މަސްތުވާތަކެތި ބޭނުންކޮށް އެތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ގއ. ވިލިނގިލީގައި ގާއިމު ކުރި ކޮމިއުނިޓީ ރިހިބިލިޓޭޝަން ސަރވިސް ސެންޓަރު (ދަގެނާ) ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައި ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ވިލިނގިލި ކައުންސިލް އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގުޅިގެން ހުވަދު އަތޮޅަށް އަމާޒުކޮށް ވިލިނގިލިގައި ފެށި މި ހިދުމަތަކީ ވިލިނގިލީގައި ގާއިމުވެފައި ހުރި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއިކްލަބް ޖަމްއިއްޔާތަކާއި މުޅި މުޖުތަމައުގެ އެންމެން ގުޅިގެން އެހީތެރިވެދޭ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ކޮމިއުނިޓީ ފަރުވާގެ ހިދުމަތްދޭން ފެށި މިފަދަ ފުރަތަމަ ފަރުވާގެ ނިޒާމެވެ.
މި ފަރުވާގެ ނިިޒާމު ބައްޓަން ކުރެވިފައިވަނީ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތެއް ފަރުވާ ނިންމާ، މުޖުތަމައުއަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށްނުލައި، އޭނާއަށް އެހީތެރިވެދިނުމުގެ ގޮތުން މުޅި މުޖުތަމައުގެ ބައިވެރިނވުން ހިމެނޭ ގޮތަށް ގާއިމު ކުރެވޭ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންނެވެ.
"ދަގެނާ" ގައި ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރޭގައި ޑްރަގް ޑީޓޮކްސިފިކޭޝަން، ކައުންސިލިންގ، ސައިކޯސޯޝަލް ސަޕޯޓް، ޓްރޭނިން، އަފްޓަރކެއަރ އަދި އައުޓްރީޗް ހިމެނެއެވެ.
މި ހަބަރު ގާއިވާ ފޮޓޯއިން ގާއިދުރު ކަމުގެ މިސާލެއް ދައްކަވަނީ
ހުވަދޫ ބަހުން "ދަގެނާ" ބަހުގެ މާނަ އަކީ "ބަލައިބޮޑުކުރުން" ނުވަތަ ބެލެނެވެރި ކަމުގެ ދަށުގައި ގެންގުޅުން
މިސާލު: ހުކުޑާ "ދަގެނާ" ފިލެޔާ ( ކުކުޅު ބަލައިބޮޑުކުރާ ފިޔޮއް )
މިސާލު: މީބު މަ "ދަގެނާ" ކުއްދެކެ ( މީ އަހަރެން ބަލައިބޮޑުކުރާ ކުއްޖެއް )
ސަރުކާރުން ހަދާ އުސޫލުތަކަށް ނައިބުރައީސްވެސް ވަޒީރުވެސް ތަބާނުވޭ މީމިސަރުކާރުގެ ފެންވަރު.