ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމެވީ ބޮޑުވަޒީރު ޝިންޒޯ އަބޭއެވެ. އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ ބޭއްވި ޓާސްކް ފޯސް މީޓިންގ ތެރެއިންނެވެ.

ޖަޕާނުގައި މި އަހަރުގެ ކުރީކޮޅު ވަައިރަސް ފެތުރެން ފަށައި، ކުޑަ ދުވަސްކޮޅަކަށް ވައިރަސް ކޮންޓްރޯލް ވެފައި އޮތް ނަމަވެސް މިހާރު އަނެއްކާވެސް ވަައިރަސް އެ ގައުމުގައި ދަނީ ފެތުރެމުންނެވެ.

ޓޯކިއޯ ހިމެނޭ ގޮތަށް އެ ގައުމުގެ ހަތް ސަރަަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މެއި 6 ވަނަ ދުވަހާއި ހަމައަށެވެ. އެއީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ހިސާބުތައް ކަަމަށް ވެއެވެ.

އެގައުމުގައި މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ނަމަވެސް ސުޕަ މާކެޓްއާއި އާންމު ދަތުރުފަތުރުގެ ހިދުމަތް ދެވެމުން އަންނާނެއެވެ. އެހެން ނަމަވެސް އެ ގައުމުން ރައްޔިތުންނަށް ވަނީ ބޭކާރުގޮތުގައި ދަތުރު ކުރުން ހުއްޓާލައި ގޭތެރޭގައި ތިބުމަށް ގޮވާލާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން ބަލި ފެތުރިފައިވާ ގައުމުތަކުން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. ޖަޕާނުން މި ބަލި ޖެހިގެން މިހާތަނަށް 92 މީހަކު މަރުވެފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 3,906 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޖަޕާންވެސް މިފަހަރު މިއޮތީ މަކަރު ހަދާފައި ކިތައްމެ ދުވަހެއް ބަލިފެތުރޭތާ. އޮލިމްޕިކް ނުބޭއްވިދާނެތީ ސިއްރު ކޮށްގެން ތިބީ. ނުބާއްވާ ގޮތަށް ހަމަ ޖެއްސީމަ ދެންމިހާރު މިކިޔަނޫ.