ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގައި ތަރައްޤީކޮށްފައިވާ ސީޕްލޭން ޓާމިނަލުން ބައެއް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދެނީ ސަރުކާރާއި މަޖިލީހުގެ ނުފޫޒު އޮވެގެން ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ފިނޭންސް މިނިސްޓްރީން ނިންމި ގޮތަށް ދެ އަހަރުގެ މުއްދަތަކަށް ސީޕްލޭން ޓާމިނަލްއުން ބައެއް، ޓީއެމްއޭ އަށް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީއިން ނިންމާފައި ވަނީ، 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށްފަހު، ޓާމިނަލް ބޭނުން ކުރާ އެހެން ކުންފުނިތަކުގެ ހިއްސާ މާކެޓްގައި މަސައްކަތްކުރާ މިންވަރަށް ބަލައި، މިވަގުތު އެފަރާތްތަކަށް ލިބިދީފައިވާ ލައުންޖްގެ އަދަދު ވެސް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށެވެ.

އެ ނިންމުން ފާސްކުރީ، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ނުވަ މެމްބަރުންގެ ތެރެއިން 7 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ ނިންމުމަށް ވޯޓު ނުދެއްވަނީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ.

އެ ނިންމުން ފާސްކުރަން ވޯޓުދެއްވީ، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދާއި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރަހިމް ޝަރީފް އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

އެ ކޮމިޓީގައި މެމްބަރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ޓީއެމްއޭ މައްސަލައިގައި ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް ޖިނާއީ ތަހުގީގެއް ކުރުމަށް ހުށަހަޅުއްވާފައެވެ.

އެހެންނަމަވެސް މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިނާޒް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް ހާޒިރުކުރުމަށް ފަހު ސުވާލު ނުކޮށް، އެ މައްސަލައިގެ ޖިނާޢީ ތަހުގީގެން ހިންގުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފާހަގަކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީގެ އެހެން މެމްބަރުންވެސް ވަނީ، މުގައްރިރުގެ އެ ވާހަކަތަކަށް ތާޢީދުކުރައްވާފައެވެ.

އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށްގެން ނަމަވެސް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން ސަރުކާރުން ނިންމާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް ވަނީ ރޭ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އަދި ރައީސް ނަޝީދުވެސް ވަނީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދޭން މަޖިލީހުގައި އެދިވަޑައިގަންނަވާފައެވެ.

މި މައްސަލައިގައި ރައީސް ނަޝީދުވެސް ހިމެނޭ ގޮތަށް ސަރުކާރާއި، މަޖިލީހުގެ ބައެއް މެމްބަރުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހުސޭނުބޭ

    ތި ކިޔާ މާލިއްޔަތު ކޮމިޓީއަކީ ރީނދޫ ކޮމިޓީއެއް! ކޮންމެ މީހަކަށް 5 މިލިއަން ޑޮލަރު ދިނީމާ އެކަން ދާދި ފަސޭހައިން ނިމޭނެ! އަހަރެމެން ދެނުނިން ޖީއެމްއާރަށް އެއަރޕޯޓު ދޭންވެގެން ހޭވި ހަޑިވެސް!

    48
    • ނަކް

      އެކަމުވެސް އޯކޭތާ ކުރިން އަދި ކުރީގެ ސަރުކާރުން 19000 އަކަފޫޓު އެއްކޮށްދޭންތާ އޮތީ މިހާރު އެންމެ ފުލޯލެއް އެބަހީ 5ހާސް ދޭކަށްނު އެ ނިންމީ..

      1
      2
  2. މީބަ

    ކޮންމެކަމެކަމަކަށް ނިމުންއަންނާނެ

    67
    2
  3. މ

    މިނިވަން މުއައްސަސާ ތަކަށް ބާރު ދެނި ތިގޮތަށްތޯ..ޢޭ ސީ ސީ ގެ ބާރު ކަނޑު ވާލާ ... ބޭނުން ގޮތެއް ތިޔަ ހަދަނީ...ތީތޯ ޒީރޯ ޓޮލެރެން ސަކީ

    46
  4. ާަލި

    މަވޯޓާވެސް އެންމެ ފަހުން ވިކުނީ....އޭ ސީ ސީ ގެ ބާރު ކަނޑުވާލަނީ....މަޖިލީހުގެ ތަޅުމުން ފާސް ކުރާ ކަމެއް ނޫނީ އަމަލު ކުރާކަށް ނުޖެހޭނެ... ތިޔަކުރީ ކަނޑުގައި ރޮނގު އެލުން ކަހަލަ ކަމެއް

    34
  5. ިވިސްނާށޭ ގައުމު

    ތިންބާރު އެކުވީމަ ވަގުންނައް ވަރައް ފަސޭހަވާނެ ދޮންކަޅުވެސް އަންގާނުލާ ވައްކަންކުރަން މިފެންނަނީ އެތަން ރައްޔެތުންނައް ވާނެފައިދާ އެއް މަންފާއެއްނެތް ވަގުންގެ އަންބޮޑި ބޮޑުވާތަން މިފެންނަނި

    31
  6. ސލ

    ވަރަށްބޮޑަށް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ބެލެވޭތީ ސަރުކާރުގެ ނުފޫޒުން ސަލާމަތްވެފައިވާ މިނިވަން
    ލޯފާމަކުން އަވަހަށް ތަހްގީގުކުރިއަށް ގެންދިއުމަށްސަރުކާރަށް
    ގޮވާލަމެވެ. ކޮރަޕްޝަނާއި ވައްކަން މިސަރުކާރުގެތެރޭގައި
    އިންތިހާއަށް ބޮޑުވެގެން މިދާ ދިއުމަކީ ކަންބޮޑުވާ ކަމެކެވެ.

