ގަރުނުގެ އެއްބަސްވުމުގެ ނަމުގައި އެމެރިކާ އިން އެކުލަވާލާފައިވާ ފަލަސްތީނުގެ ބިންތައް އިސްރާއީލުން ފޭރިގަންނަން މަގުފަހިކޮށްދީފައިވާ އެއްބަސްވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއްމުކޮށްފިއެވެ.

ޓްރަމްޕް މިއެއްބަސްވުން އާއްމުކޮށްފައި ވަނީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ އާއި އެކު މިހާރި ވައިޓްހައުސްގައި ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނާ އިސްވެ ހުރެ އެކުލަވާލި މިއެއްބަސްވުން ބަލައިނުގަންނާނެ ކަން ފަލަސްތީނުން ކުރިން ވެސް އޮތީ އިއުލާން ކޮށްފައެވެ.

ނަމަވެސް ޓްރަމްޕް މިރޭ ބުނީ މިއީ "ދެގައުމަށް ވެސް މޮޅު ލިބޭނެ އެއްބަސްވުމެއް" ކަމަށެވެ.

މި އެއްބަސްވުމާއި އެކު ހުޅަނގު އައްސޭރިއަކީ ރަސްމީކޮށް އިސްރާއީލްގެ ބިންކަމަށް ހަމަޖައްސަން ޓްރަމްޕް ވަނީ އެއްބަސްވުމުގައި ހިމަނާފައެވެ. ހުޅަނގު އައްސޭރީގައި މިހާރު އިސްރާއީލުން އަޅާފައި ހުރި ގެދޮރުތަކަކީ އިސްރާއީލްގެ ބިމުގައި އަޅާފައި ހުރި ގެދޮރުތައް ކަމަށް އެއްބަސްވުމުގެ ދަށުން ނިންމި ނަމަވެސް އިތުރަށް ގެދޮރުއެޅުން ހަތަރު އަހަރަށް މަޑުޖައްސާލަން އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.

އަދި ޖޯޑަން ވެލީ އަކީ އިސްރާއީލްގެ ބިންކަމަށް ވެސް މިއެއްބަސްވުމުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

ގަރުނުގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ބޭނުންވާ ކަންތައްތަކެއް ފުރިހަމަަ ކުރުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން އެތައް އަހަރެއް ނަގާނެއެވެ. އެމެރިކާ އާއި އިސްރައީލުން ބޭނުންވާ ގޮތައް "ވަކި ދައުލަތެއް" ފަލަސްތީނަށް ލިބޭނީ އޭގެ ފަހުންނެވެ.

މިއެއްބަސްވުމުގައި ހިމެނޭނެ ބައެއް ބައިތައް މީގެ ކުރިން ވެސް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. އެމެިރކާ އިން އެއްބަސްވުން ތައްޔާރުކޮށްފައި ވަނީ އެމެރިކާ އިން ބޭނުންވާ ގޮތްތައް ފަލަސްތީނުން ނުހައިދައިފިނަމަ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައި މަޖުބޫރުކޮށް ވެސް ފަލަސްތީނުން މި އެއްބަސްވުން ބަލައި ގަންނަން ވަރު ކުރުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯމިއޯ

    ޓްރަންޕް ވެރިކަމުން އަޒުލުކުރަން ކުރާ މަސައްކަތުން ސަލާމަތް ވެވޭނެގޮތެއް ހަދާލީ. އެމެރިކާގެ ރައީސްއަކަށް ވެވޭނީ އަދި ވެރިކަމުގަ ދެމި ހުރެވޭނީ ޔަހޫދީންނަށް ވައުދުވާ ވައުދު ފުއްދައިދޭ މީހަކަށް

    16
    5
  2. ވިސްނާ

    އެމެރިކާއަކީ ހަމަ މުސްލިމުންނަށް ފާވެފަވާ ކުއްތާއެއް

    15
    7
  3. Anonymous

    ޓްރަމްޕަޓާ އެ ޔަހޫދީކަލޭގެ ބޯ އަނެއް ފަރާތަށް އަބުރުއްވާންދޭވެ! ޔާ ރައްބަނާ އިލާހީ. ޔަހޫދީންނަކީ އެއްވެސް ބިމެއް ލިބިގެންވާ ބައެއް ނޫން. އަދިއަދަށްވެސް އެ އާލާތުން އެ އުޅެމުންގެންދަނީ އެންމެފުރަތަމަ އެއާލާތުންގެ ކާބައިން ފަލަސްތީނުގެ އަހުލުވެރިންގެ ބިންތައް ފޭރިގަތީއްސުރެ އެގޮތުގައި. ޢެމެރިކާއިން ޔަހޫދީންނަށް ބިން ނުދީގެން ޓުރަންޕަޓު އެއުޅެނީ ކޮންގޮތެއް ހުސްވެގެން ކޮން ފުޅިއެއް ބޮއިގެން ނުވަތަ ބޮވައިގަނެގެންހޭހޭހޭހޭހޭ. ޓުރަންޕަޓަށާ ޔަހޫދީ ނަޓަންޔާހޫ ކަލޭގެއަށް ހަލާކުހުރި