އަވައްޓެރި ސްރީލަންކާއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެ ގައުމުން ބުނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވަނީ ޗައިނާ އަންހެނެއް ކަމަށެވެ. އެއީ އުމުރުން 43 އަހަރުގެ އަންހެނެކެވެ.

ސްރީލަންކާގެ ހެލްތް ޕްރޮޓެކްޝަނުން ވަނީ ކޮރޯނާ ވައިރަސް ހުރި މީހަކު އެގައުމުން ފެނުނަސް، ރައްޔިތުން ހާސްނުވުމަަށް އެދިފައެވެ. އަދި ވައިރަސް އިތުރަށް ނުފެތުރޭ ގޮތަށް ފިޔަވަޅު އަޅަމުންދާކަމަށް ބުންޏެވެ.

ލަންކާ އިން ކޮރޯނާ ވައިރަސް ފެނުމުން ރާއްޖެ ހިމެނޭ ސަރަހައްދުން ކޮރޯނާ ވައިރަސް ފެނުނު ގައުމުތަކުގެ އަދަދު ދޭއްކަށް މި ވަނީ އަރާފައެވެ.

މީގެ ކުރިން ނޭޕާލުން ވަނީ ބަލިޖެހިފައި ހުރި މީހަކު ފެނިފައެވެ.

ސްރީލަންކާއަކީ ކޮނޯވައިރަސް ދެނެގަނެވޭނެ އޭޝިއާގެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެ ގައުމުގައި 15000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަމަ

    ކިހާ ދެރަ މުލި ދުނިޔެ އަށް އެފެތުރެނީ

  2. ސީނާ

    ދެން އަތް ޖަހައު

    1
    2
  3. އޔ

    މިހާރު 15000 އެއް ނޫޅޭ.

    2
    1
  4. ޏ

    ޢެޖެންޑާ 19 ކޮބާ! ޖަޒީރާ ވަންތަ ފިޔަވަޅު އަޅަން ކޮމިޓީ ކޮބާ؟ ޢިންސާނީތަރައްގީ މެކުހަށްޖަހާކަށް ނުވޭތަ؟ކުޅުތަޅާ އަރިދަފުސް ފޮޅަން ގޮތެއް ފޮތެއް ނެތް!ކެއްސާ ކިބިހި އަޅަން ނިވާކުރުމެއް ނެތް!ސިގިރެޓް ބޮއި ދުންބުރުވަނީ އެހެންމީހުންގެ މޫނަށް! މަގުތަކުގައި ހުސްރަތްކުޅު!މުސްކުޅިން ޅަކުދިންނާއި ބެހެނީ! ގޮތްނޭގޭ މަރު ކޮންމެދުވަހަކު! ބިދޭސިންތައް ގޮތެއްފޮތެއްނެތި އެތެރެވަނީ! ބަލިފެތުރެން މާހައުލު ހުޅުވާ އަޅާފައިނޫންބާ!

    11
  5. ޢަންސާރު

    ޢުޅެވޭ ގޮތެއް ނޭނގޭ ވިއްޔާ..ވާލާ،ކުއްތާ ނޮޅައިގެން ކަނީ...މުސްލިމުންގެ އިއްޒަތް ނަގާލަނީ..އިލާހީ ގާނުނަށް ގޮންޖަހަނީ...ލޮލަށް ނުފެންނަ ކުޑަ ސޫއްްޕެއް.ހެނދުނާ ހަވީރު ﷲ އަށް ޒިކުރު ކުރޭ..މި ރާއްޖޭގަވެސް ބަޔަކު ހީކުރަނީ ފަސާދަ ކުރެވިދާނެޔޭ.. ﷲ އެކަލާނގެ ހިއްޕެވުމުގައި މަތިވެރިވެގެންވޭ...ﷲ އަކްބަރު