ގަތަރުން ކޮވިޑް-19 ވައިރަސް ފެނިއްޖެއެވެ.

އެ ގައުމުން ވައިރަސް ފެނިފައިވާކަން ހާމަކޮށްފައި ވަނީ ގަތަރުގެ ހެލްތު މިނިސްޓްރީ އިންނެވެ.

ހެލްތު މިނިސްޓްރީ އާއި ހަވާލާދީ ގަތަރު ސަރުކާރުގެ ޓީވީ އިން ބުނެފައި ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށާއި އަދި އޭނާ އަކީ އިރާނުގައި ވައިރަސް ފެތުރެން ފެށުމުން ގަތަރަށް ގެނައި މީހެއް ކަމަށެވެ.

ޗާޓަރު ފްލައިޓެއްގައި އިރާނުގައި ތިބި ގަތަރު ރައްޔިތުން އެނބުރި ގައުމަށް ގެނެސް ކަރަންޓީނު ކުރަމުން ގެންދާއިރު މިއަދު ޕޮސިޓިވް ވި މީހާގެ ހާލުވެސް ދެނަގަނެފައި ވަނީ ކަރަންޓީނު މަރުކަޒުންނެވެ.

ކިޔުންތެރިންގެ ހިޔާލު