    27
  7. ޢަލިބެ

    ދައުލަތައް ބޮޑު ގެއްލުމުގަ ސީޕްލޭން ޓާރމިނަލް ދޭން ނިންމައިފި.

    37
  8. ނަން

    ފާޅުގައި އެއޮތީ ޖަރީމާ ހިންގާފަ، މަޖީދީ މަގު ފިހާރައެއް ކުއްޔަށް ވެސް ތިވަރަކަށް ނުލިބޭ. 48ރ އަކަށް ފޫޓެއް. މިއަށް ކިޔަނީ ރޯމާ ދުވާލު ޤައުމު ލޫޓުވާލުން. ބަޔަކަށް ނާޖައިޒު ފައިދާ އެއް ނަގާ ދިނަސް ބޮޑުވަރު. ތި ތަނުން ކެފޭ، ލޮންޖު ދީގެން ތިއަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭނެ. ކީއްކުރާނީ. އެމްޑީޕީ ވަގުން ތި އޮތީ ތީގެން ކަޓް ނަގާފައި. ނަސީދު ނުނަގަމޭ ބުންޏަސް މި ފަހަރު ތި އޮތީ ސޯލިހް އާއެކު މިވައްކަމުގައި ބައިވެރިވެ ހަދިޔާގައި ހިފާފައެވެ. އެހެން ނޫނީ ތިހާ ކުޑަރޭޓަކަށް ތި ތަން ދިނުން އެއް ގޮތަކަށް ވެސް ހަމައެއް ނުޖެހެއެވެ.

    28
    1
  9. ގަބުޅިބާދަލާ

    ކޮބާ ނަންވާނީ ރައީސްޔާމީން ހެސްކިޔާފަ ކެވުނުވަރަކައް ލާރިކާލަނީ އެވެސް ބިލިއަނުން އޯގާތެރި ސަރުކާރު #ރައީސްޔާމީން ދޫކޮއްލާ

    28
    1
  10. މުހައްމަދު

    ބުނާނެ އެއްވެސް އެއްޗެއްނެތް
    ހަމަ ވިސްނެނީ ........................

    22
  11. ލޮލް

    މިދުވަސްވެސް ހިނގައިދާނެ.

    27
  12. ޔަގީނޭ

    ސީޕްލޭން ޓާމިނަލްގެ މައްސަލައަށް ސަރުކާރުން ދިން ހައްލަށް ކޮމިޓީން ތާއީދުކޮށްފި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ އަދި ރައްޔިތުން ވެސް ތިޔާ ކަމެއް ގަބޫލެއް ނުކުރާނެއޭ

    11
  13. ނުވާނެއޭ

    ސީޕްލޭން ޓާމިނަލްގެ މައްސަލައަށް ސަރުކާރުން ދިން ހައްލަށް ކޮމިޓީން ތާއީދުކޮށްފި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ އަދި ރައްޔިތުން ވެސް ތިޔާ ކަމެއް ގަބޫލެއް ނުކުރާނެއޭ 2 އަހަރު

  14. ޔޫސުފް

    އެމްޑީޕީ އިން ހުރިހާ ކަމެއްވެސް ނިންމާނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އެވެރިންގެ ޖީބަށް ފައިދާ ވާގޮތަށް
    މުޅި އެއަރޕޯޓު 67 މިލިޔަން ޑޮލްރަށް ވިއްކާލިބަޔަކު ތިކަން ކުރާކަށް ފަހަކަށް ނުޖެހޭނެކަމީ އިރުއަރާފައިވާ ފަތިހެއްވެސް ގަބޫލުކުރާނެ ކަމެއް

    10
  15. ކޮރަލް

    ހުރިހާ ކަމެއް މިނިންމަނީ މަޖްލީހުންނެވެ. ރައީސް ގެ ބޭނުމެއް ނެތެވެ.

  16. ހުސެން

    މިކަމާ ދެކޮޅަށް ދިވެހިން ނިކުންނާނެކަމާމެދު އެއްވެސް ޟައްކެއްނެތް،ސަރުކާރާއި މަޖުލީހަކަށް ދެނެއް ނޭވާހިފަހައްޓާނުލެވޭނެކަން ހަނދާންކުރާތި،ދައުލަތަށް ގެއްލުންވާގޮތަށް ކަންކަން ނިންމުމަކީ ދުވާޅުގެ އިރު ފަދައިން ކޮރަޕްޟަން،މިކަން ހުއްޓުވާނީ ރައްޔިތުން.ރައްޔިތުންނޭ މުޒާހަރާ އަށް ނިކުންނަވާ މިކަން ހުއްޓުވަމާ

    11
  17. ހަސަންބެ

    އަޖަލު ކުޑަތަންވެގެން އަންނައިރު ފެންނާނެ ހުރިހާ ކަމެއް މިފެންނަނީ.

  18. ލަލީ

    މައުމޫނަށް ގަންނަ ފުރޭތަ ކޮބައި؟

  19. މާރިޔާ

    ލާރި ގަނޑެއް ލިބުނީމަ ހިރިހާ އެއްޗެއްވެސް ފާސްވާނެ.