މިދިޔަ ޑިސެމްބަރު މަސް ތެރޭގައި މަރާލި ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފު ކުރުވަން ފުލުހުން އަމިއްލަ ހަރަދުގައި މަސްތުވާތަކެތި ގެނެފައި ދިން ކަމަށް، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ގާތިލް އަދުހަމް މުހައްމަދު ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ގާސިމް މަރާލި މައްސަލައިގެ އަޑުއެހުމުގައި، އަދުހަމްއަށް ކުރާ ދައުވާ ސާފްކޮށްދިނުމަށް އޭނާ އެދެމުން، ދައުވާ އިއްވުމާއި އެކު، އެ ދަޢުވާ އަށް ޖަވާބުދެމުން އަދުހަމް ވަނީ މުޅި ދަޢުވާ އަށް އިންކާރު ކުރާ ކަމަށާއި، ޤާޞިމްގެ މަރަކީ އޭނާ އަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަަށް ބުނެފައެވެ.

"އިއްޒަތްތެރި ޤާޟީ. އަޅުގަނޑު މި ދަޢުވާ އަށް އިންކާރު ކުރަން. އަޅުގަނޑު ހައްޔަރު ކޮށްފަ އެންމެ ފުރަތަމަ ވެސް ގެންދިޔައީ، އަޅުގަނޑު ފޮރުވި މަސްތުވާ ތަކެތި ހޯދަން. އަޅުގަނޑު ގޮވައިގެން ގޮސް އެތަކެތި ނެގުމަށްފަހު، އަޅުގަނޑަށް އެ ބޭނުން ކުރަން ފުލުހުން މަޖުބޫރު ކުރި. 24 ގަޑި އިރު އަޅުގަނޑު ބައިދަނީ މަސްތުގެ ޙާލަތުގަ. ފުލުހުންގެ ޚަރަދުގައި ވެސް މަސްތުވާއެއްޗެހި ގަނެދީފަ އަޅުގަނޑަށް ބޯންދިން. މި ކޯޓުގައި ބޭއްވި ޝަރީޢަތުގައިވެސް އަޅުގަނޑަށް އެކަމަށް އެއްބަސް ވެވުނީ މަސްތުގެ ޙާލަތުގައި ހުރެ. އަޅުގަނޑަށް ހޭވެރިކަން އައީ އޭގެ ހަތަރު ދުވަސް ފަހުން. އެއީ ކަރެކްޝަންގެ ބެލުމުގެ ދަށަށް އަޅުގަނޑު ބަދަލު ކުރި ހިސާބުން. އަޅުގަނޑު ނޯންނާނެ ޤަސްތުގައި މީހަކު މަރާފައެއް. ޤާސިމްގެ މަރަކީ އަޅުގަނޑަށް އެނގިގެން ވީ ކަމެއް ނޫން. އެއީ އަޅުގަނޑު ދެނަހުރި ކަމެއްވެސް ނޫން." މިއަދުގެ ޝަރީޢަތުގައި އަދުހަމް ވަނީ އެ ދަޢުވާ އަށް އިންކާރުކޮށްފައެވެ.

އޭނާގެ މައްޗަށް މައްޗަށް ދަޢުލަތުން ކޮށްފައިވަނީ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވާތީ، އެކަން އަދުހަމްގެ މައްޗަށް ސާބިތު ކުރުމަށް ހެކި ހުށަހެޅުމުގެ ފުރުޞަތަކަށް ދަޢުވަލުގެ ވަކީލް ވަނީ އެދިފައެވެ.

އަދި މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޝަރީޢަތް ފަށަން ކަމަށްވެސް ދަޢުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މި މައްސަލަ ބައްލަވާ ޤާޟީ އިސްމާޢިލް ރަޝީދު ވިދާޅުވީ، ދަޢުވާ އަށް އަދުހަމް އިންކާރުކޮށްފައިވާތީ، މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

ގާސިމް މަރާލިކަމަށް އިއުތިރާފްވެ، އަދުހަމް މަޢާފަށް އެދިއްޖެ

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކިހިނެއިވީ

    ފުލުހުން އޭނަ މަރާލާފަ ކަލޭ ބޮލުގަ އަޅުވަނިއްޔޭ ބުނިނަމަ ތާހިރުވާނެނު. ހަމަސީދާ އަންނީގެ މޭރުމުން ތި ވާހަކަ ދައްކަނީ. ހަސަންލަތީފް ވަކާލާތު ނުކޮށްދޭތަ؟

    70
    1
  2. ޕަކާސް

    މާދަން ބުނެފާނެ ގާޒީ ވެސް ދިނޯ ހަހަހަަަހަަހަަަ?

    59
  3. އަނދުން

    ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި އިމްރާނުގެ މުންޑުވެސް ވެއްޓުނީ. އަވަހަށް އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ.

    31
    37
  4. ހުސޭނުބޭ

    ކަލޯ! ކަލޯ ގޮވައިގެން ގޮސްތަ މަސްތުވާ ތަކެތި ގަތީ! ތިކަހަލަ ނުބައި މީހުންނަށް އެންމެ ހައްޤުވެގެންވަނީ ﷲގެ ކޯފާ!

    66
    1
  5. މަލިކާ

    ކިހާބޮޑު އުރައްޕާތެއް

    33
  6. ޒާ

    ޤާޟީ ކިހާވަރެއްތޯ ނެގީ؟

    36
  7. ހަސަންކޮ

    ފުލުންނަކީ ތިޔަ ބުނާ ވަރުގެ ދަށުދަރަޖައިގެ ބައެއްނޫން. އެމީހުންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއް

    38
    10
  8. ހަސަންކޮ

    ގާތިލުން، ކުއްވެރިން ބުނާހާ އެއްޗެއް ގަބޫލު ކުރާނެ ބަޔަކު މި ގައުމުގައި ނޫޅޭ. ތިޔަށް ވުރެ ތާހިރުވާނެ ......................................!!! މިމީހުން މި ހީކުރަނީ މި މީހުން ދައްކާ ކޮންމެ ވާހަކައެއް އަހަރުމެން ގަބޫލު ކުރާނެ ކަމަށްތަ؟ ހަމަ ހެއެއް ނެތޭ،ނުކިޔާ..!!؟

    13
  9. ބަކުރު

    ގާތިލްހަދަނީހުސްދޮގު.ފުލުހުންގެއަބުރުކަތިލާފި{މަރަންމަރު.

    29
    1
  10. ވާނުވާ

    ތިކަމުގައި ދޮގުހަދަނީ ތެދުހަދަނީ ކާކުކަމެއް ކިހިނެއްތަ އެނގެނީ

    3
    12
  11. ކާކު

    ސުބުހާނަﷲ. މިއަދު ހުރީހަމަހޭގައިތަ.

    15
    1
  12. އަންނި

    ބުރާންތިވިއަސް ބޮޑު ވަރު،، ދެން ކިހިނެކޯ އެނގުނީ ކުރިން ތިކޯޓުގަ ކަލެޔަށް އެއްބަސް ވެވުނުކަން، ސިފައިން އަމިއްލަ ހަރަދުގަ އެއްޗެއް ގަނެފަ ދިންކަން، ހޭވެރިކަންވީމަ ހުރިހާކަމެއް ތިހާ ތަފްސީލުކޮއް އެގުނު ފަދައިން ކަލެޔައް މީހަކު މެެރުނުކަންވެސް އެގެންވާނެއެއްނު،

    12
  13. ދެބައިކުޅަ

    ކުރިންވެސް ކޮމެންޓުކުރިން ހަމަ މިހެންބުނެފައި. މީހުންމަރާމީހުން ވަގުތުން ވަގުތައް ސާބިތު ވީމަ އެވަގުތުން މަރާލަ. އެމީހުންގެ ހިތުން ބިރު ފިލާދިޔާމައި ދެން ނުވާނެ އެއްބަހެއް

  14. އެމްއެމް

    މިކަހަލަ މުޖުރިމުން ދައްކާ ވާހަކަ ގަބޫލު ކުރާނީ މޑޕ މީހުން. އެމީހުންނަށް ބާރު އޮތް ސަރުކާރެއް ވީމާ އެމީހުން ބޮލަަށް ތިކަން އަންނާތީ އެމީހުންނަށް ވެސް މިއަދު ނެތް ވާހަކަ ގަބޫލު ކުރެވޭކަށް. ޑިމޮކްރަސީ ނެޓްވޯކްގެ ކޮމިޝަނުން ވެސް އެހެން ނޫންނަމަ ޓްވީޓެއް ކޮށްދިނީސް