ރާއްޖެ ކޮވިޑް-19 އަށް މިއަދު އިތުރު 56 މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނެވެ. އޭގެ ތެރެއިން އެއްވެސް ކްލަސްޓާ އަކާއި ގުޅުމެއް ނެތް ހުރީ އެންމެ މީހެކެވެ. ދެން ހިމެނޭ 29 ބިދޭސީންގެ ތެރެއިން ކްލަސްޓާއަކާއި ގުޅުމެއް ނެތް ހަތަރު މީހަކު ފާހަގަ ކުރެވުނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1829 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު އިއްޔެ އަށް ވުރެ މަދެވެ. އިއްޔެ ހަމައެކަނި އެންމެ ކްލަސްޓާއެއްގައި ހިމެނޭ 79 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއެންމެންނަކީ ވެސް ބިދޭސީންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިއްޔެ ފިޔަވައި، ފަހަކަށް އައިސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 488 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ތިން ބިދޭސީންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދާ މީހުންނަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ދެން ތިބި މީހުންނަށް ފަރުވާ ދެނީ ވޯޑްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިސަން 1/6/2020 22:28

    ސާބަސް އެގޭ ތިކުރާ މަސަށްކަތަން

  2. ހއއ 1/6/2020 22:33

    ވަރަންރަގަޅު އެގޭ ރުފިޔާ ކާތި