ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ޖަލްސާގެ ތެރެއިން، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި ބައެއް މެމްބަރުން މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މި ވީޑިއޯގައި ބައެއް މެމްބަރުން ޝިޔާމަށް ހަމާލާދިން މަންޒަރާއި މެމްބަރު ދަމާފައި ގެންދާ މަންޒަރު ވެސް ފެނެއެވެ. އަދި ބައެއް މެމްބަރުން ޝިޔާމްގެ ދިފާޢުގައި ތިބި މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މިރޭގެ ޖަލްސާއަކީ ޤާނޫނާއި ޚިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށް ވިދާޅުވެ، މަޖިލީހުގައި ޝިޔާމް ނުރުހުން ފާޅު ކުރެއްވުމުން އޭނާ ތަޅުމުން ނެރުމަށް ތިން ފަހަރެއްގެ މަތީން ނަން އިއްވާފައި ވެއެވެ. އެއާއެކު ޝިޔާމް ދަމާފައި މަޖިލީހުގެ ތަޅުމުން ނެރުނީ އެމްޑީޕީގެ މެމްބަރުންނެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް މުޣުނީ "ރައީސް އަޅުގަނޑުމެންނަށް ވަގުތުކޮޅެއް" ދެއްވުމަށް އެދިވަޑައިގެންނެވި އަޑުވެސް ވީޑިއޯއިންއިވެއެވެ.

މި ހާދިސާ ހިނގި ވަގުތު އެމްޑީޕީގެ ބައެއް މެމްބަރުން، ޝިޔާމް ހޮސްޕިޓަލަށް ގެންދަން ޖެހިދާނެ ކަމުގެ އިންޒާރުދޭ އަޑުވެސް ވީޑިއޯއިން އިވެއެވެ. އަދި މެމްބަރަކު "ތި ހޮސްޕިޓަލަށް ގެންދާށޭ" ވިދާޅުވާ އަޑު ވީޑިއޯއިން އިވެއެވެ.

އެމްޑީޕީގެ މެމްބަރުން، މެމްބަރު ޝިޔާމް މަޖިލީހުން ބޭރުކުރުމުގައި އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާއިރު، މި މައްސަލަ ޝިޔާމް މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވާފައެވެ.

މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ، މަޖިލީސް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ޤަވާއިދުތަކާއިވެސް ޚިލާފަށް ގިނަބަޔަކު އެއްވެ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އެޗްޕީއޭއިން މަޖިލީސް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ޤަވާއިދުތާއި އެއްގޮތަށް ޖަލްސާތައް ކުރިޔަށް ގެންދިއުމަށް އެންގުމަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙގގގ

    ގައިމު ބައްދަ އޮޅުލަގެން އުޅުނި 3 ފުޓު ދުރުމިނެއްވެސް ނެތް

    87
    • ރާއްޖެތެރޭ ސޮރު

      ގޭންގު އެމް.ޑީ.ޕީ

      30
      1
  2. ބޮޑުވަޒީރު

    މިއަދުގެ ސަ ރުކާ ރައް މާކައްގިނަދުވަހެއްދެނެއްނެތް އެކަން ހިންގަނީވެސް އެންޑީޕީން ?

    89
    5
  3. ލުޓޭރުންގެ ސަރުކާރު

    ބަލަގަ ތިޔަބުނާ ރައީސް ގޮވަމުންދިޔައީ ޝިޔާމުގައިގަ ތަޅާލާށޭ..ނޫސްވެ ރިޔާއަށް އަޑުތިއިވުނީ ގައިގަ އަތްނުލާށޭ ..ތަޅާނެކުދިން ހޯދިމީހަކު މަޖުލިހުގައިނީ..ބޮޑު ޓެ ރަ ރިސްޓެ...

    125
    6
  4. މަޖިލިސ ގެރި

    މަޖިލީހުގަ އިން ރީނދޫ ގެރި އައް ޓެރަރިސްޓު ދައުވާކުރެވޭނެ

    23
    1
  5. ގައިގަ އަތްލާކަށް ނުޖެހޭނެ

    ތީ މޑޕ އެއްޗެހިންތަ މަޖިލީހަކަސް ގަނޑުވަރަކަސް ތި އެއްޗެހިންގެ އުޅު ހުންނާނީ ތިހެން ހަމައެއް ލަމައެއް ގޮތެއް ފޮތެއް ނުހުންނާނެ. މި ގައުމުގެ ހަލާކުތީ

    22
    1
  6. ނަށީދު

    ނަށީދު އިޝާރާތް ކުރިތަން ދުށިން ބެމްބަރުންނައް ޝިޔާމް ކައިރިއަށް ދިއުމަށް. ދެން މެންބަރުން ގޮސް ޝިޔާމް ވަށާލި.
    ނަށީދަކި ވަރަށް އަޑިނުބައި މީހެއް

    26
    1
  7. އަސީ

    މީވަރައްބޮޑު މައްސަލަޔެއް ނަންއިއްވިޔަސް މެންބަރުންނަކައް މެންބަރުންނުނެރެވޭނެ އެކަންކުރުމައް މަޖުލިހުގަ ހަދާފަވާ ގަވައިދާއެއްގޮތައް އަމަލުކުރަންޖެހޭނީ

    24
  8. ކިކުއަންނަނީ

    އެބަ ރަނގަޅުވޭ. ބުރުސްލީގެ ފަހު ތަޅާލުންގަނޑު ބަލަން މިތިބީ ކެތްމަދުވެފައި.

    17
  9. ދިވެއްސެއް ވީމަ ބުނަމޭ

    ނާގާބިލު މީހުން ވެރިކަމުގ ެ އިސްމަގާމު ތަކުގައި ހަވާލުވެތިބޭނަމަ ތިފަދަ އެތައްކަމެއް ހިގާނެ ކަމުގެ އިންޒާރު އިތުރު ސާހިބާ ރަސޫލުއްﷲ އަލައިހިވަސައްލަމް ވަނީ މީގެ 1400 އެތައް އަހަރެއްގެ ކުރިން ދެއްވާފަ ދިވެހިން ނަށްވަނީ ކުށެއް ކުރެވި ގޯސް ހެދިފަ ދެންވެސް ހޭވެރިވޭ

    27
  10. Anonymous

    މެމްބަރުންނަށް އޮންނަ ކަމެއް ތަ އެހެން މެމްބަރަކު ގައިގާ އަތް ލާ ނެރުން. އެކަހަލަ ހާލަތެއްގައި ފުލުހުން ދޯ ކުރަނީ.
    މިއީ ސީދާ ގެރި ކޮށްޓެއް ހަމަ

    16
    1
  11. ލޮލްލް

    ހުވާ ސިކު ކޮމެންޓްތަކެއް :ޕީ

    2
    4