ޤާނޫނު އަސާސީ އިސްލާހުކޮށް، މަރުކަޒީ އުސޫލުން ހިންގަމުންދިޔަ ނިޒާމަށް ބަދަލު ގެނެސް ލާމަރުކަޒީ އުސޫލުން އިދާރީ ދައިރާތައް ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި ބަލަދަލީ މިއަދު އަތޮޅުތަކަށް ތަރައްޤީގެ ކުރިއެރުން ލިބުމުގައި އޮތް އެންމެބޮޑު ފުރުސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރަީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ޒަމާންވީ ދިގު ތާރީޚުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަކީ މިއަދު އަތޮޅުތަކުގެ ރަށްރަށް ތަރައްޤީކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުންކަމަށެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަރުހަލާގައިވެސް ލާމަރުކަޒީ ނިޒާމު ޤާޢިމުކުރުމާ މެދު އެންމެ ފުރަތަމަ މިކަމަށް ލިބުނު ފުރުސަތުގައި ޤާނޫނު އަސާސީގައި ލިޔެފައިވަނީ އެންމެ މާއްދާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ އުސޫލުން އިދާރީދައިރާތައް ހިންގުމަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭރު އެމްޑީޕީގެ ފަރާތުން 800 އަށްވުގެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާ ބާއްވާއި އެހުރިހައި އިސްލާޙުތަކެއް މަޖިލީހުން ބޭރުކޮށްލާފައިވާކަމަށެވެ.

"މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެވުނީ ޤާނޫނު އަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އުޅުއްވުން. ޤާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ އިރު ލާމަރުކަޒީ ބާބު ޑްރާފްޓް ކުރާ ހިސާބަށް ދިއުމުން ޚިޔާލު ތަފާތުވި. އެންމެ މާއްދާއެއް ފުރަތަމަ ލިޔެވުނީ. އެމަސައްކަތުގެ ތެރެއިންވެސް ވަރަށް އުފާވި ދުވަހެއް 18 އަހަރުވާ މީހުންނަށް ވޯޓް ލެވޭ ފުރުސަތު ލިބުން. އެދުވަހުވެސް ކަން ހިނގިގޮތުން ހަނދާން ހުންނާނެ ބޭފުޅުން މިހާރުވެސް ތިއްބަވާނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒުކުރުން ކަމަށާއި މި ސިޔާސަތުގެ ދަށުން މިވަގުތު އިސްކަމެއްދެއްވަނީ ސިއްހީ ދާއިރާ ތަރައްގީކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ސިއްހީ ނިޒާމު ލާމަރުކަޒުކުރުން ކަމަށާއި އެ ބަދަލުތައް މިހާރުވެސް ފެންނަމުން ދާކަމަށެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅުތަކާއި އެކު ސިއްހީ ފަރުވާހޯދުމަށް މާލެއަށް އަންނަން މިހާރު ވަރަށް ދަތިކަމަށާއި މިދަނޑިވަޅުގައި އަތޮޅުތަކުގެ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުން އަންނަތަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެހިދުމަތްތައް ތަރައްގީކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގުއިދައިތަ

    ވަރަށް ހިތާމަޔާއި އެކު ދަންނަވަން ޖެހޭނީ ތިޔައީ ތަރައްޤީއަށް ދެވުނު ވަރަށް ބޮޑު ގެއްލުމެކޭ. ސަބަބަކީ ރާއްޖޭގެ ކައުންސިލްތަކަކު ތިކަމަށް ބޭނުންވާ އިލްމާއި ހިލްމު ލިބިފައިވާ ކައުންސިލަރުންނެއް ނެތް. ތިބީ އެކްޓިވިސްޓް ލެވެލް ނުވަތަ އެއަށް ވުރެވެސް ދަށް މީހުން. ޚާއްޞަކޮށް އެމް.ޑީ.ޕީ ކައުންސެލަރުންނަކީ މިސަރުކާރު ބޭނުންވާ ގޮތަށް ތަރައްޤީ ގެނެވޭނެ ޤާބިލްކަން ހުރި ކައުންސިލަރުންނެއް ނޫން. ވަރަށް ވެދުން.

    27
    2
    • ބަކަރި

      މަނިކުފާނު ކިތަންމެ ވަރަށް ކީރިތި ކުރެއްވިޔަސް ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއެއް ނުގެނެވޭނެ

      19
      1
  2. ރައްޔަތު މީހާ

    ރައްޔިތުންގެ ނޭވާހޮޅިން ވެސް ވައްކަން ކުރާ ބައެއް ތަރައްގީއޭ މިވެރިން ބުނީމަ ހަމަ ހިނި އަންނަނީ.

