގޮތަކަށް ވާހަކަ ދައްކާފަވެސް އަދި ތީނަ ތަ ރުޅިއަންނަވީ ؟ 🤯

    22
    1
  27. ގއ.ވިލިނގިލި

    ވަގުތު މީހުންނަކީ އެންމް ފައްކާކޮއް ނިއުސް ގެންނަ މީހުން އެންމެ ބަރާބަރު މިނިވަން ނިއުސް އެންމެ ދުވަހެއްވެސް ނުދޭ ވަގުތު ނިއުސް އަށް ނުވަދެ ދުވަސް ދާނީ ފަޅުކޮށް އީވަގުތުގެ ހާލަތު ނުބަލާފިއްޔާ ވަގުތު ޓީމަށް އައްސަރިބަހާއި ސާބަސް ތިކުރާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ތިގޮތުގައި އަބަދުމެ ކުރިއެރުން ﷲ ދެއްވާށި ވަގުތުގެ ޓީމާއި ވަގުތު ނިއްސްއަށް.

    20
    1
  28. ސަމްސިއްޔާ

    ތިޔަ އިރުފާނެއް ތިއުޅެނީ ހާދަ ގައްޑާވެގެންނޭނޯ. އާރެއްބާރެއްނެތަށްސް ފުއްޕާފަ އުޅޭތި. އެޗްޕީއޭއިންދޯ އެންމެ ފުރަތަމަވެސް އެކަން ހާމަކުރީ. ދެން ތިޔަ އިރުފާނު ގައްޑާވާންވެގެން ފޭސްބުކުގައި ސްޓޭޓަސް އެއް ލިއުނީ ޒިންމާވާކަށް ނުޖެހެއޭކިޔައިގެން. ޒައިޒުން އުޅެބަލަ.

    12
    1
  29. ވާނުވާ

    ރޯޔަލް އޭ ބުނީމާ ކަލޭ ތިހީކުރަނީ އަހަރެމެން ހައްޕު ކިޔާގެން ތިބޭނެ ކަމަށްތަ ބަލަތިބުނާ ރޯޔަލް ތީ މިހަރު މީހުން ބަލާގަންނަ އެއްޗެއްނޫން

    17
    1
  30. ރަދީފް

    ކޮބާ އިރުފާނު؟؟ ކަލޭ ނިކުމެބަލަ.

    10
    1
  31. ޔާމިން

    ވަގުތު ނޫހައް ދައްނަވަންޖެހެނީ ކެއްކުރާށޭ ހަމައެއްކަމެއްނުކުރެވޭނެ ކުރިއައްގެންދޭ އަދިމިކަލޭގެފޯޓޯޖަހާބަލާ

    12
    1
  32. ޓްރަންޕު

    ޑޯ ވޮރީންޓް ވަދުތުނިއުސް

    9
    1
  33. ޔާމިންޒސަޒަ[=

    ސާބަހޭވަގުތު ނޫހައް

    12
    1
  34. ލޮލް

    މާ ރޯޔަލް ވެގެން އެބަ އުޅެއެއްނު. މަޖިލީސްތެރޭގަ، މުޅިއެތާނގަ ހާޖާނު ހަދާ ކަރުންހަންދާ ވަރައް ހަޅޭލެވުމަކީ ތިމާ ރޯޔަލްވާ ކަމެއްނޫން އިންގޭތޯ އެއީ އިތުރަށް ތިމާގެފެންވަރު ވެއްޓި އަބުރުގެއްލޫކަމެއް. އެހެންނޫނަސް މަޖިލީސް މެންބަރުންނަށާ އެމީހުންގެ ތިމާގެ މީހުންނަކަށް މުކިޔާނެ އިނގޭތޯ ރޯޔަލްއެއް. ރޯޔަލް ކިޔާނީ ރަސް ރަސް ކަލުންގެ ދަރިފަސްކޮޅުގެ މީހުންނަށް

    18
    1
  35. ބުއްޅަބޭ

    ސާބަހޭ ވަގުތު.
    ތިކަހަލަ ރޯޔަލުން ސައިޒަށް ކެނޑުން ޑިމޮކްރޮސީގެ މައިގަނޑު އަސާސަކީ.
    އަދި މޑޕ އޭ ކިޔާ ޕާޓީއެއް އުފެދުނީވެސް ހުރިހާ މީހުން އެއް ނާޅިޔަކުން މިނަން. އެނގިދާނެތާ މިފަހަރު !!!

    9
    1
  36. ޅަބޭ

    މާރިޔާ ނޫނީ އަންނި ބޭނުންވެއްޖެ ކޮންމެ ހިދެއްގަ، ޕޮލިހާއި އެމްއެންޑީއެފް ބޭނުންކޮއްގެން "ވަގުތު" ގެއްލުވާލެވިދާނެ.

    8
    2
  37. ހައްޕުނޑު

    ކޮރަޕްޝަން ހުއްޓުވަން ވަޢުދުވެގެން އައި މެމްބަރާ ތިމާގެ ކަމެއް އޮތީމަ ސައިޒް އޮޅެނީ.

