ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑީކޯވެ ހާލުދެރަވެގެން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު އެމްއެންޑިއެފް ހެލިކަޕްޓަރުގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މާލެ ގެނެސްފައި ވަނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށެވެ..

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ސިއްޙީ އިތުރު އަވަސް ފަރުވާއަށް އޭނާ މާލެ ގެނެސްފައި ވަނީ، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މި މީހާ ބެލި ޑޮކްޓަރުން މިއަދު ލަފާ ދިނުމުންނެވެ.

އެ މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު