ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 124 މަރުވެއްޖެއެވެ.

އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3160 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 2875 މީހަކު ވަނީ މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ، 50468 އަށް އަރާފައެވެ.

އީރާނުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 3956 މީހެއްގެ ހާލު ސީރިއަސް އެވެ.

އެ ގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 16711 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ދުނިޔޭގެ 203 ސަަރަހައްދަކަށް ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން މިހާތަަނަށް އެންމެ ގިނަބަޔަކު މަރުވަމުންދާ އެއް ގައުމުގެ ތެރޭގައި އީރާން ހިމެނެއެވެ. އެ ގައުމުން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެއެވެ.

މިހާރު މުޅި ދުނިޔެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދަކީ 951,754 އެވެ. މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 48,319 އެވެ. މި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 202,886 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު