ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާތެރެއިން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅުއްވާފައި ވަނީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމް "ވަގުތު" އަށް ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ ފުލުސް އޮފީހަށް ވަޑައިގެން އެތަނުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާގައި، ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައި ވާއިރު އެމްޑީޕީ މެމްބަރުން ޝިޔާމް މަޖިލީހުން ނެރުނީ ދަމާފައެވެ. އަދި ޝިޔާމް ނެރުމަށް މެމްބަރުން ކުރި މަސައްކަތުގެ ތެރޭގައި އޭނާގެ ގަމީސް އެއްކޮށް ވީދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

ޝިޔާމް ވިދާޅުވީ ފުލުހަށް މައްސަލަ ހުށަހަޅުއްވަން ނިންމީ މަޖިލީހުގައި މާރާމާރީ ހިންގުމުންކަމަށެވެ.

"މަޖިލީހުގައި އެދުނީ ނިޒާމީ މައްސަލަ އެއް ނެގުމަށް. އެދުމުން އަޅުގަނޑުގެ ނަން އިއްވީ. އަޅުގަނޑު ދެންނެވީ އެއީ ޤަވާއިދާއި ޚިލާފަށޭ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނީ. އަދި އެހެން ބޭރެއް ނުވެސް ކުރެވޭނެ ނޫންތޯ. ސީދާ ޤަވާއިދާއި ޚިލާފަށް އެ ކަންކަން ކުރެއްވީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައި ވަނީ ޤަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ކަމަށް ވިދާޅުވެއެވެ.

މެމްބަރު ޝިޔާމްގެ ނަން މިރޭގެ ޖަލްސާގައި އިއްވާފައި ވަނީ މިރޭ މަޖިލީހުގައި ކުރިޔަށްގެންދަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ގެންދަވާ ޖަލްސާއެއް ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.

މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ޝިޔާމް މަޖިލީހުގައި އަޑުގަދަކުރައްވަން ފެށުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުން ނިކުމެވަޑައިގަތުމަށް ތިން ފަހަރުގެ މަތީން ނަން އިއްވާފައެވެ.

ތިން ފަހަރުވެސް ނަން އިއްވުމުން ޝިޔާމް ތަޅުމުން ވަޑައިނުގަތުމުން މެމްބަރު މަޖިލީހުން ބޭރުކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރުންނެވެ. އެމްޑީޕީ މެމްބަރުން ޝިޔާމް ބޭރުކޮށްލީ އެޗްޕީއޭއިން މަޖިލީސް ހިންގުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގައި، ގައިދުރުކޮށް ތިބުމަށް އަންގާވައިވާ އެންގުމާއި ޚިލާފުވާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސީރިއަސް

    މާރާ މާރީ އޭ... ޢެހާ ދުރުގަ ތިބެފަ ކިހިނެއް ތިކަން ކުރާނީ. ބަލާބަލަ މިހާރުވެސް އެތިބީ ވަރަށް ދުރުގަ. އެކުދިން މިއުޒިކަލް ޗެއަރ ކުޅުނީ. މިއުޒިކް ހުއްޓާލީމަ އެއްކުއްޖަކު އިށީންނާނެ ގޮނޑިއެއް ނެތިގެން ބޭރުވީ.

    52
    23
    • ޣަފޫރު

      ކަލޭ އައިނު އަޅާބަލަ.

      6
      2
    • ރައީސްޔާމީނު

      ޝިޔާމު ޖެއްސި ވައްތަރު ފެނުނޭ ލައިވްކޮށް.. ނަން އިއްވީމަ ރީތިކޮށް ނިކުންނަން އޮންނަނީ ނުނިކުމެއްޖެއްޔާ ގަދަކަމުން ނެރެވޭނެކަން އެނގޭނެދޯ.. ގަމީސް ވީދާލީ އަމިއްލަޔަށް އެއްވެސް ވީޑިއޯއަކަށް ނެތް ތިޔަ ކަހަލަކަމެއް އަރާފައެއް.. އަދިވެސް ގޭމު ކުޅުމުގަ ތިއޮތީ ބަލިވެފަ ބަލިކޮށްފަ ހިލަން އުޅުނު ބޭސް ގަނޑު ނުހިލުނު ދެން ލަލަލާ

      8
      33
  2. ޙދ

    ރައްޔަތުންނަށްޓަކައޭ ކިޔާފަ ރައްޔަތުންނަށް އަޑުވެސްނީވޭގޮތަށް ރައްޔަތުން ނިދާފައި ތިއްބާ ވަގުވަގަށް ޖަލްސާބާއްވާފަ ކޮންވާހަކައެއް ތިދައްކަނީ

    157
    7
  3. Anonymous

    ޔާﷲ ރޭގަނޑު ދަންވަރު ރައްޔިތުންގެ މަޖިލީހަށް ޖާހިލުންގެ ބަޔަކުވަދެ ގަދަބާރުން އަނިޔާވެރިގޮތަކަށް އެމްޑީޕީގެ ޖާހިލުން ނިންމަން އުޅޭ ކަންތަކަށް އިނބަﷲގެ ބާރުން އެބައި ގަނޑު ގެނުބައި ރޭވުންތައް ނާކާމިޔާބު ކުރަށް ވާފާނދޭވެ އާމީން

    28
    4
    • މޑޕބޭރުކަރަންބޭނުން

      ދަންވަރުކޯޓުތައް ހުޅުވީމަ ދޯ މައްސަލަ އަކައްވީ؟ މިބައިގަޑު ކޮއްފިއްޔަ އޯކޭ ދޯ!

      17
      5
  4. ޖަރީމާ ސަރުކާރު

    ރައްޔިތުން ކަލޭމެނަށް ވޯޓުދިނީ ރޭގަނޑު މީހުންނިދާދަން ވީމަ މަޖިލީހަށް ވަދެ ވައްކަކުރާކަށް ނޫން އެމްޑީޕީ ތިހިންގާ ޖަރީމާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން!

    23
    2
  5. ކިނބޫ

    ބުއްޅަބޭ އަތުން މަޖިލިސް ކޮންޓްރޯލް ގެއްލިއްޖެ. މެންބަރުން މައިތިރި ކުރުމުގައި މިފަހަރު ޔޫ ރިޕޯޓެއް.

    21
    1
  6. ޣޯސް

    އީވާގެ ވަރަށް ހަޱި މަންޒަރެއް އަހަރެން ދުށިން. ކޮޅުފައިން މީހެއްގެ ފޫކޮޅުގަ ޖެހި. އަދި އެމްޱީޕީ މެމްބަރުން ޝިޔަމު ގައިގައި އަތްލުމަކީ ގޯހެއް. ސަބަބަކީ ޝިޔާމު ނެރޭނީ މަޖިލީހުގެ ސެކިއުރިޓީން.

    28
    1
  7. ކޮތަރު

    ނަސީދު މިރޭ ތިޔަ ސާބިތު ކޮށްދިނީ ތިޔައީ ހުދުމުހުތާރު ވެރިއެއްކަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން މަގޭ ކައިރިއަށް ވޯޓު ހޯދަން ނާންނާތި.

    35
    5
  8. އުސައިދު

    ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ވޯޓް ދިނީމަ ހޮވިފަ ތިބި ބައެއް ރައްޔިތުންގެ ފައިސާއިން އެންމެހާ ބޮޑު މުސާރަ ނަގައިގެން ރައްޔިތުންގެ ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްގެން ރައްޔިތުންނަށް ފައިދާ އެއް ނުކުރާގޮތަށް ރައްޔިތުންގެ މަޖިލީހުގަ ތިޔަ ކުޅޭ ނާޗަރަންގީ ކުޅުން ހުއްޓާލާފަ ރައްޔިތުންނަށް ޑެލިވަރީ ކޮށްދިނުމަށް ނިކުތުމަށް ގޮވާލަން..

    23
    1
  9. މޫނީ

    މާތް ﷲ އިރާދަ ކުރެއްވިއްޔާ މި މޑޕ ނެތިގެންދާނީ މި މީހުންގެ އަމިއްލަ މަސައްކަތުން

    24
    3
  10. ކެނެރީ

    ތިޔަންވުރެ ރަގަޅުވީސް ރައްޔަތުންނަން ނިދާބޭސް ދިނުންވެސް

    19
    1
  11. Anonymous

    މައްސަލަ ކިތައްމެ ވަރަކަށްވެސް ޖެއްސިދާނެ. އެކަމަކު ތިކުރެވެނީ ބޭކާރުކަމެއް. ތި މައްސަލަ ބެލިޔަކަވެސް ނުދޭނެ ރަންނަމާރިއެއް.

    21
  12. ނާބެ

    މިއަށްވުރެ ޚުދުމުހުތާރު ބަޔަކު ދުވަހަކުވެސް ނުދެކެން ރައްޔިތުންގެ ފުރިހަމަ ބާރު މިރޭފެނުނުކަމަށް ބުނާއިރު ރައްޔިތުން ނިދާފަތިއްބާ ތިޖަލްސާ ބޭއްވުމަކީ ދިވެހި ރައްޔިތުންނަށް އެއްވެސް. އިހުތިރާމެއް ނުކުރާނެކަންދެއްކުން.

    23
    2
  13. މޮޔަސޮރު

    ރައްޔިތުންނަށް ހެވަށް ކަންކުރާ އެކަކުވެސް ނެތް ހުސްލާރިއަށް

    15
  14. ބަކުރުބެ

    ނައިފަރު މެމްބަރުވެސް 3 ފަހަަރު ނަން އިއްވީމަ މަޖިލިސް ދޫކުރައްވާ ނިކުންނަމައެއްނު،
    ފޮނިކަމުންް، ހަމަ ރާވައިގެން މާރާމާރީޔޯ،
    ދެން ނުދާތި މަޖިލީހައް ގޭގަ މަޑުކޮއްލައްވާ،

    4
    18
  15. އ. ޖ. އ

    ބުނާގޮތް ނުހެދީމަ އެޗްޕީއޭ ގެ ހުއްދަ އާ ހިލާފު ވާން ޖެހުނީ..

    3
    17
  16. ޢަލިބެ

    ތިކުރާ ކަންކަމުގެ ނިމުން ދާދިއަވަހަށް އަންނާނެ. މިހާރު ތިއުޅެނީ ބާރުތައް ލިބިފައޮތީމަ ހިތުހުރިގޮތަކަށް. އަބަދަކު ގަދަބާރު ދައްކައިގެން ނޫޅެވޭނެކަން ހަނދާން ބަހައްޓާތި.

    23
    1
  17. ހުކުރު

    މެމްބަރުންގައިގައި ބައިމީހުން ލައްވައި ތަޅައި މާރާމާރީހިންގާތަނަކަށް ރައްޔިތުން މަޖިލީސްވީމާ އެތަނުގެ އެތެރޭގައި ހިނގާކަންކަން ރައްޔިތުންނަށް ވަރަށްސާފުވެއްޖެ! އެއީ ޤާނޫނާ ޚިލާފު ޢަމަލެއް

    22
    1
  18. ޢަބޫ

    ރައްޔިތުންނަށް ހުތުރު އަރުވާ މަޖިލިސް، ކޮންމެ މަޖިލީހެއްގަވެސް ހަމަނުޖެހުން ހިންގަނީ އެމް ޑީ ޕީ ކުރީގެ މަޖިލީހުގަ ހަމަ ނުޖެހުން ހިންގާ ﷲ ގެ އިސްމުފުޅު މައްޗށް ފައިން އެރި މީހާ މިހާރު އެހުރީ ދިފާއީ ވަޒީރުކަން ދީފަ

    16
    2
  19. އަފީ

    މަޖިލީސް މެމްބަރަކުގެ ނަން އިއްވުމުން އެ މެމްބަރު ބޭރަށް ނެރުމުގެ ކަންކަން ކުރާނީ މަޖިލީސްގެ ރައީސް، މަޖިލީސްގެ އެއްވެސް މެމްބަރަކަށް އެ މަޖިލީސް މެމްބަރު ނެރެން އަތެއް ނުލެވޭނޭ! އަތްލައިފިނަމަ އެއީ މާރާމާރީ ހިންގުން!

    9
    2
  20. ފުއާދު

    ތިވެސް މަޖިލިސްގެ ބައެއް ކިހިނެއް ތިކަން ބަލާނީ؟

  21. މިލާ

    ބޭކާރު ކަމެއް ޕޮލިހައް ދިއުމަކީ؟

  22. މުއްތު

    އޮންނާނީ ޤާނޫނު އަސާސީ އިސްލާހު ކޮއްފާ ދެންލަލަލާ

  23. ޢަހުމަދު

    ތިމައްސަލަ ނުބަލާނެ. މި ސަރުކާރުގައި ޤނޫނު ހިގާނީ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނި.

  24. މުއްތު

    ޖަންގަލީގެ ޤާނޫނު ތޯ ޒުވާނުންނަށް ވަޒީފާގެ ދޮރުތަކެއް ދެއް ތޮ!

  25. ޜޮބަޓް

    ހިއުމަން ރައިޓްސް ކޮމިޝަނުން މިމައްސަލަ ބަލަންޖެހޭ، ސާރޖަންޓް އެޓް އާރމްސްގެ ޒިންމާ އަދާނުކޮށް ހުރުމުގެ ސަބަބުން މެމްބަރަކަށް އަނިޔާވުން ބަލައެއް ނުގަނެވޭނެ.

  26. މިސްރު

    ޢަބްދުﷲ ޝާހިދު އަކީ ރައްޔިތުންނޭ ކިޔޭނެ މީހެއްނޫން. އެއްވެސ ްރައްޔިތަކު ތިމަޖްލީހެއް ނުބަލާ. އެއްމެން ތިބީ ނިދާފަ. އެއްވެސް ރައްޔިތަކު މާރާމާރީއަކަށް ސަޕޯރޓެއް ނުކުރާނެ، އެއްވެސް މީހެއްގެ އަތްފަޔަށް ގަޔަށް ބޮލަށް އެރުވުމަކަށް އަނެއް ރައްޔިތަކުނޭނދޭނެ. މީއީ އެއްވެސް މީހެއް ތަރިކަ މުދަލެއްނޫން. ޝިޔާމް އަކީ ވެސް ރައްޔިތުން ތަމްސީލް ކުރުމަށް ރައްޔިތުން އިސްކޮށްފަ ހުރި ބޭފުޅެއް. ޢަބްދުﷲ ޝާހިދު ރައްޔިތުންންނޭ ކިޔާއަނަގަނުހުޅުވާތި. އެމްޑީޕީގެ އެކްޓިވިސްޓުން ވަރަށް ބޮޑަށް އުފާވާނެ. މާރާމާރީ ހިންގީމަ. އެއީ އެމްޑީގެ ޘޤާފަތް.