ޖޯލި މޯލްޑިވްސް ރިސޯޓާއި ރ.ބޮޑުފުށި ރިސޯޓްގައި އުޅުމަށް ފަހު ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހަކީ އެދެރިސޯޓް ހިންގާ ކުންފުނީގެ މުވައްޒަފެއް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ތުރުކީވިލާތުގެ މީހެކެވެ. އޭނާ ފައްސިވީ ތުރުކީވިލާތައް ގޮސް ޓެސްޓްތަކެއް ހެދިއިރުއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫހް އަޒީޒް ވިދާޅުވީ އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އޭނާއާ ގުޅުން ހުރި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި މި ވަގުތަށް ބަންދުކޮށްފައިވާ ކަން ގެލްތު ޕްރޮޓެކްޝަން އެޖެންސީ އިއުލާން ކުރީ މިއަދު މެންދުރު ފަހުއެވެ.

ސިއްހަތާއި ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ގެ ވައިރަސްގެ އަސަރު ހަށިގަނޑަށް ކުރާތާ ދެދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އޭނާގެ ގައިން އަލާމާތްތައް ފެންނާނެއެވެ. އެހެންކަމުން ތުރުކީވިލާތައް ދިޔަފަހުން ކޮވިޑް-19 އަށް ފައްސިވި މީހާއަށް ކޮވިޑް-19 ޖެހިފައި ވަނީ އެގައުމުން ކަމަށްވުމުގެ ފުރުސަތު ވެސް ބޮޑެވެ.

ތުރުކީ އަކީ މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ އެއްގައުމެވެ. ތުރުކީވިލާތުން 30217 މީހަކު ވަނީ މިހާރު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 649 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ތުރުކީވިލާތުން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސިމް

    ކުރެއްދޫ އަށް 28 ދުވަސް ޖެހިކަމައް ބުނި މިރޭ... 28ދުވަސް ގުނާ ދުވަސް ހޯދާދީބަ..... އެންމެ ފަހު ގެސްޓު މީހާ ކުރެއްދޫގަ ހުރެފަ ދިއައީ 24ދުވަސް ހޭދަ ކުރުމައް ފަހު... ދެން ޕޮޒިޓިވްވި މީހުން މިހާރު އުޅެނީ ކުރެއްދޫގަ 2ނެގެޓިވް ވެގެން އައިސް އެމީހުންނައް ވެސް މިހާރު ޱުމްލަ 28ދުވަސް ވެއްޖެ... 14ދުވަސް ކޮއްފަ 2ނެގެޓިވް ވެގެން މާޗް 20ގެ ކުރިން އައިސި... އެހެން ވެގެން 28 ދުވަސް ގުނާގޮތް ހޯދާދީބަ... 6މާރިޗް ފަހުން ކެއްދޫ ލޮކްޑައުންގަ... މިކަން ކޮއްދީބަ....

    2
    1