މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ނެދަލޭންޑާއި، ސްވެޑަން އިން ގިނަބަޔަކު މަރުއްޖެ އެވެ.

މި ވައިރަސް ޖެހިގެން ނެދަލޭންޑުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަރުވެފައި ވަނީ 148 މީހުންނެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2396 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 1213 މީހަކު މި ވައިރަސްއަށް ވަނީ ފައްސި (ޕޮޒިޓިވް)ވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 21762 އަށް އަރާފައެވެ. އެ ގައުމުން މި ބަލި ޖެހުނު 1424 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 250 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ސްވެެޑެންއަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން މި ވައިރަސް ޖެހިގެން އިތުރު 106 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 793 އަށް ވަނީ އަރާފައެވެ.

އެ ގައުމުން އިތުރު 722 މީހަކު މި ވައިރަސްއަށް ވަނީ ފައްސިވެފައެވެ. މިއާއެލު އެ ގައުމުން މި ވައިރަސްއަށް ފައްސިވިމީހުންގެ އަދަދު ވަނީ 9141 އަށް އަރާފައެވެ. އެ ގައުމުން މި ބަލި ޖެހުނު 719 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 205 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު