ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ އާއި އަދި އެހެން ރަށްރަށުގައި ވެސް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައި އޮތް އޮތުން ކުރިއަށް އޮތް 14 ދުވަހު ވެސް ދަމަހައްޓަން ސަރުކާރުން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ މިހާރު ވެސް މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭޕްރިލް 17 ވަނަ ދުވަހު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ހުރިހާ ރަށެއް ވެސް ވަނީ ފުރަބަންދުކޮށްފައެވެ.

މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދާތީ އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިއުލާނު ކޮށްފައިވާ ފުރަބަންދުގެ މުއްދަތު މީގެ ކުރިން ވެސް އިތުރުކޮށްފައި ވެއެވެ.

ރާއްޖޭގެ ފުރަބަންދު އުވާނުލިނަމަވެސް، މާލެ ހިމެނޭހެން ރާއްޖޭގެ ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތަލަށް ލުއިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މަރުޙަލާތަކަކަށް ބަހާލައިގެން ލުއިދެމުންދާނެ ކަމަށް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ވިދާޅުވީ އެންމެ ފުރަތަމަ ހުއްދަދޭނީ ޒަރޫރީ ޚިދުމަތްދޭ ތަންތަން ހުޅުވުމަށް ކަމަށެވެ. ނަމަވެސް ހެލްތް މިނިސްޓްރީން ވިދާޅުވެފައި ވަނީ، ލުއިތަކެއް ދިނުމަށް ނިންމި ނަމަވެސް އަދި ބަލިން ސަލާމަތްވީ ނޫންކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    ބަލިނެތް ރައްރަށްށަ އެރުމުގެ ހުދައް ދިނުން ރަނގަޅު ކަންނޭގެ ދޯ

    16
    8
    • ޙުސެން

      ބަލި ހުރި ރަށަކުން ބަލި ނެތް ރަށަކަށް ދިޔުމުން ވާނީ ކިހިނެތް

  2. ޤައުމު

    ކޮބާހޭ ރިޒަލްޓް
    ރައްޔިތުން ހަނާކޮއްގެން 1.5 ބިލިއަން ރުފިޔާ ދިރުވާލާފަ ބޮންދުންނަށް ޚިދުމަތުގަ ސަލާމަތީބާރުތައް އަވަދިނެތި ވާވާ ސަޅި
    ޜިސޯޓް ބޯއީން ބިކަވެފަ ސަރުކާރުން ރިސޯޓް މުއައްޒިފުންގެ ހާލަކަށްނުބަލާ މ ޑ ޕ އަށް ސަލާމް އަދި ބަނގާޅު ނަޒލާއައްވެސް

  3. ސޒ

    މީތަ އެބުނާ ލުއިފަސޭހަ ގޮތްތަކަކީ...؟؟؟؟؟