ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 16 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 401 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ރާއްޖެ އިން މިހާތަނަށް 1672 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 1266 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 10 މީހަކަށެވެ. އޭގެ ތެރެއިން ދެމީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ. މިވަގުތު އެއްވެސް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު