ރާއްޖެއިން ކޮވިޑް-19 ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1000އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ނަތީޖާއަށް ބަލާއިރު، 1003 ބަންގްލަދޭޝް މީހަކު ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ދެން އެންމެ ގިނައީ ދިވެހިންނެވެ. އެއީ 590 މީހެކެވެ. މީގެ އިތުރުން އިންޑިއާ 186 މީހަކާއި، ނޭޕާލް 23 މީހެއްގެ އިތުރުން، އިޓަލީ 11 މީހަކާއި، ލަންކާ ނުވަ މީހެއްގެ އިތުރުން، ޕާކިސްތާން ތިން މީހަކާއި، ގައުމު ހާމަކޮށްފައި ނުވާ 4 މީހަކު ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 1829 އަށް އަރާފައެެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 6މީހަކު ނިޔާވެފައިވާއިރު، ނިޔާވި މީހުންގެ ތެރެއިން ތިން މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި ބޮޑަށް ބަންގްލަދޭޝް މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުވެފައި ވަނީ ގިނަބަޔަކު އެއްތަނެއްގައި ތާށިވެފައި ތިބުމުގެ ސަބަބުންނެވެ. އަދި މިގޮތަށް ފައްސިވާ ގިނަ މީހުންނަކީވެސް މިފަދަ ތަންތަނުން ނެގޭ ސުންކު ތަނުން ފައްސިވާ މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 488 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ. މިއީ ބަލި ޖެހުނު ނިސްބަތަވަށް ބަލާއިރު 26 އިންސައްތަ އެވެ.\

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤައުމީ ދަރިން

    ޤަވައިދާ ޚިލާފަށް މި ގައުމުގައި ތިބި ބިދޭސީން ފޮނުވުން އަވަސް ކުރޭ

  2. ސަންތޯޝް

    އަދިވެސް ހަމައެއް ލަމައެއް ނެތި ތިޔަ ބިދޭސީން މި ޤައުމަށް ގެނެސް މި ޤައުމު ފުރާލާ