ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފަޅާއެރުމުން އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

އިތުބާރު ހުރި ފަރާތަކުން "ވަގުތަށް" ކަށަވަރުކޮށްދެއްވިގޮތުގައި އޭސީސީން ބަލަމުން ގެންދަނީ ހެލްތުގެ ބިޑް ކޮމެޓީގެ ޗެއާއަކަށް ސިޔާސީ ބޭފުޅަކު އިންނަވައިގެން ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިންގާ މައްސަލައެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއާއަކީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ބިޑްކޮމެޓީއަށް އަންނަ ބައެއް ބިޑްތައް ބައެއް ފަރާތްތަކަށް އެވޯޑް ކުރުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ހިމެނެއެވެ.

މީގެއިތުރުންވެސް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ހެލްތުގެ ބިޑް ކޮމެޓީއަށްދާ ބައެއް ބިޑްތައް ކާމިޔާބުވާނެކަމަށް ބެލެވޭ ފަރާތްތަކަށްގުޅާ އެފަރާތްތަކާ ވާހަކަ ދައްކައިގެން އެފަރާތަކަށް ބިޑް ހޯދައިދޭނެކަމަށް ބުނެ އެފަދަ ފަރާތްތަކުގެ ކިބައިން ބޮޑެތި އަދަދުން ފައިސާނެގުމާއި ނާޖާއިޒް ފައިދާ ހޯދުމުގެ އަމަލުތައް ބިޑްކޮމެޓީގެ މެމްބަރުން ހިންގާކަމަށް ތުހުމަތު ކުރެވެއެވެ. އަދި މި ތުހުމަތުތައް އެންމެ ބޮޑަށް ކޮށްފައިވަނީވެސް ބިޑް ކޮމެޓީގެ ޗެއާ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދަށެވެ.

މި މައްސަލައާ ގުޅިގެން އޭސީސީގެ ބަހެއް ހޯދުމަށް އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލަށް "ވަގުތު" އިން ގުޅާލުމުން ފޯނު ނުނަންގަވާތީ އެ ކޮމިޝަނުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ރާމީ

    ތިކަހަލަ ކިތައްމެ މައްސަލަ އެއްވެސް އުޅޭނެ! މިސާލަަކަށް ހުޅުމާލޭ ގަ އަމިއްލަ ފަރާތަކުން ހެދި ސްކޫލް އެތަށްފަހަރަކު ރީބިޑް ކުރުން

    58
    • Anonymous

      ކޮބާ ޓމއ ގެ 143،،500 މިލިއަން ޑޮލަރުގެ މެގަ ހިޔާނާތް. ނަޝީދަށް ބޮޑު ތުހުމަތު އޮތީ.

      36
  2. ކިޔުންތެރިޔާ

    ދެންވެސް ނަންވާނީ ރައީސް ޔާމީން. މިހާރު އެނގި ފަހުމް އެބަވޭ އެމަނިކުފާނުގެ ކުޅަދާނަކަމާއި ހެޔޮފުޅުކަން. ލާދީނީ ބައިގަނޑު ތުހުމަތުކުރިފަދަ ވައްކަމެއް ކުރިނަމަ އޭރުގަ ގެނައި ތަރައްގީއެއް ނުގެނެވުނީސް. މިހާރު ތަރައްގީ ނުގެނެވިގެން މިއުޅެނީ ސަރުކާރުގެ ވުޒާރާތަކުން ހިތުހުރިގޮތަކަށް ލާރި ފަރިއްކުޅުއްވަން ދޫދީފައޮތީމަ. އަދިވެސް މިކަހަލަ އެތައް ކަމެއް ފެނިގެންދާނެ. ލާދީނީ ކުރީގެ ސަރުކާރުގަވެސް މިފަދަ ބޮޑެތި ވައްކަން. ވައްކަންކޮށް ސާބިތުވެފަތިބި މަރުމޯލުން މިހާރުވެސް މިނިސްޓްރީތަކުގަ.

    91
    6
  3. Anonymous

    ރ.ޔާމީން ނަންވާނީ. ހުދު ބޯކިރު ކޮޅެއްކަހަލަ ސަރުކާރެއް. މިކަހަލަ ކިތައްކަންތައްތޯ ކުރިއަށް އޮތްތާ؟

    81
    3
  4. ޜާނާޅި

    ޒީރޯޓޮލަރެންސް އޮތީ ހައްގުވާއެތިކޮޅުގައި ހިފަހަޢްޓައިގެން އެޖެންޑާ ދަށުންގޮސް ޖަޒީރާގައި!

    77
  5. Anonymous

    0000 ޓޮޓޮޓޮލަރެންސް.... ޕަކާސް

    61
  6. އަހްމަދު އަލީ

    ކޮބާތަ ތިޔަ ބުނާ ނިޝާމާގެ ފޮޓޯ؟

    44
  7. އައްމަޑޭ

    މި ހަބަރުގައި ފޮޓޯ ނުޖެހީމަ ވަރަށް ކަޑަ

    39
    1
  8. ހައްވާ ނާފިޒާ

    ޝުކުރިއްޔާ އިބޫ ސޯލިހު. ޒީރޯ ޓޮލަރެންސްޓް ކޮރަޕްޝަން

    58
    1
  9. ހަސީނާ

    މި ސަރުކާރުން ކޮރަޕްޝަނެއް ނުހިންގާނެ. ޒީރޯ ޓޮލަރެންސް ސަރުކާރެއް މިއީ

    55
  10. ބޮޑުވަޒީރު

    އެޖެންޑާ ގެ ކަންތަ އް ތަކާ ނުވުން ރަނގަޅުވާނީ، ކޮރަޕްޓު ނުވާ ސަރުކާރުގެ ވުޒާރާ އެއ އް ބުނެބަލަ

    47
  11. ޢަމން

    ތިވާނީ ޑު އަމީން އަޑީގަ ހުރެގެން ކުރާކަމެއްކަަމަށް. ޢެހެންނޫނަސް އަމީން ޒިންމަ ނަގަންޖެހޭނެ. ޢޭނަގެ އިހުމާލުން ވާކަންކަން...ބޮޑުތަނުން ފެއިލް އިސްތިއުފާ ދެއްވާ..

    29
    7
  12. ފާއިޒާ

    ވަގުން ވަގު.ލޮބުވެތި ރައްޔިތުންނޭ ގައުމު ކައި ހުސްކުރަނީ.ބާކީ 04 އަހަރު އޮށްވާ ޔާމީނުގެ ފަސް އަހަރު ޚިޔާނާތްވި ފައިސާއާ އެއްވަރަށް 01 އަހަރު ތެރޭ ފެނާ ނުލާމިއޮތް ދިރުވަނީ.މިވަރުންވެސް ކައުންސިލް ދޭންވީތޯ؟ނަމަ ނަމަ ވޯޓް ނުދޭތި.ދީފަ ފަހުން ހިތާމަ ނުކުރާތި.

    39
  13. ސިކަންދަރު

    ތިޔޮތީ ޒީރޯއިން ހީރޯއައް ވެފައި މިއީތޯ އެވިދާޅުވާ އެޖެންޓް 19ގެ ތަފާތު ކީއްތޯ ކުރާނީ މިޔޮއް ދުނިޔެއެއް ލަދު ގަންނަން މިޖެހެނީ ނިކަމެތި ރައްޔަތުން ވޯޓް ލެވުނީތީ ވޯޓްދެވުނީތީ

    34
    1
  14. މޯދީ

    ޢެމް. ޢެމް.ޕީ.އާރ.ސީ ގެ ހުރިހާ މައްސަލަތައް ރައީސް ޔާމީން އުފުއްލަވަން ޖެހެންޏާ ޒީރޯ ޓޮލެރެންސް އިބްރާހިމް ޖާހިލު ވެސް ތިކަމުގަ ޒިއްމާ އުފުލަން ޖެހޭނެ.

    18
  15. ނޯޓް

    ތިއީ ކުރިން ދާންދޫ ސިއްހީ މަރުކަޒުގެ ތަރުޖަމާނެއް. މިހާރު ޑެޕިއުޓީ މިނިސްޓަރު. މެންބަރު ޔައުގޫބް އަކީ ބޭބެ އެއް.

    12
  16. ހަސަން

    ކޮންޕާޓީގެ ކުއްޖެއް، އާފަތިހަށް ހަނދުވަރުދޭ ޕާޓީކުައްޖެއްތަ، ؟ ޅިޔަންކުއްޖަކަށްވެސް ވެދާނެ. އޭސީސީ އަށް ވޭލިއުމް ގުޅައެއް ދީފަ ނިންދަވާލީމަ 0 ޓޮލަރެންސް އަށްދާނެ.

  17. ސަރުދާރު

    ރާއްޖޭގެ ޞިއްޙީ ނިޒާމު މިދަނީ ދަށަށް. ގާބިލްކަމެއް ނެތް ބަޔަކު ނިޒާމުގެ ތެރެއަށް ނެރެގެން ރައްޔިތުން ހަނާވަނީ. ވަޒީފާތައް ދެނީ އާއިލާ މީހުންނަށް. ތަޢުލީމަކަށް ނުބަލަ. އެމްޑީޕީ މީހުން ޤަބޫލެއްނުކުރާނެ. ފަހުން ...ފަހުން ... ވާނޭ ކިޔައިގެން އެ ހިފަހައްޓަނީ.

    11
  18. ލިއުޝާ

    އެޖެންޑާ-19 ތަފާތުވާނެ. މިއުޅޭ ކޮވިޑް-19 ވައިރަސް ނުވާނެ ހުވަދަކަށްވެސް އެޖެންޑާ-19 ވައިރަސް ކައިރި މާ ނުރައްކާވެފަ ލިބޭ ގެއްލުންބޮޑުވާނެ.

    11
  19. ލިއުޝާ

    0 ޓޮޮލަރެންސް ސަރުކާރު ނުކުރާނެ ތިކަހަލަކަމެއް ތިވާނީ ތަރައްގީގެ ބާނީ ރައީސް ޔާމިނު ކަމަކަށް.

  20. އަލީ ރަސީދު

    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.
    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.
    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.
    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.
    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.
    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.
    ވަގު ސަރުކާރު، ބޮޑެތި ވަގުން އައިސް އަޅުގަނޑު މެންގެ ލާރިކޮޅު ދޮވެލަނީ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިބަލާވެރިކަން ސަރުކާރުން އަޅުގަނޑުމެން ސަލާމަތްކުރައްވާފާނދޭވެ. އާމީން.

  21. ދެރަކަމެއް

    ހެލްތު މިނިސްތްރީގަ ހުރިހާ ކޮރަޕްޝަނެއްގެ އަޑީގާ ހުރީ ސިވިލް ސަރވިސްގެ އިސް މުވައްޒަފެއްކަން ވަރަށް އަވަހަށް ފަޅާއަރާނެ

    5
    3
  22. ފެނޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

  23. މިހާރު

    ތިތަނަށް ބިޑެއްލައިފިއްޔާ އެންމެންނާ ގުޅާގެން ބަލާ ކިހާވަރެއްތޯ ދޭނީ. ވަރަށް ޒީރޯ ޓޮލެރެންސް މިހުރިހާ ކަމެއް މިދަނީ. މިދުވަސްވެސް މިފެނުނީ. މިހުރިޙާ ދުވަހު ދެއްކި ވާހަކަތައް ޤަބޫލްކުރީ ވެރިކަން މަޖުލިސް ދީފިން. ދެން މަވާ ސަލާން.

    5
    1
  24. ކަދުރު

    ކޮމެންޓް ކޮށްފަހުރި ގިނަބަޔަކައް ޒީރޯ ޓޮލަރެންސް އެނގޭބާއޭ ހިތައްއަރާ. މަށަކ ކީ ޕޕމ ސަޕޯޓަރެއް އެހެންވެ ހަމަ ބުނެލީ.

    5
    2
  25. ހުސެން

    -/444

  26. އަޒާ

    ވައްކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޒީރޯ ޓޮލަރެންސް ގައި މެކުހަށް.

  27. ސަލީމް

    ކޮބާ އަދި ހަންނާނާ އޭނަގެ ބަޔޯ މެޑިކަލް ޓީމު ތަކުގެ ކަރަޕްޝަން؟

  28. ޒާހިދާ

    ނިޝާމާ މުޙައްމަދަކީ މިނިސްޓްރީގައި ތިބި ސިޔާސީ މީހުންގެ ތެރެއިން އެންމެ ރަނގަޅު އެކަކު.. ތީ އޭނައާއި ޒާތީވެގެން ބަޔަކު ކޮށްގެން އުޅޭކަމެއް.. ޒަމާނުއްސުރެ ތިތާގައި އޮތް ކޮރަޕްޝަން ނައްތާލަށް އުޅޭތީ ބަޔަކު ވަރަށް ބޮޑަށް ޒާތީވެފަ ތި އޮތީ.. މި ކޮމެންޓް ޖަހާލަ ދޭތީ ވަގުތު ޓީމު.. ހަމައެކަނި ސަރުކާރަށް ތާއީދުނު ކުރާ ކޮމެންޓް ލިޔުނަސް ކަމަކު ނުދާނެ

    1
    1
  29. ބްރޯ

    މި ސަރުކާރަކިީ ހިންނަވަރުގެ ގަސްގަހަށް ނިދަން އަރަތި ބޭ ކުކުޅު ގެއްލޭހެން ދަވްލަތުގެ 32 ބިލިއަނަ 1.7 ބިލިއަންވެސް ވަނި ވިގޮތެއްނެގި ގެއްލިފަާ ވީމާ ހެލްތުގަ ކަރެޕްޓް ހުރުމަކީ ގޯހެއްތަ؟

    1
    1
  30. ޢެތެރެ ކަލޯ

    ތިތާގަ ކުރިންވެސް އޮތީ ތިކަން. ބޭރުން ޑޮކްޓަރުންނާ ނަރުހުން ގެނައުމުގަވެސް ކޮރަޕްޝަން. ތިތާގަ ހުރިހާ ދިމާލެއްގަ ސިވިލް ހެޑުންނަށްތިބި މީހުން ތިކަން ކުރަމުންދަނީ. އެކަމަށް ފުރުސަތު ނުލިބޭހެން ހީވާނަމަ އެބައެއްގެ ދުވަސް ދުއްވައިގެންވެސް ތިކަންތައް ކުރާނެ. ތީނަ ބޭރުކުރަން ތިއުޅެނީވެސް ބޭނުންގޮތަށް ކަންތައް ނުކުރެޥޭތީ.

  31. ތުނިޔަ

    ދައުލަތް ދަވާލައިފި ކުރިޔަށްއޮތްދުވަސްތައް ރައްޔަތުންބިކަވާނެ ކުރިޔަށްއޮތްތަނުގައި ރަށްޔަތުންމިކަމަށްވިސްނަވާނެކަމަށްއުނއްމީދުކުރަން

  32. ތުނިޔަ

    ދައުލަތް ދަވާލައިފި ކުރިޔަށްއޮތްދުވަސްތަކުގައި
    ރައްޔަތުންބިކަވާނެ ކުރިޔަށްއޮތްތަނުގައި ރަށްޔަތުންމިކަމަށްވިސްނަވާނެކަމަށްއުނއްމީދުކުރަން