ލިޕްސްޓިކްއަކީ ޒަމާނީ ފެޝަނެއްގެ ގޮތުގައި، އަންހެންކުދިންވެސް އާންމުކޮށް ޖައްސައި އުޅޭ އެއްޗެކެވެ. އެހެންނަމަވެސް ލިޕްސްޓިކްއަކީ ކޮންމެ ކޮންމެ ދުވަސްވަރަކު ޖެއްސުން ރަނގަޅު އެއްޗެއް ނޫންކަން ބައެއް ދިރާސާތަކުން މިވަނީ ދައްކައިދީފައެވެ. ހާއްސަކޮށް މާބަނޑު އަންހެނުން ލިޕްސްޓިކް ޖެއްސުމަކީ އެމީހުންގެ ސިއްހަތުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށްވެސް ގެއްލުންހުރި ކަމެއްކަމުގައި އެތައް ދިރާސާއަކުން ވަނީ ހާމަވެފައެވެ.

އެންވާރަމެންޓަލް ހެލްތް ޕާރސްޕެކްޓިވް ނަމަކަށްކިޔާ މަޖައްލާއަކުން ކުރި ދިރާސާއަކުން ވަނީ ލިޕްސްޓިކްގައި ހިމެނޭ ދަގަނޑުގެ ބާވަތެއްކަމުގައިވާ ލެޑްގެ މިންވަރު ލިޕްސްޓިކްގައި ކިތަންމެ ދަށްވިނަމަވެސް އެ މާއްދާއަކީ ގިނައިން ލިޕްސްޓިކް ޖައްސާވަރަކަށް ހަށިގަނޑަށް އެތެރެވާ މިންވަރު އިތުރުވާ މާއްދާއެއްކަމަށް ދައްކުވައިދީފައެވެ. ލެޑްގެ އިތުރުންވެސް ކެޑްމިއަމް، އެލުމިނިއަމް، ކޮބަލްޓް، ޓައިޓޭނިއަމް ފަދަ އެތައް ވައްތަރެއްގެ ދަގަނޑެއް ލިޕްސްޓިކްގައި ހިމެނެއެވެ.

އަދި ވަކިން ހާއްސަކޮށް ކުލަގަދަ ގްލޮސްވާ ބާވަތުގެ ރަތް، ފިޔާތޮށި އަދި މުށި ކުލަކުލައިގެ ލިޕްސްޓިކްއަކީ މީހާއަށް ގެއްލުން ހުރި އެއްޗިއްސެވެ. އެހެންނަމަވެސް ކުލަ މަޑު އަދި މެޓް ލިޕްސްޓިކްއަކީ ބޭނުންކުރުމަށް ތަންކޮޅެއް ރައްކާތެރި އެއްޗެއްކަމުގައިވަނީ ބެލެވިފައެވެ. ގިނަ ބަޔަކު ލިޕްސްޓިކް ޖެއްސުމަށް ދުވަހުގެ އެކި ވަގުތުގައި ތުންފަތުގައި އަތްލައި ހަދާއިރު ކޮންމެފަހަރަކުވެސް ލިޕްސްޓިކްގައި ހުންނަ ދަގަނޑުގެ މާއްދާތައް އަތުގެ ހަމުގެ ތެރެއިން ހަށިގަނޑަށް އެތެރެވާކަން ދަންނަންތޯ؟

އެގޮތަށް ހަށިގަނޑަށް ދަގަނޑު އެތެރެވުމަކީ ގެއްލުން ހުރި ކަމެކެވެ. ހަށިގަނޑުގައި އެއްވެސްވަރަކަށް ލެޑްފަދަ މާއްދާއެއް ހުރެގެން ނުވާއިރު ވަކިން ހާއްސަކޮށް މާބަނޑު މީހެއްގެ ހަށިގަނޑުގައި ލެޑް ހުރެގެންނުވާނެއެވެ. ސަބަބަކީ އެ ދަގަނޑުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ގެއްލުންވެ ވިހަވެދާނެތީއެވެ. މާބަނޑު މީހާއަށް ލެޑްގެ ސަބަބުން ލިބޭ ގެއްލުމަށް ކެތްކުރެވުނުނަމަވެސް ބަނޑުގައިވާ ދަރިފުޅަކީ އެއަށް އެއްވެސްކަހަލަ ދިފާއެއް ނެތް ފަރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޯން

    ކަންތަކާ ޖެހުނީ

  2. އ

    khayr ﷲJazak

  3. އަހަރެން

    ހާދަ އިބާރާތް ކުރުމުގެ މައްސަލަ އޮތް އާޓިކަލް އެއް
    ދިވެހި ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން މި ފަދަ ކަމެއް ފާހަގަ ވުމުން އެކަމާ ހިތާމަ ކުރަން