ސައުދީ އަރަބިޔާގެ މަޝްހޫރު ތިން އިލްމުވެރިޔަކަށް މަރުގެ އަދަބު ދޭން އެގައުމުން ތައްޔާރުވަމުން ދަނިކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ މުޝީރެއް ސައުދީ ރަސްގެފާން ސަލްމާން އަބްދުލް އަޒީޒް އަލް ސައުދަށް ސިޓީފުޅެއް ފޮނުވައިފިއެވެ.

ތުރުކީގެ ނޫހެއްގައި ޝާއިލުކޮށްފައިވާ މި ސީޓީގައިވާގޮތުގައި ސައުދީން ފަހަކަށް އައިސް އިލްމުވެރިން މަރަމުން ދާތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އަދި ދީނީ އިލްމުވެރިން މަރާލުމަކީ މުޅި ދުނިޔެ މަރާލުން ފަދަ ކަމެއް ކަމަށް ވަނީ ސިފަކުރައްވާފައެވެ.

"ދީނީ އިލްމުވެރިން މަރާލައިގެން ލިބޭނެ ކުރިއެރުމެއް އަދި ލިބޭނެ އެއްޗެއް ނެތް އިލްމުވެރިނަކީ ތެދު މަގު ދެއްކެއްވުމަށް ރަސޫލުބޭކަލުނަށް ފަހު ތިއްބެއްވި މީހުން ދީނީ އިލްމުވެރިން މަރާލުމަކީ މުޅި ދުނިޔެ މަރާލުން ފަދަ ކަމެއް" ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަލް ސައުދަށް ފޮނުވި ސިޓީގައިވެއެވެ.

ސައުދީން މަރުގެ އަދަބު ދޭން ތައްޔާރުވަމުންދާ ތިން އިލްމުވެރިންނަކީ ޝެއިހް ސަލްމާން އަލް އަވްދާ، އަވާދު އަލް ގްރްނީ އަދި އަލީ އަލް އޮމާރީއެވެ. މެދުއިރުމަތީގެ ހަބަރުތައް ދިރާސާ ކުރާ ނޫހެއް ކަމަށްވާ މިޑިލްއީސްޓް އައިއިން ބުނެފައި ވަނީ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަދި ނުއިއްވާ އޮތް ނަމަވެސް، ނިރުބަވެރި ކަމުގެ ދައުވާކޮށް، ރޯދައިގެ ފަހުން އެ ތިން އިލްމުވެރިންވެސް މަރަން ތައްޔާރުވާ ކަމަށެވެ.

މި ތިން އިލްމުވެރިންނަކީވެސް ސައުދީ ސަރުކާރަށް އެކިއެކި ގޮތްގޮތުން ފާޑުކިޔާ ފަރާތްތައް ކަމަށް މީޑިއާތަކުން ބުނެއެވެ. އަލް ގްރަނީއަކީ އދ އިންވެސް ތައުރީފް ކޮށްފައިވާ "ރިފޯމިސްޓް"އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބިރ

    މޮޔަނުވެބަލަ ސައުދީން ދީނީ އިލުމުވެރިން ނުމަރާނެ ތިތިންމީހުނަކީ ދީނީ އިލުމު ލިބިފަހުރި މީހުނެއް ނޫން ތީ ތަންތަން ފަސާދަކޮށް ފިތުނަ އުފައްދާ ބަައެއް

    6
    20
  2. ރަންނަމާރި

    ތިއީ ޢިލްމުވެރިންނެއް ނޫން! އެންމެފަހު ޖުމްލައިގައި އެއޮތީ ކޮންބައެއްކަން! ކާފަރުން އެމީހުންގެ ދީނީ ވާހަކަތަކަށް ސަޕޯޓު ކުރާނެތަ ޢިލްމުވެރިއެއްގެ!! ޕިސްޕިސް.. އެއީ ރިފޯމިސްޓުން.. ނުވަތަ ދީން ބޭނުންކޮށްގެން ސަރުކާރު ހޯދަން އުޅޭމީހުން.. އޭގެ މީހުން މިރާއްޖޭގައިވެސް ބައިވަރު..

    13
    8