ކޮވިޑް-19 ޖެހިގެން ސޯމާލިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އެގައުމުނަ މިހާތަނަށް ކޮވިޑް-19 އަށް 12 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. އޭގެތެރެއިން އެކަކު މި ބައްޔަށް ފައްސިވެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ.

ސޯމާލިއާ ސަރުކާރުގެ ތަރުޖަމާން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވީ 58 އަހަރުގެ ސޯމާލިއާ ފިރިހެނެއް ކަމަށާއި އޭނާ އަކީ ފާއިތުވި ތިން އަހަރު ދުވަސް ތެރޭގައި އެއްވެސް އިތުރު ގައުމަކަށް ދަތުރު ކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރު ހަސަން ހުސައިން ވަނީ އޭޕްރީލް 01 ވަނަ ދުވަހު ލަންޑަންގައި އަވަހާރަ ވެފައެވެ.

ކޮވިޑް-19 ޖެހިގެން ސޯމާލިއާގައި މީހަކު މަރުވެފައި ވާއިރު، އަދި އެގައުމުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރެމުން ދާއިރު މިއީ މިހާރު ސިއްހީ އެހީތެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަށީގެންވާ ވަސީލަތްތަކެއް ނެތް ސޯމާލިއާގައި ބަލި ފެތުރުން ހަލުވި ވެއްޖެނަމަ އެތައް ސަތޭކަ ބަޔަކު މަރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު