މާފުށީ ޖަލުގެ ގައިދީއަކު ޖަލުބަލަހައްޓާ އޮފިސަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި ޒަހަމްވެފައި ވަނީ ކަރެކްޝަންގެ އޮފިސަރަކަށެވެ. އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ބޯ ފަޅައިގެން ގޮސްފައިވާއިރު، އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ޖަލު އޮފިސަރަށް އަނިޔާވެފައި ވަނީ، ޔުނިޓް ދޭއް ބަލާފާސް ކުރުމުގެ ތެރޭގައި ޖަލު އޮފިސަރަކު ގައިދީއެއްގެ ގައިގާ ޖެހުމުން ހިނގި ހަމަނުޖެހުމެއްގައެވެ.

ކަރެކްޝަން އިން ވިދާޅުވީ، މާފުށި ޖަލުގައި ގައިދީއަކު އޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެން އޮފިސަރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލު އާއްމު ހާލަތަށް ގެނެސްފައިވާކަމަށް ވެސް ކަރެކްޝަން އިން ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ކަރެކްޝަން އިން ދީފައިނުވެއެވެ.

މިކަމާއި ގުޅިގެން އެޗްއާރްސީއެމް އިން މިރޭ ވިދާޅުވީ، މިރޭ މާފުށި ޖަލުގައި ހިނގާދިޔަ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަސޮރު

    ޙައްޤުގެ ވާހަކަ، އަނިޔާގެ ބާހަކަ ދެއްކި މީހުން އެންމެ ފަހުން ޤައިދީންނަށް އަނިޔާ ކުރީތާ!

    23
    6
  2. ޖުހަން

    އޯގާތެރި އިބޫ ސޯލިހު ސަރުކާރު ސަޅިދޯ އަނިޔާވެރިކަމާ މަކަރުވެރި ކަމުން ހައްދުން ނެއްޓިފަ

    7
    1