ޔޫރަޕްގެ ގައުމުތަކުގައި އާންމުކޮށް މުސްލިމުންނަށް ލިބެނީ ފުރައްސާރަ އާއި މަލާމަތް ކަމަށް ވީނަމަވެސް މިފަހަރު މިއޮތީ ޔޫރަޕްގެ ގައުމެއްގައި މުސްލިމަކަށް ވަރަށް ބޮޑަށް ތައުރީފް ލިބިފައެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުރި އިމާރާތެއްގެ ހަތަރު ވަނަ ބުރީގައި އެލިފައި އޮތް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތް ކުރި މުސްލިމް ޒުވާނަކަށް ގިނަ ބައެއްގެ ތައުރީފް ދަނީ ލިބެމުންނެވެ.

މަމްދޫ ގައްސަމާ ކިޔާ ޒުވާނާ އިމާރާތުގެ ފާރުން މައްޗަށް އަރައިގެން ދިޔައީ "ސްޕައިޑަމޭން" ފިލްމްތަކުގައި ސްޕައިޑަމޭން ތަންތަނަށް އަރައިގެންދާ ގޮތަށެވެ. ވަރަށް ހަލުވިކަމާއި އެކު ފާރުން މައްޗަށް އަރާ އޭނާ ވަނީ ހަތަރު އަހަރުގެ ކުއްޖާ ސަލާމަތް ކޮށްފައެވެ.

މަމްދޫ އަކީ މާލީ އިން ފްރާންސަށް ހިޖުރަކޮށްފައިވާ ޒުވާނެކެވެ. އޭނާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމުން ޕެރިހުގެ މޭޔަރު ވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ދަނީ މަމްދޫގެ އަމަލަށް ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނު

    މާޝާ ﷲ. އިސްލާމް ދީނުގެ ރީތިކަމާއި މަތިވެރިކަން މީސްތަކުންނަށް އުގަންނައިދިނުމަށް މިއީ ކޮންފަދަ މާތް ގޮތެއް. ﷲ އަށްޓަކައި ފުރާނައިން ގުރުބާންވާންވެސް ތައްޔާރު، އޯގާތެރިކަމުގެ ނަމޫނާއެއް.