ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ފަސް ރިސޯޓަކުން ނެގި ސާމްޕަލްތައް ނައްސި (ނެގެޓިވް)ވެއްޖެއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ދި ސްޓޭންޑަރޑް ހުރަވަޅި މޯލްޑިވްސް ރިސޯޓުންނާއި، ދި ރެޒިޑެންޓް މޯލްޑިވްސް އެޓް ދިގުރަށުންނާއި ތާޖް އެގްޒޯޓިކާ ރިސޯޓުންނާއި، ލަކްސް ނޯތް މާލެ އެޓޯލް ރިސޯޓު އަދި ފިލިތެޔޮ އަލެންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނައްސިވެފައި ވާ ކަމަށެވެ.

އަދި މިހާރު އެރަށްތައް މޮނީޓަރިންގ ހާލަތުން ނެގިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅު ނުވެ ތިބީ ދެ ދިވެހިންނެވެ. އަދި ފައްސިވި އަނެއް ދެ މީހުންވީ ރާއްޖެއިން ބޭރުގައެވެ. އެ މީހުން ފައްސިވިކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    އަލްހަމްދު ލިﷲ

  2. އައްޑޫމީހާ

    ކޮބާ އައްޑޫސިޓީ ހިތަދޫ އިން ކޮވިިޑްއަށް ޝައްކުވާ ޢަލާމާތްތަކެއްހުރި އިންޑިއާގެ ކޮޗިނުން އައި މީހާގެ ގައިން ނެގި ކަމަށް އަޑުފެތުރިފައިވާ ސާމްޕަލްގެ ނަތީއްޖާ

  3. ޏަމްޏަމް

    ނަސީބެއް!