ސަލްމާން ޚާން ކުޅޭ "ކިން 2" ކުރިން ޖެކްލިން ކުޅުމަށް ހަމަޖެހިފައި އޮއްވާ އޭނާގެ ބަދަލުގައި އެހެން ތަރިއެއް ކުޅެން ހަމަޖެހުނުކަމަށް އަޑުފެތުރިގައި ވީނަމަވެސް "ކިކް 2" ގައި ސަލްމާން ޚާން އާއި އެކު ހަރަކާތްތެރިވާނީ ޖެކްލިން ކަމަށް އެނާ ބުނެފިއެވެ.

2014 ވަނަ އަހަރު "ކިކް" ފިލްމް ގައިވެސް ސަލްމާން ޚާން އާއިއެކު ހަރަކާތް ތެރިވެފައިވަނީ ޖެކްލިން ފަރްނޭންޑްސް އެވެ. "ކިކް 2" ގައި ލީޑް އެކްޓްރެސް ކުޅޭނީ ޖެކްލިން ކަން އެ ފިލްމްގެ ޑައިރެކްޓަރ ވެސް ވަނީ މިދިޔަ މަސް ނިމުނު އިރު ބޭއްވި ހަފްލާއެްގައި ޔަގީންކަން ދީފައެވެ.

މިކަމާ ގުޅޭގޮތުން ޖެކްލިން ބުނީ ފިލްމްގެ ޑައިރެކްޓަ ވަނީ އޭނާއަށް އެ ފިލްމް ކުޅުމަށް ފުރުސަތު ދީފައިކަމަށާއި ސަލްމާން ޚާން އާއި އެކު މި ފިލްމް ކުޅެން ލިބުނީތީ ވަރަށް އުފާކުރާ ކަމަށެވެ.

"ކިކް 2" މި ދެ ތަރިން އެކުގައި ކުޅުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް މިދެތަރިން ގެންދަނީ "ރޭސް 3" ގައިވެސް އެކުގައި މަސައްކަތް ކުރަމުންނެވެ. ޖަކުއަލިން އަކީ އަވައްޓެރި ސްރީ ލަންކާއަށް ނިސްބަތްވާ އެގައުމުގެ ރީތީގެ ރާނީގެ މަގާމަށްވެސް ހޮވިފައިވާ ފަރާތެކެވެ.

ބޮލީވުޑްގައި ޖެކްލިން ހުނަރު އެންމެން ބަލައިގެންފައިވާއިރު އޭނާގެ ރީތިކަމުގެ ޖާދޫގައިވެސް އެތައްބަޔަކު ވަނީ ޖެހިފައެވެ. ސްރީ ލަންކާގެ ފަންނާނެކު ބޮލީވުޑްގައި ބޮޮޑެތި ކާމިޔާބުތައް ހޯދާތީވެ ގިނަބަޔކު ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ.