އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރައްވާ ރަސްމިއްޔާތު ފަށާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:00 ގައި ކަމަށް، ހުވާ ކުރައްވާ ރަސްމިއްޔާތަށް ކަނޑައަޅާފައިވާ ކޮމިޓީން ބުނެފިއެވެ.

އެ އިންތިޒާމް ކޮމެޓީން މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އެހެން ފަހަރުތަކުން ރައީސްކަމުގެ ހުވާ ކުރާ ރަސްމިއްޔާތު ބާއްވާފައި ވަނީ ދަރުބާރުގޭގައި ކަމަށެވެ. އެހެން ނަމަވެސް އިންތިހާބީ ރައީސް އިބޫ ބޭނުންފުޅުވަނީ ވީހާވެސް ގިނަ ރައްޔިތުންގެ އެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ގޮތް ހެދުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، މިފަހަރު އިބޫ އެދިވަޑައިގަތީ ގަަލޮޅު ރަސްމީ ދަނޑުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަވަން ކަމަށާއި، އަދި އެކަން މަޖިލީހުންވެސް ހަމަޖައްްސަވާފައިވާކަމަށެވެ. ލަތީފް ވިދާޅުވިގޮތުގައި، ހުވާކުރުމުގެ ރަސްމިއްޔާތު ފެށޭގަޑިއަކީ 17:00 އެވެ. އެހެން ނަމަވެސް 3:00 ފެށިގެން ރަސްމިއްޔާތަށް ދައުވަތަށް އެރުވޭ ފަރާތްތަކަށް ވަދެވޭނެކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވިގޮތުގައި، އެ ރަސްމިއްޔާތުގައި ބައިވެރިވާން ބޭރުގެ ގިނަބަޔަކަށް ވަނީ ދައުވަތު އަރުވާފައެވެ. އަދި އާއްމުންނަށް ވަދެވޭނެހެން އެ ރަސްމިއްޔާތު ބާއްވަން ކުރިން ނިންމެވި ނަމަވެސް، ދައުވަތު އެރުވިގެން ވަޑައިގަންނަވާ މީހުން ގިނަވުމުން އެކަން އެގޮތަށް ނުކުރެވޭނެކަން ލަތީފް ފާހަގަކުރެއްވިއެވެ.

ލަތީފް ވިދާޅުވީ، ރާއްޖެ އިން ބޭރުގެ ދައުލަތުގެ އިސްވެރިންނާއި، ހެޑް އޮފް ސްޓޭޓުންނަށް ދައުވާތު އަރުވާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ، އެ އިންތިޒާމް ކޮމެޓީއަކީ ރައްޔިތުންގެ މަޖިލީހަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮމެޓީއެއް ކަމަށެވެ. އަދި އެ ކޮމެޓީން މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހާއެކުގައިކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮއެފުޅު

    ނަމާދުވަޤުތާ ފުށުންނާރާނެހެން ބާއްވަވާނެކަމަށް އުންމީދުކުރަން.

  2. ާތަކުރު

    ޢޭރުންތާ މައުރިބް ނަމާދާ އިޝާ ނަމާދު ވަގުތުގަ ހުވާކުރުމުގެ އުފާފާޅުކުރުމުގަ ޢުޅެވޭނީ، ހުވާކޮށްފަ 1 ދުވަސް ކޮށްފަ އިސްތިއުފާ ދީފަ ފިލާ އޭރުން ހުންނާނީ ވެފަ.

  3. ޙަސަނުގެ ދަރި

    ޜަގަޅު ދެން މަޣްރިބް ނަމާދު ވަގުތުފާއިތު ވަންދެންވެސް ތިޔަ ސަކަރާތެއްގަ ތިބެވޭތޯ ބަލާ ތިޔަ ކޮމިޓީ އަކުން ނަމާދު ވަގުތާ ދިމާނުވާގޮތަކަށް ރާވާކަށް ނޭގުނުދޯބުރާންތި ކަމުން ނޫނީ ހަމަ ގަސްދުގަ ކުރި ކަމަކީ ބާ ދީނަށް ލޯބިކުރާ ގްރޫޕް

  4. ކޮއެމަލާ

    ކުޅިސަމާ އެބަހުރިތާ. ކޮންމެހެންވެސް ތިކަން ކުރަންވާނީ ނަމާދަށް ގޮވާވަގުތެއް ތި ރަސްމިއްޔާތުގެތެރޭ ހިމެނޭގޮތަކަށް. ޢީޔޫ، އެމެރިކާ، އިންޑިޔާ، ހާޑިންގހަމް ފަދަ ފަރާތްތައް
    ޜުއްސަންޖެހޭނެ.

  5. ޑެލްބޯއި

    ހުވާކުރަންވާނީ ހެނދުނުގެ ގަޑިއެއްގައި. ހަވީރު ގަޑިޔަކީ ހުވާ ކުރަން ރަގަޅު ވަގުތެއް ނޫން. ހެނދުނު ގަޑީގައި އަވި ގަދަކަމުން ގަލޮޅު ދަނޑުގައި ރަސްމިއްޔާތު ނުބޭއްވޭނަމަ އެހެން ގޮތެއް ހަމަޖައްސައިގެން ހެނދުނު ހުވާ ކުރަންޖެހޭނެ. މިސާލަކަށް މަޖިލީހުގައި ހެނދުނު ހުވާ ކުރުމަށްފަހު އެމެރިކާގައި އޮންނަ އުސޫލަށް އުފާ ފާޅުކުރުމުގެ ހަފްލާތަށް ރޭގަނޑު ގަޑީގައި ގަލޮޅު ދަނޑުގަ އާއި އެހެން އެފަދަ ބޮޑެތި ތަންތާ ކުރިއަށް ގެން ގޮސް އައު ރައީސް އެތަން ތަނަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއެކު ވަގުތު ހޭދަކޮށް އުފަލުގައި ބައިވެރިވުން ރަގަޅު ވާނެ. އޮއްސޭ އިރާ އެކު ފަށާވެރިކަން ވަރަށް އަވަހަށް އޮއްސިިގެންދާނެ.

  6. މެޑަމް އައިސަ

    ވާވާ ތިއޮތީ ވާ ކަމެއް ޅިބިފަ ،،،،

  7. ދުރުމީ

    ހޮއެހޮއޭ.އަލަށް ވިއްޔަ ޤައުމެއްގެ ރައީސަކު ހުވާ މިކުރަނީ. ހުރިހާ ޔަހޫދީންގަނޑު ގެނަންވާނެ ހުވާކުރާ ތަނަށް. ކީއްވެތޯ އިންޑިއާގެ ފައްޅިއަކަށް ހުވާ ކރަން ވަޑައިނުގަތީ. ްްް

  8. އަފްލާ

    މިކަލޭގެ ހުވާކުރީމަ ވެރިކަން ކުރާނީ ބުއްޅަބޭ ގާސިމް ބެއާއި ނަޝީދު އާއި ދެމީހުންވެސް ހީވަނީ ތުންފަތް ބޯން ތައްޔާރުވެގެން ތިބިހެން ކީކޭ ބުނާނީ

  9. Anonymous

    ލައޗޭ

  10. ޙެހެ

    ޝައިތާނޫން ބިމަށް ފައިބައި ގަޑި

  11. ލައްޗޭ

    މަޢްރިބު ނަމާދު ކަޓުވާލައިގެންވެސް ބޭރުގެ ފަރަންޖީން ރުއްސަން އެބަޖެހޭ

  12. މާރިޔާ

    ދުވަހަކު ހުވާނުކުރިއަސް ވަށިހަމަ ނާޖާއިޒު ނަތީޖާއެއްގެ ރައީސެއްތީ ..........

  13. ެއެމީިހަަ

    އޮއްސޭއިރަށް ހުވަަާ ނުކުރައްވަަ އޭެރުން ވ.އަވަހަށް ވެރިކަން އޮއްސޭެނެކަން ހަނދާަން ކޮށދެނ

  14. މުޙައްމަދު ފިކުރީ

    ދެއްކުންތެރިކަމުގެ އިންތިހާ

  15. ޙަސީނާ

    17ގަޑި17މިނިޓް 17ސުކުންތުގައި ހުވާކުރާ ގަޑި ބަދަލުކުރަން ފެނޭ

  16. ޢަލީ

    އޮއްސޭއިރަށް ފަށާކަންކަން ވަރަށްއަވަހަށް އޮއްސިގެންދާނެ، އަޅާނުލާ އެމީހަކު ކެނޑި ކަނޑުލެއްހެ ހިތިފިލުވާނެގޮތެއް އެނގޭނީ އެމީހަކަށް، އެމީހަކުބާނާ ރޮނޑުން ހަންދަމާނެގޮތެއްވެސް އެނގޭނީ އެމީހަކަށް، އަހަންނަށްކީއް.