    30
    1
  3. ފޯކަސް

    އަތޮޅުތައް، ރަށްތައް ލާމަރުކަޒީކުރުމުން ރަށްރަށުގެ މަގުތަކާއި، ގޯޅިތައް އަލިކަމެއްނެތި ކަނުއަނދިރިކޮށް އޮންނަނީ ރަށްރަށުގެ ބަޖެޓްގައި އެއްވެސް ވަރަކަށް ފައިސާ ނެތުމުންކަމަށާއި، މިއި ރައްޔިތުން ފެލަން މި ދޯހޮޅި ސަރުކާރުން ކޮސްފައިވާ މާމޮޅުކަމަކަށް އެމީހުންނަށް ހީވާކަހަލަ ކިނބޫ އިސްތިއުފާ

    26
    1
  4. ހުޅުކޮޅު

    ތިބުނާ ތަނެއް ނުފެނޭ. ހަމަގަެިމުވެސް އަޅުގަނޑު މެން އަތޮޅުގައި ކޮއްމެ ތަނަކަށް މީހަކު އައްޔްން ކޮއްފަ އެބަހުރި. ޚިދުމަތެއް ވަކި އިތުރެއް ވިތަނެއް ފެންނާނީ ކަނުމީހަކަށް ހެން ހީވަނީ.ހުސްދޮގާއި ފޮނި.

    28
    1
  5. ހުޅުކޮޅު

    މި ޤައުމު ތަރައްޤީ ކުރެވޭނީ މީހުން ދިރި އުޅޭ ރަށްރަށް މަދުކުރަން ކެރޭވަރުގެ ވެރިއެއް މިޤައުމަށް ލިބިގެން.މިހާރު މި އަންނަނީ ވޯޓް ހޯދަން މަސައްކަތް ކުރާވެރިން.ތަރައްޤީގެ ޚިޔާލު ހުންނަ ވެރިންނެއް ނޫން

    24
    1
  6. އަހްމަދު

    ލާމަރުކަޒްކޮށްގެން މަނިކުފާނުގެ ވެރިކަމުގެދައުރުގެ ދެއަހަރުދުވަހު ކޮށްދެއްވުނުކަމެއް އެބައޮތްތޯ އަދިވެސްތިޔައުޅުއްވަނީ ރައީސް ޔާމީންފައްޓަވާފަހުރި ކަންކަންވެސް ނިންމާނުލެވިގެން

    14
    1
  7. ޓ

    ރޭގަނޑު 12 ޖަހަންދެން ރުއި ވާހަކަ ވެސް ވިދާޅުވި
    ފަޒުނާ އާއި ދިމާވެގެން

    19
    1
  8. ރ

    ދީފުރަމްއާ ގެއަށް ދިޔަ ފުރަތަމަ ދުވަހު ރޭގަނޑު ބާޜަ ޖަހަން ދެން ރުއިވާހަކަ ވެސް މިއަދު ވިދާޅުވި އެރުއިން މިހާރު ވެސް ރޮވެނީ

    17
    1
  9. ރޯޒް

    ދީފުރަމްއާ ގެއަށް ދިޔަ ފުރަތަމަ ދުވަހު ރޭގަނޑު ބާޜަ ޖަހަން ދެން ކީރިތި ކުރެއްވި ވާޙަކަ ވެސް މިއަދު ވިދާޅުވި އެހެން ވެގެން ތޯ މިހާޜު ވެސް ކީރިތި ކުރެއް ވެނީ

    17
    1
  10. ހޮގޮޅާ

    ވެރިކަމަށް ދެ އަހަރުވީއިރުވެސް ވީކަމެއް ހަރާން ނުވިއެއްނު ކޮސްނުގޮވާ ދެން ފައިބާ . އެކަމަކު ކުރެވުނު ބައެއްކަންތައްވެސް ލިޔެލާނަން. ދެ އަހަރުތެރޭގައި ރާއްޖޭގައި ވައްކަންކުރުން މަސްތުވާ ތަކެތި ބޭނުންކުރުން ޖިންސީ ގޯނާކުރުން ޖިންސީ ފުރަށްސާރަކުރުން ޖިންސީ ޢަމަލު ހިންގުން ރޭޕްކުރުން ވަރަށްމައްޗަށް ކުރިއަރާފައިވާކަން ފާހަގަކުރެވޭ ސާބަހޭ ސޯލިޙް މިއޮތީވާ ކެހިވެރިކަމެއް

  11. ޏ

    ޢިލްމެއް ހިލްމެއް ނެތްބަޔަކު ކައުންސިލް ތަކައްލުމަށްފަހު ލާމަރުޖަޒީ އުސޫލުން ކަންތައްތައް ކުރަންނިންމުމަކީ މޮޔަކުއަތަށް ކަނޑިއެއް ދިނުންކަހަލަ ކަމެއް . މިހާރުވެސް ސްކޫލްތަކަށް އެއުދަގޫ ފޯރަންފަށައިފި

    5
    1
  12. ާަ ބ

    ޥަރަށް އާދޭހާއެކު ބުނަށް ލިބެމުންދިޔަ ކުދަމިންވަރުގެ ތައުލީމް ހަލަކުކޮަަށް ނުލައްވާ ހިލްމެއްނެތުމާއެކު ކައުންސިލުންގެ ކަމަކީ ބާރާއި ނުފޫޒު ފޯރުވުން ސްކޫލްތައް ހަލާކު ކޮށްނުލައްވާ . ޢިތުރު ފަށަލައެއް މިނިސްޓްރީއާ ސްކޫލްތަކާ ދެނެދު ނުލައްވާ . ކައުންސިލުންގެ ކަމަކީ ސޮއިކޮށްލުމަށްފަހު ސައިހޮޓާތައް ފަޅުފިލުވުން .

  13. އަބްދޫ

    ލާމަރުކަޒީއަށް އެއްވެސް މިންވަރަކަށް ގައުމު ތައްޔާރު ނުވެވެނީސް ނުވަތަ ގުދްރަތީގޮތުން އުފެދިފައިވަ އަތޮޅުތަކުގެ ތެރައްގީ އާއި އާމްދަނީ މަރުކަޒީ ބާރަކުން ނުވަތަ ލާމަރުކަޒު ކުރެވިގެން ހިންގޭ ފެންވަރަށް އަތޮޅުތައް ނުގެންދެވެނީސް އިގިރޭސި ވިލާތުގަ ހުރި އޮނިގަނޑު ކޮޕީ ކުރުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް.

  14. ޒާ

    ބާރުދީގެން ފެންނަނީ ތަރައްގީ ބަންޑުންވާތަން.

  15. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ފަސޭހައިން ރޮވުމަކީ 50ހުން މަތިވުމުން މަޑުމަޑުން "އަލްޒައިމާސް" ނުވަތަ ހަދާންނެތޭ ބަލިޖެހުން އެކަށީގެންވާކަމުގެ ޢަލާމާތެކެވެ. ކެންސަރާއި ހިތުގެ ބަލި ނަގާފައި، އެންމެ ނުރައްކާތެރި ބައްޔަކީ، "މިއަދު ބުނާ އެއްޗެއް މާދަމާ ހަނދާން ނެތޭ" ބަލިކަމަށް ގިނަ ޑޮކްޓަރުން އެއްބަސް ވެއެވެ. "އަލްޒައީމާސް ޑިޒީސް"، އިން ސަލާމަތް ވުމަށް ކުރެވިދާނޭ ކުޑަކުޑަ ކަމެއް ބުނެލާނަމެވެ. 24 އަލްމަންޑް ނަޓް 12 ގަޑިއިރު ފެނުގައި ބަަހައްޓާ، ތޮށި ނޮޅާލުމަށްފަހު ދުވާލަކު އެއްފަހަރު ކާނީއެވެ. ހަނދާން ގަދަކުރާނެއެވެ. ހަނދާން ނެތޭބަލި ނުވަތަ "އަލްޒައީމާސް" ޖެހެންހުރިމީހެއްތޯ ލޭ ނަގާ ޓެސްޓް ކުރުމުން ބެލޭނޭ ގޮތް 2020 އަހަރު ވަނީ އެމެރިކާ ގައި ހޯދާ، އެކަންކުރަންފަށާފައެވެ. ސިންގަޕޫރު ގައި މި ޓެސްޓް (ބްލަޑް ޓެސްޓް ފޯރ އަލްޒައިމާސް ޑިޒީސް)، ކުރެވެން މިހާރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ބަލި ޖެހޭ ކޮންމެ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އަންހެނެކެވެ. މަޢުލޫމާތަށްޓަކައި ލިޔެލީމެވެ.

  16. އަބްދޫ

    މިހާރު މިއޮތް ގާނޫނުއަސާސި އަކީ ގައުމަށް ލިބުނު ފޫނުބެއްދޭހާ ބޮޑުގެއްލުމެއް.ގައުމުގަ ހިގާލޭއޮހޮރުވުމާއި ބޭކާރުގޮތުގަ ގައުމުގެ އާމްދަނި ހަރަދުވެގެން ދަނި ގާނޫނުއަސާސީ ގެ ސަބަބުން . ފުލުހުންގެ ބާރުތައްވަނީ ގާޏޫނުއަސަސީން ފުނޑާލާފަ. ޖިނައީތަހުގިގު ކުރުމުގަ ފުލުހުން ހޯދާކާމިޔާބު ގާނޫނުއސާސީގެ 52 ވަނަ މާއްދާއިން ވަނީ ފުނޑާލާފަ. މިގާނޫނުއަސާސީ އިސްލާހު ކޮށްގެންމެނުވީ ގައުމަށް ހަމަޖެހުމެއްނެތް. ގާނޫނުއަސަސީގަ ހެދފާހުރި ބޭނުމެއްނެތް އިދާރާތައް އުނިކޮށް ރާއްޖެއަށް ފެތޭ ފެންވަރުގެ އިސްލާހުތައް ގެންނަންޖެހޭ، ގާނޫނުއަސާސީހަދާފަ އޮތީ އިގިރޭސިވިލާތް ކޮޕީކޮށްގެން މިއީ ދިވެހިރާއްޖެ އިގިރޭސިވިލާތެއްނޫން. ގާނޫނުއަސަސިއާ ގާނޫނު ހެދެންޖެހޭނީ ދިވެހިރާއްޖެއަށް ފެތޭގޮތަށް.