ކޮންމެހެން ބޭނުން ވެގެން ނޫނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ކޮންމެހެން ބޭނުން ވެގެން ނޫން ގޮތަކަށް މިދުވަސްވަރު ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި މިބައްޔަށް ބޭހެއް ލިބިފައެއް ނެތް. ވެކްސިނެއް ވެސް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުން. އެހެންކަމުން މިހާރު އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވެން ހުރި ކަންކަން ކުރުން ވަރަށް މުހިއްމު. އޭގެ ތެރޭގައި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމާއި، ގިނައިން އަތް ދޮވުމާއި، ކެއްސާއިރު ޓިޝޫއެއް ބޭނުން ކުރުން ފަދަ އާދައިގެ ކަންކަން ކުރެވިދާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި ޓިޝޫއެއް ނެތް ކަމަށް ވާނަމަ ކެއްސާއިރު އަތްތިލަ އަށާއި މީހުންނާއި ދިމާލަށް ނުކެއްސުމަށާއި، އެކަހެރި ވުމަށް ފަހު އަތުގެ އުޅަނބޮށްޓާއި ދިމާއަށް ވާގޮތަށް ގެއްސުމަށް އޭނާ އިރުޝާދުދެއްވިއެވެ.

ރާއްޖެއިން ބޭރުން އަންނަތާ 14 ދުވަސް ތެރޭގައި ބަލި ވެއްޖެ ނަމަ ގެއިން ނުނިކުތުމަށާ، ހޮސްޕިޓަލަށް ދާނަމަ މާސްކް އަޅައިގެން ދިއުމަށް ވެސް ޑރ.ނަޒްލާ އިރުޝާދު ދެއްވިއެވެ.

މި ވަގުތު ކޮވިޑް 19 ފެތުރެމުންދާ ޤައުމުތައް ބަދަލުވަމުން ދިއުމާއި އެކު، އެ ބަލިން ރައްކާތެރިވެ ތިބުމަށް ފަރުދީ ޒިންމާ ވަރަށް މުހިއްމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މި ބަލި ރާއްޖޭގައި އުޅެނީ ތަ؟؟؟؟؟؟؟؟

    10
  2. ބްރޯ

    ދިވެހިންގެ ވަރަށް ބޮޑުއާދައެއް ގަދަޔަށް ކެއްސާ ކިނބިހި އަޅާ މީހުން ޖަމާއަތަށް މިސްކިތަށް ގޮސް ނަމާދަށް ހުރެ އަނގަޔަ ނޭފަތް ނިވާނުކޮށް ކެއްސާކިބިހި އެޅުން . ދީނީ އިލްމުވެރިންގެ ފަރާތުންއެދަނީ އެފަދަ މީހާ ބަލިތަކުންއެހެން މީހުން ސަލަމަތް ކުރުމަށް ގޭގަ އެކަހެރިކޮށް ނަމަދު ކުރުމުން އެމީހާއަށް ލިބޭސަވާބުގެ ވާހަކަ ބަޔާންކޮށްދިނުން.

  3. ޢިލޮޅި

    މިޔޮތް ހުރިހާދުވަހު ނިދާފަ މިވަނީ ކީއްބާ؟ ޙުވަފެނެއްގަ ކޮ ރޯނާ ވީތަ؟

  4. އަލީ

    މަގު މައްޗަށް ކުޅު ޖެހުން ހުއްޓުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރަނީ އެއީ އޯކޭ ކަމަކަށް ވީމާ ބާ؟