އިންޑިއާގެ ވެރި ރަށް ނިއުދިއްލީ ގައި1984 ވަނަ އަހަރު ހިނގި ފަދަ ހަމަނުޖެހުންތަކެއް ހިންގަން ފުރުސަތު ނުދެވޭނެ ކަމަށް ދިއްލީ ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ދިއްލީގައި ހިންގަމުންދާ ހަމަ ނުޖެހުން ތަކުގައި މަރުވި މީހުންގެ އާއިލާތަކާއި ދިއްލީގެ ސަރުކާރުން ވަކިވަކިން ބަދަލު ކުރުމަށް ވެސް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިންޑިއާގައި 1984 ވަނަ އަހަރު ހިންގި ލޭއޮހޮރުވުމެއްގައި އެގައުމުގެ ސިކުންގެ އެތައް ހާސް ބަޔަކު މަރާލިއިރު، ހަމައެކަނި ދިއްލީން 3000 ސިކުން މަރާލާފައި ވެއެވެ.

ހައިކޯޓުން ވަނީ ގެއްލުންވި އެންމެންނަށް ވަގުތުން އެހީތެރިވުމަށް އަންގާފައެވެ.

އަދި ހަމަނުޖެހުން ތަކުގައި ޒަހަމްވި މީހުންނާއި ފަރުވާތަކަށް ބޭނުންވާ މީހުންނަށް ޕްރައިވެޓް އެމްބިއުލާންސް ހަމަޖެެއްސުމަށްވެސް ސަރުކާރަށް ހައިކޯޓުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު