އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް، ފަލަސްތީނު ރައްޔިތުން ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެއެވެ.
ފަލަސްތީނުގެ ސަރުކާރުގެ ތަރުޖަމާނު ޔޫސުފް އަލް މަހުމޫދު ވިދާޅުވީ ފަލަސްތީނުގެ ގައްޒާގައި އިސްރާއީލުގެ ސިފައިން ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވަން ބައިނަލްއަގްވާމީ ފަރާތްތަކުން ވީހާވެސް އަވަހަކަށް މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.
ގައްޒާގައި މިއަދު ހަމަނުޖެހުންތައް ބޮޑުވެފައިވަނީ އެމެރިކާގެ އެމްބަސީ ގުދުސް އަށް ރަސްމީކޮށް މިއަދު ބަދަލުކުރުމާ ގުޅިގެންނެވެ. އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީނުގެ ގިނަ އަދަދެއްގެ އާއްމުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި މިހާތަނަށް 37 މީހަކު ވަނީ ޝަހީދުވެފައެވެ.
ޝަހީދުކޮށްފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލުކޮށްފައިވަނީ އިސްރާއީލުގެ ވެރި ރަށަކީ ގުދުސް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމުމާ ގުޅިގެންނެވެ. އިސްރާއީލުގައި މީގެކުރިން އެމެރިކާގެ އެމްބަސީ ހުރީ އެގައުމުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ތެލް އަވީވްގައެވެ.
އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޓްރަމްޕް ވެފައިވާ ވައުދެކެވެ.
އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް، ޓްރަމްޕް ނިންމި ނިންމުމާ ގުޅިގެން ފަލަސްތީނުގެ އެކި ސަރަޙައްދުތަކުގަޔާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވެއެވެ.
ހަމައެހެންމެ، ދުނިޔޭގެ އެހެން ބިޔަ ބާރުތަކުންނާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އިންވެސް، މި ނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލާފައިވެއެވެ.
ދުނިޔޭގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުންވެސް ބުނާ ގޮތުގައި އެމެރިކާގެ މި ނިންމުމުގެ ސަބަބުން، މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވުމަށް މަގުފަހިވާނެއެވެ. ހަމައެހެންމެ، މިކަމުގެ ސަބަބުން ފަލަސްތީނަށް މިނިވަން ދަޢުލަތެއްގެ މަޤާމު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ހިޔަނި އެޅިގެންދާނެއެވެ.
ޔާﷲ، ނުބައިވެގެންވާ ޔަހޫދީން ބަލިކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާފާނދޭވެ. އާމީން
މުސްލިމުންނަށް ނަސްރު ދެއްވާންދޭވެ. ޢާމީން
އާމީން... ޔާﷲ އަޅަމެންގެ ދުއާ އިޖާނަ ކުރައްވަފާންދޭވެ... ޔާﷲ... މަދަދު ދެއްވާންދޭވެ...
އާމީން....
ފަލަސްތީނުމީހުން އަދިވެސް ހޭއަރާކަށްނުވޭ! 1945ން ފެށިގެން ކުރަން އުޅޭކަމެއް 80 އަހަރުވީއިރުނުވެވުނު ކަމެއް މިއަދުވެސް ނުވާނެ އަދި މާދަމާވެސް ވާނެހެނެއް. ހިޔެއްނުވޭ!
ކަލެއަށް ކީއްކީއް!
ކަލެއަށް އެބަވެއެއްނު. ކަލޭ ތީ އިޒްރޭލު މީހެއްތަ؟
އެކަހަލަ ކޮންމެ ކަމެއް ވަކި ގްރޭސްޕީރިއެޑް އެއްގަ ވާން ޖެހޭތަ ހޭބައްޔާ
މީތް ﷲ މިނުބާާކީފިރުން ބަލިކުރައްވައި ނިކަމެތި ކުރައްވާ ދޭވެ'
ބައިނަލްއަޤްވާމީ ދުނިޔޭގައި ތިބީ ހުސް މުސްލިމުނަނާ ދެކޮޅު ކާފަރުން. އެމީހުން މުސްލިމުންނަކަށް އެހީތެރިކަން ފޯރުވައެއް ނުދޭނެ.