އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ނޮދަން އަޔަލޭންޑުން ވެސް ކޮވިޑް-19 ފެނިއްޖެއެވެ.

ނޮދަން އަޔަލޭންޑްގެ ޕަބްލިކް ހެލްތު އެޖެންސީ އިން ދެންމެ "ރޮއިޓާސް" އަށް ކަށަވަރު ކޮށްދިން ގޮތުގައި އެގައުމުން ވަނީ ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނިފައެވެ.

ނޮދަން އަޔަލޭންޑުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީވިލާތުން އެގައުމަށް އެތެރެވި މީހެކެވެ.

ނޮދަން އަޔަލޭންޑްގެ ޕަބްލިކް ހެލްތު އެޖެންސީން ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ނޮދަން އަޔަލޭންޑްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ފެނުނު ނަމަވެސް އެގައުމުގެ ބޮޑު އާބާދީއަކަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު އަދި އޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

އިޓަލީވިލާތުން ކޮވިޑް-19 ފެނި، ޔޫރަޕްގެ ގިނަ ގައުމުތަކަށް މިހާރު ފެތުރިފައި ވާއިރު ކުރިއަށް އޮތް ދެހަފްތާ ދުވަސް ތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކުން އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނެކް

    އަދިވެސް އިޓަލީވިލާތުން މީހުން އައުން ހުއްޓުވާ ކައްނުވޭތޯ