ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 621 މީހަކު މަރުވެއްޖެއެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ، 4932 އަށް އަރާފައެވެ.

މިއީ އެ ގައުމުން އެއް ދުވަހެއްގެ ތެރޭގައި ތިން ވަނައަށް އެންމެ ގިނަބަޔަކު މަރުވި ފަހަރެެވެ.

އެ ގައުމުން އިތުރު 5903 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، މިއީ އެގައުމުން އެއް ދުވަހެއްގެ ތެރޭގައި މިހާ ވަރަށް ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ. އެ ގައުމުން ދެވަނަ ގިނަބަޔަކު ފައްސިވެފައި ވަނީ އޭޕްރިލް 3 ގައެވެ. އެ ދުވަހު 4450 މީހަކު ވަނީ ފައްސިވެފައެވެ.

އެ ގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 47807 އަށް އަރާފައެވެ.

އަދި ފައްސިވި މީހުންގެ ތެރެއިން 1559 މީހެއްގެ ހާލު ސީރިއަސްސިއިރު، މި ބަލި ޖެހުނު 135 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިހާރު ދުނިޔޭގެ 208 ސަރަހައްދުން ކޮވިޑް-19ވަނީ ފެނިފައެވެ. އަދި މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 1,236,472 އަށް އަރާފައެވެ. އަދި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 67,237އަށް އަރާފައިވާއިރު، ބަލި ޖެހުނު 255,615 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު