ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ 1255 މީހަކު މަރުވެއްޖެއެވެ. އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު ވަނީ އާދީއްތަ ދުވަހު މަރުވި މީހުންގެ އަދަދަށް ވުރެ އިތުރު ވެފައެވެ. އިއްޔެ އަކީ ދެވަނަ އަށް އެންމެ ގިނަ މީހުން އެމެރިކާ އިން މަރުވި ދުވަހެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާ އިން އެންމެ ގިނަ މީހުން މިހާތަނަށް މަރުވީ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހު 1330 މީހުން މަރުވިއެވެ. އާދީއްތަ ދުވަހު މަރުވީ 1165 މީހުންނެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފައެވެ. 30331 މީހަކު އެމެރިކާ އިން ފައްސިވިއެވެ. އާދީއްތަ ދުވަހު ފައްސިވީ 25316 މީހުންނެވެ.

އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 367385 އަށް އަރާފައެވެ. އޭގެ ތެރެއިން 10876 މީހުން ވަނީ މަރުވެފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 19671 މީހުންނެވެ.

އަދިވެސް އެންމެ ހާލަތު ގޯސް ސިޓީއަކީ ނިއުޔޯކެވެ. ނިއުޔޯކުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 131916 އަށް އަރާފައެވެ. އޭގެ ތެރެއިން 4758 މީހުން ވަނީ މަރުވެފައެވެ. ދެން އެންމެ ހާލަތު ގޯސްވެފައިވާ ނިއުޖާޒީން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1003 އަށް އަރާފައެވެ. ނިއުޖާޒީން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 41090 އަށް އަރާފައެވެ. މިޝިގަން އިން 17221 މީހުންނަށް ބަލި ޖެހިފައި ވާއިރު 727 މީހަކު ވަނީ މަރުވެފައެވެ.

މެލޭރިއާ ޖެހޭ މީހުންނަށް ދިނުމަށް ބޭނުން ކުރާ ބޭހެއް ކޮވިޑް-19 ޖެހޭ މީހުންނަށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްްޕާއި ވައިޓްހައުސްގެ އޮފިޝަލުން މިހާރު ގެންދަނީ ބާރު އަޅަމުންނެވެ. ނަމަވެސް އިތުރު ދިރާސާތައް ކުރުމެއް ނެތި އެބޭސް ދިނުމަށް ވައިޓްހައުސްގެ ޓާސްކްފޯސްގައި ހިމެނޭ އެންމެ އިސް ޑޮކްޓަރު ފޫޗީ ދެކޮޅު ހަދަމުން ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނިކ

    ﷲއައް ސު ކުރުކުރަން