އަޒަރުބައިޖާން އިން ކޮވިޑް19 ފެނިއްޖެ އެވެ.

އަޒަރުބައިޖާން ކޮވިޑް 19 ފެނިފައިވާކަން އެގައުމުން ކަށަވަރުކޮށްދިން ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގެއެވެ.

މިއަދު ފަސް ގައުމުން ކޮވިޑް 19 ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އަޒަރުބައިޖާން، ބެލަރުސް، ލިތުއާނިއާ، ނިއުޒިލޭންޑް އަދި ނައިޖީރިއާ ހިމެނެެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ބުނެފައިވާގޮތުގައި، ކޮވިޑް-19 އެއްވެސް ގައުމަކުން ނުފެންނާނެ ކަމަށް ހީކުރުމަކީ ގޯހެކެވެ.

އެ ޖަމިއްޔާއިން ބުނާގޮތުގައި، ކޮވިޑް-19 ދުނިޔެއަށް ފެތުރިގެން ހިނގައިދާނެއެވެ. ނަމަވެސް އެކަން ކޮންޓްރޯކް ކުރަން ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އެޅެމުން ދާނަމަ ބަލި ކޮންޓްރޯލް ކުރުން އެއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.

ކޮވިޑް 19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޗައިނާއިންނެވެ. އަދި ދެވެނަައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އީރާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު