ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކުރާ ޖޫރިމަނާ 10،000 ރުފިޔާއާ ހަމައަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 'އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020'ގައި ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ހާއްސަ އުސޫލުތަކެއް ކަނޑައެޅިގެން ދާނެ ކަމަށެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާއި ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5،000 ރުފިޔާއާ 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ހިލާފުވާ ފަރާތަކީ ގާނޫނި ޝަހުސެއް ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިގެން ދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބލިކް ހެލްތު އަންގާ އެންގުންތައް ތަންފީޒު ކުރުމަށްޓަކައި ފުލުހުންނަށް ވެސް ވަކި ހާއްސަ ބާރުތަކެއް ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުމާއި އެއްގޮތަށް އަމަލު ކުރަން އެންގުމާއި އެންގުމާއި ހިލާފުވާ ތަނެއްގައި އެއްވ އެުޅޭ ނަމަ އެތަނެއް ރޫޅާލުމާއި އެންގުމާއި ހިލާފުވާ ފަރާތްތައް ވަގުތުން ޖޫރުމަނާ ކުރުމުގެ އިތުރުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް ބޯނުލަނބާ ފަރާތްތައް ވަގުތުން ހައްޔަރުކުރުންވެސް ހިމެނެއެވެ.

މިހާރު ވެސް އެންގުންތަކާއި ހިލާފްވާ ފަރާތްތައް އަންނަނީ 1000 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހިޔާލު1

    ޖުރިމަނާކޮށް ރައްޔިތުންއަތުން ފައިސާނެގުމަށް ވިސްނެވުމަށްވުރެ ރައްޔިތުންނަށް ރައްކާތެރިވެ ހަރާކަތްތެރިވެވޭނެ ނިޒާމުކަޑައަޅައި އެ ނިޒާމާ ޚިލާފުވާ ފަރާތްތައް ޖުރުމަނާ ކުރަންޖެހޭނި ކަމާއިބެހޭ ފަރާތްތަކުން ދެއްވަންޖެހޭ ހިދުމަތްތައް ނުދެވި ލަސްވުމުގެ ސަބަބުން ގަވައިދާ ހިލާފުވެވޭ ފަރާތްތައް ޖުރުމަނާ ކުރުމުމަކީ ކުރެވިގެންވާނެކަމެއްނޫން.

    94
    5
  2. ހުސޭނުބޭ

    އެއްފަހަރުން ރައްޔިތުންގެ ގޮހޮރުބޮނޑި ނިކުންނަވަރު ކޮށްލީތަ؟

    22
  3. މުޝީރު

    ކޮވިޑު ..ފެތުރޭގޮތައް..ފޮޑިއެއް..ޖެހިޔަސް... ހަ ..ލައްކަ..ރުފިޔާއިން..ޖޫރިމަނާކޮއް...10..އަހަރައް ..ޖަލައް.. އެހެންނުން.

    15
  4. ާައަހުމަދު

    މިހާރު ނެތް މިގައުމުގަ އުޅެވޭކަށްދޯ. ދައުލަތުގެ ބަޖެޓް ހުސްކޮއްލާފަ ރައްޔަތުން ފެލަން މިނިންމަނީ. ރައްޔަތަކަށް ކާން ބޯން މަސައްކަތެއް ކުރެވެން އޮތީކީނޫން. ކީއްކުރާނީދޯ 4، 5 މިނިސްޓަރަކާ ގައުމު ހަވާލު ކޮއްފަ ރައްޔަތުން ހޮވި ރައީސް ވީތަނެއް ނޭނގޭ.

    25
  5. މޫސަ33

    އެމްޑީޕީގެ ސަރުކާރުން ރައްޔިތުން ފެށުން ފުރަތަމަބާބު

    17
  6. ާވާރު

    ކޮވިޑު 19 އާއި ގުޅިގެން ގޭގައި ނުތިބެ މަގުމަތީ
    އުޅޭ ފަރާތްތަށް ކުރާ ޖުރުމަނާ ކުރަން ފެންނަނީ
    1.000.000 ރުފިޔާ ކަމުގައި ހަދަން ފެނޭ. ...
    އޭރުން ފައިސާ ލިބުމުގެ އިތުރަށް ރަޔިތުން ފެލާ
    ލާނެ މަގުފަހިވެ ކުއްވެރިން ގިނަވެގެން ދާނެއެވެ.
    އަދި ފައިސާ ނުދެއްކި ގިނަބަޔަކު ހަނާކޮށްލަން
    މަގުފަހިވާނެ ......!!!!!!!!!!!!!!!!!!!!!!!!!!!

    20
  7. މާލް

    އަތުގަ ވެސް ނެތްބަޔަކު ތިޔަ ދަރަޖަޔަށް ވެއްޓިދާނެ ، ތީ ދައުތެއް ނަމަ ތިހެން ތިކަން ކުރާކަން ނުކެރުނީސް !ދައުލަތުން އެހީތެރިކަން ދިނުމުގެ ބަދަލުގަ ފޭރުމުގެ އަމަލެއް ހިންގަން ތިޔައުޅުއްވަނީ ، ދާދިއަވަހައް އާދޭސް ކުރަން ޖެހޭދުވަސް ހުރެގެން އެބައާދެއޫއެވެ.ވައްސަލާމް އަލައިކުން

    17
  8. އެންދެރި

    ޖޫރިމަނާ ކުރިއަސް އަތުގަ ނެތް އެއްޗެއް ނުދެއް ކޭނެ އެވެ.

    35
    2
  9. ހަހައައަ

    މިއަހަރު ބަޖެޓް ހަމަޖައްސާލާނެ ގޮތެއްހޯދާލީ ދޯ......އެކަމަކު ރައްޔިތުން މިތިބީ ވަޒީފާގެއްލި އާމްދަނީލިބޭނެގޮތެއްނެތި އިނދަޖެހިފަ، ..ވޯޓެއްލާނެ ފުތުސަތެއްލިބެއްޖިއްޔާ ކުޅިދައްކާލާނަން އިނގޭ.

    21
  10. ސައީދުމުސާ

    މިލިއަނެއް ނަގާބަލަ. ރިސޯޓުތައް ނުހުޅުވަ ކަޅާކޮށްލަން ލާރިލިބޭނެވާވަރަށް އޭރުން!

    18
  11. ފަހީމްބެ

    ސަރުކާރުން ކޮށް ދޭން ވާ ކަންކަން ނުކޮށް ދީގެން ވެސް ޖޫރިމަނާ ކުރެވޭނެ ގޮތެއް ހަދަން ވީ ސިޓީ ކައުންސިލް އަށް އަދި އިކޮނޮމިކް މިންސްޓްރީ އަށް ހުއްދަ އަށް ހުށައަޅަން ޖެހޭ ގޮތަށް ނިންމާ އިއުލާން ކުރީ 28 ވަނަ ދުވަހުގެ ރޭ ނަމަވެސް ދެ އިދާރާ އިން ވެސް މިކަމަށް ތައްޔާރު ވެފައެއް ނެތް މި ދެ އިދާރާ އިން އާންމުން ހުއްދަ އަށް އެދި ހުށައަޅަން ހުޅުވާލީ 29 ވަނަ ދުވަހުގެރޭ ޖެހިގެން އައި 30 ވީ ހޮނިހިރު ދުވަހު ލީ އެޕްލިކޭޝަން ތަކަށް އަދިވެސް ވާނުވާގަ ހުއްދަ ލިބޭ ކަމެއް ނުލިބޭ ކަމެއް ވެސް ނޭގޭ މިހާ ފިނިހަކަ ދުވެލީގަ ކަންކަން ކުރުމަކީ ގެއްލިގެން ދާ ވަގުތު ތަކެއް

    13
  12. ހަނު

    މުޒާ ހަދާ ކޮށްފާނެތީ ބިރުގަންނަނީ. ހިހިހ ހީ

    17
  13. މަޟްވެރިޔާ

    މިޟަރުކާރުން މިގެންގުޅެނީ ހާދަދޯހޮޅި ވިޟްނުމެކޭ ރައްޔަތުންހާލުގަ ޖެހުނުދުވަހު އަދިވެސް މިވިސްނަނީ ރައްޔަތުމީހާ ފެލައިގެން ދައުލަށްހިންގަން ހެޔޮނުވާނެ މިކަން މިކުރާބަޔަކު މިދުނިޔެއިން ނެތިކުރައްވާށި އާމީން

    21
  14. ރޯދަ މުބާރިކް

    ދިވެހިންގެ ﷲ ގެ ރަޙްމަތް ފުޅުން ބަލި ޖެހުނީ މަދު ބަޔަކަށް، ދެން ބޭ ރުތެ ރޭ އުޅެގެން ޖޫ ރީމައިނާ ކު ރެވުނު މީހުންނަކީ ރޯދަ މަހެއް ވީމަ އެކި އެކި ކަންކަމު ބޭ ރު ތެ ރެޔަށް ނިކުތް ބޭފުޅުން ކަމުގައި ވަ ރަށް ގާތް! ޖޫ ރީމައިނާ ބޮޑު ކު ރުމަކީ ހުތު ރު ޢަމަލެއް!

  15. ބަބަބަބަބަބަަބަބަބ

    ލާރިކާ ސަރުކާރު ރަޔިތުންފެލާ ސަރުކާރު

    6
    1
  16. ނޭގެ

    ރައްޔިތުން އަތުން ޖޫރިމަނާއޭ ކިޔައިން ރުފިޔާ ކާން ވެގެން. މިހާރުވެސް ރާއްޖޭގެ ރައްޔިތުން މި އުޅެނީ މި ކޮވިޑް ކަންތަކާއި ނުލާ ހިކު ހާލުގައި. މިިފަދަ ނިކަމެތި ވަގުތު ގާއި ވެސް ރައްޔިތުން ފެލާނެ ގޮތެއް ނެތިގެން?? ބޯ ހަލާކު ??