ދެކުނު ކޮރެއާ އިން އިތުރު 100 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިހާރު އެ ގެއުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 204 އަށް ވަނީ އަރާފައެވެ. އެހެންކަމުން ފާއިތުވެ 24 ގަޑިއިރު ތެރޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ގާތްގަނޑަކަށް ވަނީ ދެ ގުނައަށް އިތުުރުވެގެން ގޮސްފައެވެ.

އެންމެ ފަހުން އެ ގައުމުން އާއްމު ކުރި ތަފާސް ހިސާބުތައް ބުނާގޮތުގައި، 48 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 42 މީހަކު ޕޮޒިޓިވްވެފައި ވަނީ މި ވައިރަސް އެންމެ ބޮޑަށް އެ ގައުމުގައި ފެތުރެމުން އަންނަ ޑައިގު ސިޓީންނެވެ.

މީގެ އިތުރަށް ވެރިކަން ކުރާ ސިއޯލް ސިޓީ އާއި އިތުރު ދެ ޕްރޮވިންސްއަކާއި އިތުރު ސިޓީއެއްގައި ދަނީ ވައިރަސް ފެތުރެމުންނެވެ.

ކޮވިޑް 19 ޖެހިގެން ޗައިނާއިން އިން މަރުވި މީހުންގެ އަދަދު މިހާރު 2233 އަށް އަރާފައި ވާއިރު އިތުރު ހަތް ގައުމަކުން 11 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު