މެލޭޝިއާގައި ދިވެއްސަކަށް ކޮވިޑް-19 ޖެހުނުކަން ޔަގީން ކުރެވިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދެންމެ ވިދާޅުވީ ދިވެއްސަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ބުނުމުން ހައިކޮމިޝަނުން ވަނީ އެކަން ބަލާފައި ކަމަށެވެ.

"މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ މިކަން ޔަގީން ކޮށްދެއްވާ އޭނާގެ ހާލު ރަނގަޅު ކަމުގެ މައުލޫމާތު ދެއްވާފައި. ދުޢާ އަކީ އޭނާ އަށް ފުރިހަމަ ސިއްހަތެއް މިންވަރު ކުރެއްވުން." ހައިކޮމިޝަނުން ވިދާޅުވިއެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެއެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 180 އަށް ވުރެ ގިނަ ދިވެހިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އެމީހުން މިހާރު ތިބީ ކަރަންޓީން ކޮށްފައެވެ.

މެލޭޝިއާ އިން މިހާތަނަށް 4228 މީހަކަށް ކޮވިޑް-19 ޖެހި 67 މީހަކު ވަނީ މަރުވެފައެވެ. މެލޭޝިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މާޗް މަހުގެ 15 ވަނަ ދުވަހާއި ހަމައިން ފެށިގެން ކޮންމެ ދުވަހަކު ވެސް އިތުރުވަމުން އައިސްފައި މިހާރު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މެލޭޝިއާ ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ނަމަވެސް ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެހި ގަތުމަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ އޮވެއެވެ. އެގޮތައް ގެއިން ނިކުންނައިރު ނިކުންނަން ޖެހެނީ އެންމެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    24
  2. ނައީމް

    ވަޒީފަތަކުން ކަނޑާލާފަ ގޭގަމަޑުކުރުމަށް އަންގާފަ އަދި ބޭރަށް ނިކުމެއްޖެނަމަ ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސްދީފަ ދެން ގޭގެ ބިލްތަށްބޮޑުވީމާ ނިކަމެތިން އިތުރުހާސްކަމަކާއި ނުތަނަވަސްކަމުގެތެރޭގައި އަޅާލާނެ މީހަކުނެތް.. މި ހާލަތުގަވެސް %40 ކުޑަކުރާނެ ކަމަށްބުނެ ސަރުކާރުން ރައްޔިތުންނަށް ހެދީ ދޮގު/މަކަރު މިމަހުގެ ބިލްތަށް އަތްނުފޯރާވަރަށް މައްޗަށް ދުވަހަކުވެސް ބިލްތައް ބޮޑުނުވާހާވަރަށް ބޮޑުވެސްވެއްޖެ . އަދި މިމަހުގެ 19ރައިގެކުރިން ނުދައްކައިފިނަމަ %2 ޖޫރިމަނާ ކުރާނެކަމަށް އިންޒާރުވެސްދީފަ.