ކަނޑުހުޅުދޫގައި ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންނަށް އެހީތެރިވި ފެނަކަ މުވައްޒަފު ވަޒީފާ އިން ވަކިކޮށްފިއެވެ.

އެމުވައްޒަފު ވަޒީފާ އިން ވަކިކުރިކަން އަންގާ ފެނަކަ އިން މިއަދު އޭނާ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ފެނަކަ އަށް ގެއްލުންތަކެއް ވެދާނެތީ ކަމަށެވެ.

ކަނޑުހުޅުދޫގައި ހިނގި ރޭޕް ކޭސް ކަވަރ ކުރުމަށް ގޮސް ތިބި ނޫސްވެރިންތަކަކަށް މައުލޫމާތު ދޭން މަސައްކަތް ކުރި ފެނަަކަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވަނީ ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ކުރި ދުވަހު ވެސް އޭނާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.

އެމުވައްޒަފު ވަޒިފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ކުދިން ދިނީ ރޭޕް ކުރި ދެއަހަރުގެ ކުއްޖާގެ މައްސަލައިގައި ހައްރުކޮށްފައިވާ ފަރާތުގެ ކޮއްކޮއެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ މީހާ ވަނީ އެ މައުލޫމާތު ދިން ކަނޑުހުޅުދޫ ފެނަކައިގެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވަައި ވަކިކުރާނެކަމުގެ އިންޒާރު ދީފައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް ސިޔާސީ މަޤުޞަދެއްގައި މީހަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު ތަކުރާރުކޮށް ވެވަޑައިގެންނެވުމަށްފަހުއެވެ. ނަމަވެސް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނަކަ އިން އެކަނިވެސް އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސުނެއިނާ

    ކެތް ތެރިކަން ދެއްވާށި އަޅުގަޑުވެސް މި އުޅެނީ އަޅުގަޑަށް ކުރާ ޖިންސީ ފުރައސާރައިން ސަލާމަތް ނުވެވިގެންޔާ މިކުންފުނީގެ ބޯޑް ޑިރެކްޓަރަކާ ހުރެ މީނާ އަކީ ސަރުކާރުން މިކުންފުނީގެ ބޯޑަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވަނިކޮށް

    76
  2. ކޮބާކަލޭ

    ތިހެންވީއިރު ފުރަތަމަ ވަކިކުރަންވީ ރައީސް ސޯލިހު ދެވްވަކިކުރަންވީ ރައީސް ނަސީދު އެދެމީހުންގެ ސަބަބުން ސަރުކާރަށާ ރައްޔިތުންނައް ހާދަބޮޑު ގެއްލުމެކޭވަނީ

    63
    3
  3. ޅައްލަ

    ޢަމިއްލަ އެދހުނުން ފޮވެފަައިވަަ ބައެއް ގޮސް ބޮޑުތަނުން ގޯސް ގެއްވެސް މިމިިހުންނަން ވޯަޓް ނުދެތި

    36
  4. ޗީޗީ

    ތިވާނީ ފެނަކަ މޑ ސައީދުގެ ރައްޓެހި ފެމިލީއަކަށް.
    ސައީދަކީ ގދ.ވާދޫ މީހެއް.

  5. ކޮރަލް

    ކައުންސިލް އިންތިހާބުގަ އެމްޑީޕީ ފެއިލް ކޮށްލަން ވީ އެވެ.

    17
    2
  6. ޗީޗީ

    ތިރަށުގައި ގިނައީ އެކަހަލަ ކަންކަންކުރާ މީހުންތޯ މިހާރު ސުވާލުއުފެދޭ.
    އެކަހަލަ މުހިއްމު ކަމެއް ހިއްސާކުރީމަ އެމީހާ ގޯސްވީ. އެއިގެ ސަބަބުން އެއްކޮއްކޮ އަށް މޑޕ ޕްރައިމަރީ ގެއްލުނީމާ ހަދާލިގޮތެއްހެން ހީވަނީ.

    13
  7. މީމު

    ތީ އަނިޔާވެރިކަމެއް!

  8. އެސޮރު

    މިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ވެރިކަމަށް ހޮވީމަ ވާނޭ ގޮތް މިފެންނަނީ...ދުވަހަކުވެސް މިޔަ ވޯޓެއް އެމްޑީޕީ އަކަށް ނުލިބޭނެ.

  9. ީއިސްލާމް ދީން

    ކޮންމެސަރުކާރެއް އޮތަސް އިސްލާމް ދީނައް ކަމޭނުހިތާނަމަ އެސަރުކާރެއް ދެމިނޮއޮންންނާނެ ކަން ޔަގީން މިހާރު މިރާއްޖޭގަ އިސްލާމީ ށަރީއައް ނުހިނގާތީ ވަރައް ކަންބޮދުވެ ހިތާމަ ކުރަން

  10. އަލީ

    ރައީސް ޔާމިނަށް މި ގުރޫޕް ކުރި މަލާމާތް ހަނދާން އެބަހުރިބާ....ތިމަންނާމެންގެ ސަރުކާރެއްގާ އެއްވެސް މީހަކު ވަޒީފާއިން ވަތްކެއް ނުކުރާނަމޭ ކިޔާގެން ލެވި ހަޅޭތައް ކޮބާ؟.. ރައްޔިތުންގެ ކަރުބުޑުގަ ހިތިރަހަ ލާވަރަށް ޖެއްސުން ކުރަން މަސައްކަތް އަންނިއަށް ކުރެވޭނެ

  11. އަލީ އަކުބަރު

    ވަކި ކުރި ޕީޕީއެމް ކުއްޖާއަށް އިންޒާރު ދިނީ، އެރަށުގެ ލީޑިންޓީޗަރ އެމްޑީޕީގެ އެކްޓިވިސްޓް ކާފަގެ ކޮއްކޮ އަޝްރަފް އެވެ.

  12. ކުރީ

    މީ ކުރީ ސަރުކާގެ ސަބަބުން ވަކިކުރި މީހެއް!