އަފްގާނިސްތާނުގެ ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދަކަށް ވެއްޓުނު ފްލައިޓުން ދަތުުރު ކުރި އެންމެން މަރުވެއްޖެ ކަމަށް އަފްގާނިސްތާނުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މި ފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވާއިރު، ފްލައިޓުގެ އަސްލު ނޭގި މިހާރު ވެއްޓުނު ފްލައިޓް ނިސްބަތްވާ ގައުމުވެސް ވަނީ ނޭގުމެއްގެ ތެރޭގައެވެ.

އަފްގާނިސްތާނުގެ ގަޒްނީ ޕްރޮވިންސްގެ ދެހު ޔަކް ޑިސްޓްރިކްޓަށް ވެއްޓުނު ފްލައިޓް ވެއްޓުމާއެކު ފުރަތަމަ ބައިނަލްއަގްވާމީ މީޑިއާތަކުން ބުނީ ވެއްޓުނީ އެގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ކަމަށެވެ.

ނަމަވެސް އަރިއާނާ އަފްގާން އެއާލައިނުން ވަނީ އެ މީހުންގެ ހުރިހާ ފްލައިޓެއް ހަމަކަމަށް ބުނެފައެވެ.

އަފްގާނުގެ އޮފިޝަލަކު ވިދާޅުވީ، ބޯޓު ވެއްޓޫނު ސަރަހައްދުން 100 އެއްހާ މީހުންގެ ހަށިގަނޑު ފެނުނު ކަމަށެވެ، ަމަވެސް އަދިވަކި ކުރަން އެނގެނީ ހަމައެކަނި ޕައިލެޓުގެ ހަށިގަނޑު އެކަނި ކަމަށެވެ.

"ފްލައިޓްގެ ފަހަތުކޮޅުގައި ނަމްބަރަކަށް ލިޔެފައި ވަނީ 358، ފްލައިޓް ނިސްބަތްވާ ގައުމެއް އަދި ކުންފުންޏެއްވެސް ނޭނގެ". އަފްގާން އޮފިޝަލް ވިދާޅުވިއެވެ.

މިހާރު ބައެއް މީޑިއާތަކުން ދަނީ ވެއްޓުނު ބޯޓަކީ އަސްކަރީ ބޯޓަކަށް ވެދާނެ ކަމަށް ރިޕޯޓް ކުރަމުންނެވެ. ނަމަވެސް އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިންވެސް މިކަމާއި ގުޅިގެން އެއްޗެއް ވިދާޅެއް ނުވެއެވެ.