ކޮވިޑް-19އިގެ ބަލިމަޑުކަމާއި އެކު ހުރިހާ އެންމެންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ަބދަލުތަކެއް އައިްފައެވެ. އާއްމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަކަށް ނުދެވެއެވެ. ގާތް ތިމާގެ މީހުންނާއި އެކުވެރިންނާއި ބައްދަލެއް ނުވެއެވެ. ބޭރަށް ދެވޭކަށް ނެތެވެ. އެހާމެ ހާސްކަން ބޮޑެވެ.

އަދި މިހުރިހާ ކަމަކާއި އެކު ޒަރޫރީ ބޭނުމަށް ބޭރަށް ދާއިރު އަނެއްކާ މާސްކް އަޅަން އެބަޖެހެއެވެ. އެ މާސްކް އެޅީމަ ދެން ހުންނަ މީހާގެ ޖަޒުބާތުތައް އެއްކޮށް ގެއްލެއވެެ. ރުޅިއަޔަސް، ދެރަވިޔަސް، ހިނިތުންވިޔަސް އެކަން އެނގޭނެ ގޮތެއް ނެތެވެ. ޖަޒުބާތުތައް މުޅިން ވަޅުޖެހިފައެވެ. އެކަމަކު އެކަމަށް ވެސް ހައްލެއް މިވަނީ ލިބިފައެވެ.

ކޮވިޑް-19އިގެ ބަލިމަޑުކަމާއި އެކު މާސްކް ވެސް ވެފައި ވަނީ ފެޝަނަކަށެވެ. މި ފެޝަންގެ ދުނިޔެ އަށް އައި އެތެރެ ފެންނަ މާސްކާއި އެކު ހުރިހާ ކަމެއް މިވަނީ ބަދަލުކޮށްލާފައެވެ. މި އުފެއްދުން ޑިޒައިންކޮށްފައި ވަނީ މާސްކާއި އައިނަށް ފުސް ނާރާ ގޮތަށެވެ. މިއީ ސާފު އަދި ތިމާވެއްޓާއި ރައްޓެހި މާސްކެކެވެ. އަނގަޔާއި ނޭފަތުން ބުރައިގެންދާ ކޫލުތަކުން މީހާ ސަލާމަތްކޮށްދެއެވެ.

އަދި ސައިބޯނި އާއި ފެނުން މާސްކް ދޮވެލެވޭ އިރު އަވަހަށް މާސްކް ހިކެއެވެ. މި މާސްކަކީ އަޅައިގެން އުޅެން އެހާމެ ފަސޭހަ ލުއި މާސްކެކެވެ. އެހެންކަމުން މި މާސްކް ވަނީ ވަރަށް އަވަހަށް މާކެޓްގައި ވައިގައި ހިފާފައެވެ. ވަރަށް ހަލުވިކަމާއި އެކު މި މާސްކް ވިކެން ފެށި އެއް ސަބަބަކީ މި މާސްކް އެޅުމުން އެކަކު އަނެކެއްގެ މޫނު ސާފުކޮށް ފެންނަން ހުރުމެވެ.

އަދި ރައްކާތެރިކަމާއި އެކު ގައިދުރުވެެ ތިބެގެން ބައްދަލުވާ އިރު ގާތް މީހުންނާއި އެކު ޖަޒުބާތުތައް ބަދަލުކޮށްލަން ފުރުސަތު ލިބޭތީއވެެ. ކޮންމެއަކަސް މި އުފެއްދުމާއި އެކު މާސްކްގުގެ ދުނިޔެ މިވަނީ ބަދަލުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޫބައްޑާ

    ކޮންމެ ކަމެއްވެސް އޯވާ ވެގެން...... ގޭގަ މަޑުން ހުރިޟަ ނިމުނީ .....

    4
    2