    8
    1
  38. އެއްލޯޖޯބެ

    އެމްޑީޕީ ސަރުކާރޭ ކިޔާ ހާދަ ގައްޑާވާ ރޯޔަލް ބޭފުޅެކޭދޯ މިއުޅެނީ.. އެކަހަލަ ވާނުވާ ނޭނގޭ އެއްޗެހިންނާއި ހެދިޔޭ މިކޮވިޑު ފެތުރެނީ... އަހަރެމެން އެޗްޕީއޭގެ ބަސްގަބޫލުކޮއްގެން ގޭގައި. މިވެރުން މިތެޅެނީ މިނާޒުކު ވަގުތުވެސް ޕާރޓީ ނުކުރެވިގެން...

    10
    1
  39. ސޮއްބެ

    ހާދަ ލަދުހަޔާތް ކުޑަ ދެމަފިރިއެކޭ ތިއީ...އެޗްޕީއޭގެ މިންގަނޑާ ހިލާފަށް ޕާރޓީ ބާއްވާފަ ދެން ރައްޔޮތުން އެވާހަކަ ދެއްކީމަ މަށަކީ އެމްޑީޕީޔޭ ވީދިފަ މައްސަލަވެސް އަދި އެބަޖައްސަޔޭދޯ.. މިކަހަލަ މީހުނާހެދިޔޭ މިގައުމުގަ ކޮވިޑް ފެތުރެނީ..

    8
    1
  40. ކޮވިޑް

    "ޖަވާބު ދާރީވާން ރެޑީ ވުމަށް އެދެން. ރޯޔަލްކަން ދައްކާނަން." ކަމަށެވެ. މިވީ ކޯއްޗަކަށް ކިތަންމެ ރޯޔަލް ވިޔަސް އެއްވެސް ބަޔަކަށް އިންޒާރު ދިނުމަކީ ޤާނޫނީ ކުށެއް ދެއްތޯ؟ ވަގުތުން ފުރަތަމަ ދާން ވީ މީޑިއާ ކައުންސިލަށް ޖަވާބު ދާރީ ވާކަށް ނޫންހެން ހީވަނީ ޕޮލިހަށް ގޮސް އިންޒާރު ދިން މައްސަލަ ހުށައަޅަން ފެންނަނީ؟

    11
    1
  41. ސާބިތު

    ރޯޔަލްއޭ އެއި ކޮންތާކުން ނިކުމެގެން އުޅޭ އެއްޗެއްތަ

    8
    1
  42. ކިއުން

    ވަގުތާ ދެކޮޅަށް ކުރާކޮމެންޓު ގެނެސް ނުދޭ. ވަގުތު ފެެއިލް

    6
    7
  43. ކދ

    ހުރިހާ ކޮމެންޓްއަށް 1 ޑިސްލައިކް މީނީ އަނެއްކާ ތިޔަ ސޯ ކޯލްޑް ރޯޔަލް އިރުފާން ކޮމެންޓްތައް ކިޔާފަ ޑިސްލައިކް ދީފަތަ

    12
    1
  44. އިފާޤާ

    ރޯޔަލް ކޮވިޑް

  45. ކްރައުން

    އޯކޭ. އޯކޭ.. ކަލޭ ރޯޔަލް، ޕޫރާ ހާންދާން ރޯޔަލް އެކަމު ރޯޔަލް ވުމަކީ ލޯޔަލް ވުމެއް ނޫންކަން ހަނދާނުގަ ބަހައްޓާތި. މިހާރުވެސް މިޖެހިގެން މިއުޅެނީ ތިމައްސަލަ. ރޯޔަލް އޭކިޔާފަ ދައްކާލާނަމޭ ބުނެވުނީމަ އެދެއްކޭނީ ލޯޔަލް އެއް ނޫން....ސޯ ބްރޯ ބީ ލޯޔަލް ނޮޓް ސޯކޯލްޑް ރޯޔަލް

  46. ފަޒުނާ

    ކެޓެކޭ ހެންވެސް ހީނުވޭ ދޯ ވަގުތު ނިޔުސް

  47. ބަފާބޭ

    ކޯއްޗެކޭ.. ރޯޔަލްއޭ.. އޭ ކޮންތާކު އިންނަ އެއްޗެއް.. ކިހާ ވަރެއްވާ އެއްޗެއް.. ގަހަކު އަޅާ އެއްޗެއްތަ؟ ވެލަކަށް ދެމޭ އެއްޗެއްތަ؟ އެލިފަ ހންނަ އެއްޗެއްތަ؟

  48. އ . ޖ . އ

    ޝުކުރިއްޔާ އިރުފާން
    ތިޔަގޮތުގައި ކުރިޔަށް ދޭ.. ކާމިޔާބަށް އެދެން

    2
    3
  49. އިރުފުހޭ މައިދާތަގެ ބާ ކަނޑިކި

    މިސޮރު ރޯޔަލްވީ ގޮތެއް ބުނެދީބަލަ ކޮއްމެވެސް ކުއްޖަކު