ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އިންތިހާބަކަށްވާނީ އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވެގެންދާނީ ވޯޓު ކަރުދާސްކޮޅުގައި އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށެވެ. އަދި އެއީ މިވަގުތަށްވެސް، ފަހަށްވެސް ތަނަވަސްވާންޖެހޭ މާހައުލުކަމަށް އަމީތު ވިދާޅުވި އެވެ.

އަމީތު އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް މިވަގުތަށް އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ވާހަކައެއް ނުދެކެވޭ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން ކުރިއަށް ގެންދާ ބައްދަލުވުންތަށް އިދިކޮޅު ފަރާތް ތަކުން އެއްބާރުލުން ނުދިނުމާއި ގުޅޭ ގޮތުން " ވަގުތު " އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ގެ ނައިބު ރައިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދް ރަހީމް ވިދާޅުވީ އިދިކޮޅުފަރާތް ތަކުން ރިޔާސީ އިންތިހާބު ބާއްވަން ބޭނުންނުވާ ކަމަށެވެ.

" އަސްލު ހަގީގަތުގައި އެބޭފުޅުން ރިޔާސީ އިންތިހާބު ބާއްވަން ބޭނުމެއް ނުވޭ, އެއީ އެބޭފުޅުނަށް އިގޭ އިންތިހާބުގައި ވާއްދަކޮއްފިޔާ ބޮޑު ތަނުން ބަލި ވާނެކަން , އެބޭފުޅުނަށް މިހާރު ރައްޔިތުންގެ ތާއީދު ގެއްލިއްޖެ " އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތް ތަކުން ތަރައްގީ އަށް ހުރަސް އަޅަން ތަފާތު ގިންގުނަ މައްސަކަތް ތަކެއް ކުރި ނަމަވެސް އެބޭފުޅުންނަށް އެކަން ކާމިޔާބު ނުވަނީ ރައްޔިތުންގެ ތާއީދު އެބޭފުޅުނަށް ނުލިބުމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރާއްޖެތެރެއަންސް

    ތަމެން އެހެލާން ތެހެލާން ކިޔަން ރަށަށް ދޭބަލަ. ރަށަށް ދޭބަލަ ދެން. ދަ ރާއްޖެތެރެއަންސް ހޭވް ގޯން ފްރޮމް ވެއަރ ދޭއާރ ޓު ހިއަރ ދޭ އާރ ދަ ގަމާރުން އެންޑް ދަ ބީތާއިން އެގެއިން.

  2. ޙަފްޞާ / މާލެ

    ހަމަ ސާފްކޮށް ބުއްދިފިލާގޮސްފަހުރި ރިޝްވަތު ޖާޑީއެއް މީނައަކީ!!! މީނަގެ ބޭބެ އުގިރޭސިވިލާތުގައި ފެންވަރުގަ އެއުޅެނީ ކޮންތަކުން ޙަލަލުފައިސާ ހޯދައިގެންތޯ މީނަކުރެން އަހަބަލާށެވެ!

  3. ދުމައިން

    ކިހާ އިންސާފުވެރި؟ ޔާމީނަށް ބައިވެރިނުވެވެންޏާ އެ ކޮންއިންސާފަކަށްވަނީ؟ ހަންގަނޑޭކިޔާބަލަ. މީ ނިކަން ފެންމަތިވެގެން ވަންވޭޓިކެޓެއްހޯދަން އުޅޭ ރޯނުދުޅައެއް!

  4. ސަމް މަާލެ

    އަމިތު ކަލޭދެން ހޮވާނީ ގޮޑުށް

  5. ހުސޭނުބޭ

    އިންސާފުގެ ވާހަކަ ދައްކަން މީ ކާކު! ބަރިބަރިޔަށް ރިޝްވަތުނަގާފައި ގޮނޑިގެއްލުނީމާ ތިއުޅެނީ ކެހެނި އަރައިގެން.

  6. އާބިދާ

    ކަލެއާއި ކަލޭގެ ޢާއިލާގެ ނަންތައް ފިޔަވައި އެހެން ނަމެއްއޮތަސް ތި އިންތިޚާބު އިންސާފުވެރިނުވާނެ ދޯ؟ އެންމެބޮޑަށް އިންސާފުވެރިވާނީ ކަލޭގެނަން އެކަނި އޮތީއްޔާ ދޯ ރަަޓޭ، ކޮން ހައިސިއްޔަތަތުން ކަލޭ އަނގަފުޅާތިކުރަނީ ކިތަންމެ ފެލުނަސް މިޤައުމުގައި އެންމެ ބޮޑު ތާޢީދެއް މިހާރުއޮތީ ޔާމީން ޢަބްދުލްޤައްޔޫމަށް