އެމެރިކާގެ ނަވާޑާގެ ކެތީ ވޫޑްސް އަށް އޭނާ ނުކުރާ ކުށަކަށް 35 އަހަރު ޖަލުގައި ބޭއްވުމުން ބަދަލެއްގެ ގޮތުގައި ތިން މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 46 މިލިއަން ރުފިޔާ) އެމެރިކާ ސަރުކާރުން ދޭން އެމެރިކާގެ ކޯޓަކުން އިއްޔެ ޙުކުމް ކޮށްފިއެވެ.
މިހާރު އުމުރުން 68 އަހަރުގެ ކެތީ ވުޑްސް ޖަލަށް ލާން ޙުކުމް ކުރީ 1979 ވަނަ އަހަރު އެވެ. 2015 ވަނަ އަހަރު އޭނާ ވަނީ ޖަލުން މިނިވަން ވެފައެެވެ. ކެތީ ޖަލަށްލީ މިޝޭލް މިޝެލް ނަމަކަށް ކިޔާ މީހަކު މަރާލި މައްސަލައެއްގައެވެ. އޭނާގެ މައްޗަށް ޙުކުމް ކުރީ ކުށުގެ ވެށިން ފެނުނު ސިނގިރޭޓަކުން ކެތީގެ ޑީއޭންއޭ ފެނިފައި ވާތީ އެވެ. އޭނާ އާއި ދެކޮޅަށް އިތުރު އެއްވެސް ހެއްކެއް ނެތެވެ.
ނަމަވެސް ފަހުން ލިބުނު ހެކިތަކުން އެނގުނު ގޮތުގައި މިޝޭލް މަރާލީ އެހެން މީހެކެވެ. މިޝޭލް މަރާލާފައި ވަނީ ވުޑްސް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ މިހާރު ވެސް މަރުގެ އިތުރު ދެމައްސަލައެއްގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހެކެވެ.
ކެތީ އަކީ ނުކުރާ ކުށަކަށް އެންމެ ގިނަ ދުވަހު ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުނު އެމެރިކާ އަންހެން މީހާ އެވެ.
ކެތީ އަށް ބަދަލުގެ ގޮތުގައި ތިން މިލިއަން ޑޮލަރު ދޭން ބުދަ ދުވަހު ޙުކުމް ކުރުމުން ކެތީގެ ވަކީލް ބުނީ ކެތީ އަށް ލިބުނު ގެއްލުން ފައިސާ އިން އަގު ނުކުރެވޭނެ ކަމަށެވެ.
ކެތީ މިހާރު ވެސް ގެންދަނީ ނަފްސާނީ ގޮތުން އޭނާ އަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ހޯދަމުންނެވެ.
އޭބާއި! މިވައްތަރު ލިޔަނީމަ ސަކަރާތް. "ނުކުރާ ކުށަކަށް 35 އަހަރު ޖަލުގައި ބޭއްވުމުން 46 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހިއްޖެ" އެކޮންވައްތަރު ލިޔަނީ، ރުފިޔާ ކިޔަނީމަ މޯލްޑިވްސް ގަވަރުމަންޓް ދޭން ބޭނުން. އެކެއްވެސް މީހާ ކޯންޗެއް ރައިޓިން ނޯކިޔަނީ..
ބޭރު ގައުމުތަކުގަ ވެސް ދިވެހި ރުފިޔާ! އަދަދު ބޮޑުކޮއްލީ ދޯ