މެލޭޝިއާއިން ދިވެއްސަކު ކޮވިޑް-19އަށް ފައްސި (ޕޮޒިޓިވް)ވެއްޖެ އެވެ.

މެލޭޝިއާ ސަރުކާރުން ކޮވިޑް-19 މިއަދު ފައްސިވިކަމަށް އާއްމު ކުރި 26 ގައުމެއްގެ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭ އެމްބަސީއިން ވިދާޅުވީ، އެ ގައުމުގެ ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ދިވެއްސަކު ފައްސިވެފައިވާ ކަމަށް ބުނެފައިވާތީ އެކަން އިތުރަށް ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 19 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

މެލޭޝިއާގެ މި ކޭސްއާއެކު ރާއްޖެއިން ބޭރުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ފަހަކަށް ވަނީ އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޭރުގަ ދިވެހިން ހާލުގަ

    ކޮންމެހެން ބަލާނެ ކަމެއްނެތް، ދިވެހިންނަށް ކޮންމެ ކަމެއްވިޔަސް މިސަރުކާރަކުން އަޅައެއް ނުލާނެ، ބޭރު ގައުމު ތަކުގަ ތިބި ދިވެހިން ގެންނަނީ އޭ ކިޔާފަ ޕާރޓީ ކުދިން ކޮޅު ގެނައީމަ ނިމުނީ، ރައީސް ވެސް ހުންނަނީ ހަމަ އެގޮތުގަ!

    62
    37
    • ބޭރުގަ ދިވެހިން ހާލުގަ ޖެހުނީ ކީއްވެ؟

      ރާއްޖެ ނުގެނައިއްޔޭ ކިޔާފަ ވޭތަ ގެއިން ބޭރުގަ ތެޅި ފޮޅެން... ގޭގަ މަޑުން ތިބޭނަމަ މާތް ﷲ ގެ އިރާދަފުޅުން މިބަލިން ރައްކާތެރިވެވޭނެ.. އެހެން ނޫނަސް އިއްޔެއަކު މިއަދަކު ނޫން ދޯ މި ބައްޔެއް ފެތުރިގެން މިއުޅެނީ.. ތި ތަންތަނުގަ ކޮލެޖުތަކާ ސްކޫލުތައް ބަންދުކޮށްފި ދޯ ބަލި ފެތުރެން ފަށާއިރަށް.. އޭރަކު އަދި އެއަރޕޯޓްތައް ބަންދެއް ނުކުރޭ... ތިހާ އަންނަން ބޭނުންވެފަ ތިބިނަމަ އޭރުގަ އައިސްއެއްނު ހުރީހީ.. ދެން މިހާރު ސަރުކާރުން ނުގެނައިއްޔޭ ކިޔާފަ ކޮންމެހެން ވާހަކަ ދައްކާކަށެއް.. ފަރުދީ ޒިންމާ ނަގަން ދަސްކޮށްބަލަ... ސަރުކާރުންތަ ވީ ރައްޔިތުން ފެންވަރުވާ ފުއްޖަހާދީ ސެންޓުޖަހާދީ ހަދަން؟ ކޮންމެ މީހެއްގެވެސް އޮންނާނެ ކޮންމެވެސްކަހަލަ ޒިންމާއެއް... އެ ނަގަން ފުރަތަމަ ދިވެހިން ދަސްކުރަންވީ.. އެއަށްފަހު ސަރުކާރޭ ކިޔާ..

      4
      3
      • ކައުންސެލަރ

        ކިހާވަރަކަށް ދަވާލައިގެން ތިއުޅެނީ، ބޭރުގައުމުތަކުގަ ދަންނަމީހުންނެތި ދިވެހިން އުޅޭހާލެއްނޭނގޭނެ ، ކޮންމެހެން މާވަރު އަރުވާލާފަ އުޅޭނެ ކަމެއްނެތް ދިވެހިނިކަމެތިމީހާގެ ބޮލަށް ކަންތައް ބިންދާލަން.

        1
        2
  2. ޭއެތެރޭގައި ބައެއް ދިވެހިން

    ސަރުކާރުން އަޅާނުލާތީތަ ކޮފީގަނެގެން ގޮސް ބައިހަދާފަ އެތިބެނީ. ސަރުކާރުން އަޅާނުލާތީތަ ބައިހަދާފަ ފޮނިކަނޑަން ބޭރުގަ އެ ތެޅި ބާލަނީ. އަޅާލަންވީ ކޮން ގޮތަކަށްބާ. ?

    2
    1
  3. ދޮޅުރޯނާ 19

    ރީދުލުގައި މަކަރުޖަހައިގެން ޒިރޯޓޮލަރެންސް ވާން އެގޭނެ!

    6
    1
  4. ހަސަނު ގޯތި މަރިޔަނބު

    ކޮވިޑް19 އަށް އަލަށް ފައްސި ވީ ދިވެހި ބޭފުޅާއާއި މި ބަލި ތަހައްމަލް ކުރަމުންދާ ހުރިހާ ދިވެހިންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާނދޭވެ. އާމީން!

    16
  5. ކ

    މިސަރުކާރުން ދިވެހިރައްޔިތުން ވަރަށް އޯގާތެރި ކަމާއެކު ކަންތަށް ތަށް ކޮއްދޭ ކަން ފާހަގަ ކޮށް ޝުކުރު އަދާކުރަން

    4
    10
  6. ބޭރުގަ ދިވެހިން ހާލުގަ ޖެހުނީ ކީއްވެ؟

    ރާއްޖެ ނުގެނައިއްޔޭ ކިޔާފަ ވޭތަ ގެއިން ބޭރުގަ ތެޅި ފޮޅެން... ގޭގަ މަޑުން ތިބޭނަމަ މާތް ﷲ ގެ އިރާދަފުޅުން މިބަލިން ރައްކާތެރިވެވޭނެ.. އެހެން ނޫނަސް އިއްޔެއަކު މިއަދަކު ނޫން ދޯ މި ބައްޔެއް ފެތުރިގެން މިއުޅެނީ.. ތި ތަންތަނުގަ ކޮލެޖުތަކާ ސްކޫލުތައް ބަންދުކޮށްފި ދޯ ބަލި ފެތުރެން ފަށާއިރަށް.. އޭރަކު އަދި އެއަރޕޯޓްތައް ބަންދެއް ނުކުރޭ... ތިހާ އަންނަން ބޭނުންވެފަ ތިބިނަމަ އޭރުގަ އައިސްއެއްނު ހުރީހީ.. ދެން މިހާރު ސަރުކާރުން ނުގެނައިއްޔޭ ކިޔާފަ ކޮންމެހެން ވާހަކަ ދައްކާކަށެއް.. ފަރުދީ ޒިންމާ ނަގަން ދަސްކޮށްބަލަ... ސަރުކާރުންތަ ވީ ރައްޔިތުން ފެންވަރުވާ ފުއްޖަހާދީ ސެންޓުޖަހާދީ ހަދަން؟ ކޮންމެ މީހެއްގެވެސް އޮންނާނެ ކޮންމެވެސްކަހަލަ ޒިންމާއެއް... އެ ނަގަން ފުރަތަމަ ދިވެހިން ދަސްކުރަންވީ.. އެއަށްފަހު ސަރުކާރޭ ކިޔާ..

    1
    2
  7. Anonymous

    އޮށްނެތް ބަރަބޮލެއް ވެެިއަކައް ބެހެއްޓީމަ ވާނެ ހައެތި ވެ ނިމުނީ

    7
    2