މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެެން ޗައިނާގެެ ހުބައި ޕްރޮވިންސްގެ ވުހާން ސިޓީގައި ފެެތުރެެން ފެެށި ކޮވިޑް-19 އާއިގުޅޭ މައުލޫމާތު ގެެނެސްދިނުމަށް ވުހާންގެ މަންޒަރުތައް ވަގުތުން ދެއްކި އަންހެެން ނޫސްވެެެރިއަކު ހަތަރު އަހަރަށް ޖަލަށް ލައިފިއެވެ.

އޭނާ ހައްޔަރު ކުރި ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީއަށް އެެރި ނަަމަވެސް ފަހުން އޭނާއަށް ވީގޮތެއް އެެއްވެެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެެވެ. އެ ހާދިސާއަށް ފަހު އޭޭގެ އަހަރެއްހާ ދުވަސްފަހުން އޭނާގެ ވަކީލު މިވަނީ އޭނާއަށް ވީގޮތް ހާމަކޮށްފައެވެެ.

ކުރިން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި އަދި ފަހުން ނޫސްވެރިއެއްގެ ގޮތުގައި ސަމާލުކަން ހޯދި ޖަންގް ޒަން ނަަމަކަށް ކިޔާ އެ އަންހެެން މީހާ ހައްޔަރުކޮށް، އޭނާއަށް ޖަލު ހުކުމް އިއްވާފައި ވަނީ، ކޮވިޑް-19 ނާޒުކު ހާލަތުގައި އާންމުންގެެ މެދުގައި ކަންބޮޑުން އުފެދޭފަދަ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރިކަން ސާބިތު ކުރުމަށް ފަހުއެވެ.

ޖަންގްގެެ ލައިވް ރިޕޯޓުތަކާއި ލިއުންތަކުން ވަނީ އެެހާލަތުގައި ޗައިނާ ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތާމެދު ވަރަށް ބޮޑަށް ފާޑުކިޔާ ވިސްލްބްލޯވަރުންގެެ ވާހަކަތަކާއި އެކު ރިޕޯޓުކޮށްފައެވެެ. ވިސްލްބްލޯވަރުން ޖަންގް އަށް ދީފައިވާ އިންޓަވިއުތަކުގައިވެސް ސަރުކާރު ވަރަށް ބޮޑަށް ކުއްވެެރިކޮށްފައި ވެެއެެވެެ.

ޗައިނާއިން މިފަދަ ފިޔަވަޅުތައް އަޅާފައި ވަނީ ހަމައެކަނި އޭނާއާއި މެދުގައެެއް ނޫނެެވެ. އެ ދަނޑިވަޅުގައި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ފަތުރާ ގިނަ ބަޔަކު ޗައިނާއިން ވަނީ ހައްޔަރުކޮށްފައެވެެ. ޗައިނާގެ ކޮމިއުނިސްޓް އޮތޯރިޓީތަކުން މީގެ ކުރިންވެސް މިފަދަ ދަނޑިވަޅުތަކުގައި މީހުން ހައްޔަރުކުރެއެވެ.

ޗައިނާގެެ ކަމާ ގުޅޭ އިދާރާތަކުން ހަމަކޮށްފައިވާ ގޮތުގައި މިފަދަ ވާހަކަތައް ފެތުރުމުގެ ސަބަބަބުން އެ ގައުމުގެ އާންމުންނާއއި ސަރުކާރާއއި ދެމެދު ރުޅިވެރިކަން އުފެދެެއެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ތިކަހަލަމީހުނަށް އެހީވުމާއި ފިތުނައުފައްދާ ޕުރޮޕެގެންޑާ ފެތުރުމަށް އެމެރިކާ ބަޖެޓުގަ 300 މިލިއަން ޑޮލަރު ޖަހާފަ އެބައޮތް.

  2. ހައްޕު

    ތިހެދީ ހަމަ ރަނގަޅަށް. ނޫސްވެރިން ބޭނުންވަނީ މީÌހުން ގަޔާވާކަހަލަ ޚަބަރުތައް ޖަހައިގެން މަޝްހޫރުވަން.

    9
    6
  3. އަލިބެއްޔާ

    ބޭނުންހާ އެއްޗެއް ނޫސްތަކުގަ ލިޔެވެނީ ރާއްޖޭގައި އެކަނި.. މީ ޤާނޫނެއް ޤަވާއިދެއް އޮތް ތަނެއް ނޫން.. ޤާނޫނު ހަދަން ތިބެނީ ކޮޅުން ކަނޑާލި މީހުން.. ރުއްބުޑުން.. ތަނެއް ދޮރެއް ނޭނގޭ ޤަމާރުން..