އަލްކައުން އިންޓަރސްކޫލް ޤުރްއާންމުބާރާތް 1439 އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފިއެވެ.

މި މުބާރާތަކީ ސްކޫލް މަދުރަސާ ތަކުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަތިވެރި މަޤުޞަދުގައި އަލްކައުންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 65 ސްކޫލަކުން ބައިވެރިވެފައިވެއެވެ.

އަލްކައުންގައި ކުރިއަށް ގެންދާ މުބާރާތުގެ އެންމެ މޮޅު ދަރިވަރަކަށް އަސްކޮއި ޙައްޖު ޢުމްރާ އިން ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި މުބާރާތަކީ މިނިސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރ 2018 ގައި ހިމެނިފައިވާ މުބާރާތެއްވެސް މެއެވެ. މި އަހަރުގެ މުބާރާތް ހަތަރު ޢުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މުބާރާތުގައި ޖުމްލަ 914 ދަރިވަރުން ބައިވެރިވާނެ އެވެ.

މުބާރާތް އޮންނާނީ 2018 އެޕްރީލް 15 އިން 24 އަށް އަލްކައުންގައެވެ. މުބާރާތުގެ ރެކޯރޑިންގ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެދުވަހަކު އަލްކައުން އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ އެހީތެރި ޕާޓްނަރ އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް އޭ ސީ އެލް) އެވެ. އަދި މި މުބާރާތުގެ އޮންލައިން ޕާރޓްނަރ އަކީ ވަގުތު އޮންލައިންއެވެ. މިއީ މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމީލް

    ރަންގަޅެ

  2. އިބްރާހީމް

    ޤުރްއާން ކިޔެވުމުގައި އެންމެންވެސް ވާދަކުރަންވީ. ޤުރްއާނުގެ އަހުލުވެރިންނަށް އެންމެންވެސް ވާންވީ.

  3. އަބްދުﷲ

    ވަރަށް ރަގަޅު ކަމެއް، މާޝާ ﷲ.