ބައެއް ފަހަރު އިންސާނަގެ އިސްތަށިގަނޑަކީ ވަރަށް ބޮޑަށް މީހާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމެކެެވެ. 20-30 އަހަރު މީހުންނަށް ޚާއްސަކޮށް ފިރިހެނުންނަށް ބޮލުން އިސްތަށި ފޭބުމުގެ މައްސަަލަ އަކީ އެންމެ ސީރިއަސް އެއް މައްސަަލައެވެ. ޑރ.ޖޯތީ ގުޕްތާ ވަނީ ބޮލުން އިސްތަށި ފައިބާ ތަލަވާން ދިމާވާ ސަބަބުތައް ހާމަކޮށްފައެވެ.

16-18 އާއި ދެމެދުގެ ކުދިންނަށް ވެސ ްމި މައްސަލަދިމާވާ ކަމަށް އޭނާ ބުނެއެވެ.

އެެންމެ އާއްމުކޮށް މި މައްސަލަ ދިމާވާ މީހުންނަކީ އާދަޔާ ޚިލާފަށް ގިނައިން ދުންފަތް ބޭނުން ކުރާ މީހުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ލޭ ހިނގުން ދަށްވެ ހަންގަނޑާއި އިސްތަށިގަނދަށް އަސަރުކުރެއެވެ. އެގޮތުން އިސްތަށިގަނޑު ތުނިވުމުގެ މައްސަލަވެސް ވަނީ ދިމާވެއެވެ.

ސަޕްލިމެންޓްސް ބޭނުން ކުރުމުން ވެސް ބޮލުގެ އިސްތަށިގަނޑު ބަލިކަށިވެދާނެއެވެ. އެނަބޮލިކް ސްޓެރޮއިޑްސް އާއި މަސްލް ބިލްޑްކުރަން ބޭނުން ކުރާ ސަޕްލިމެންޓްސްގެ ސަބަބުން ވެސް ބޮލުން އިސްތަށިފައިބަން މެދުވެރިވެއެވެ.

ހޯމޯންސްގެ ސަބަބުންނާއި ޖެނެޓިކްސްގެ ސަބަބުންވެސް ބޮލުން އިސްތަށިފައިބަފާނެއެވެ. އެގޮތުން ޕީއޯސީސް ހުންނަ މީހުންގެ ބޮލުން އިސްތަށި ފައިބާ މިންވަރު އިތުރެވެ. އަދި އާއިލާގައި އިސްތަށި ގަނޑު ބަލި ، ނޫނީ ތަަލަ މީހުން ތިބޭ ނަމަ ތަލަވެ އިސްތަށިގަނޑު ބަލިކަށިވުމުގެ މައްސަލަ އިތުރުވުން ގާތެވެ.

ތަލަ ނުވިނަމަވެސް ހޯމޯނަލް މައްސަލަ ހުންނަ މީހުންގެ ބޮލުން އިސްތަށި ފައިބާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އެފަދަ މީހުންގެ އާއިލާގެ މީހުންގެ ބޮލުންވެސް އިސްތަށިފައިބާ ކަމަށް ދިރާސާތަކުން ދައްކައެވެ.