ތިލަފުށީގައި ތިބި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނާއި ފުލުހުންގެ މެދުގައި ހަމަނުޖެހުން ހިންގައިފިއެވެ.

އެ ރަށުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ބިދޭސީންގެ މުސާރަ އައިމާ ކޮންސްޓްރަކްޝަނުން ނުދޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަން ހިންގި ހަރަކާތްތަކަށް ފަހުގައެވެ. އޭނާ ބުނީ މިއަދު ހެނދުނު މުސާރަ ނުލިބޭ މައްސަލައިގައި އެތަނުގައި ނަގާކިޔާ ބައެއް ފުލުހުން ތިލަފުށީގެ ޕޮލިސް ސްޓޭޝަނަށް ގޮސްފައިވާ ކަމަށެވެ.

އަދި އެ މީހުންނަށް މުސާރަ ނުލިބޭކަމާއި، އެތަނުގައި ތިބެން ބޭނުން ނުވާކަމަށް އެ ބިދޭސީން ބުނެފައިވާކަމަށެވެ. ބިދޭސީންގެ އެ ޝަކުވާތަކާއި ގުޅިގެން ފުލުހުންނަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ބުނުމުން އެ މީހުން އަނބުރާ އެ މީހުން ދިރިއުޅޭ ތަނަށް ގޮސްފައިވާ ކަމަށް އޭނާ ކިޔާދިނެވެ.

އޭގެ ފަހުން ޕެޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް ބައެއް ބިދޭސީން ލަޓިބުރި ފަދަ ތަކެތި ހިފައިގެން އުޅުނު މަންޒަރު ފެނިފައިވާކަމަށާއި، ހަމަނުޖެހުން ހިނގީ އެ ލަޓިބުރިތައް ހޯދަން އުޅުނު ހިސާބުން، ބިދޭސީން ގަދަ ދެއްކުމުން ކަމަށް އޭނާ ކިޔާދިނެވެ.

" ބައެއް މީހުން އުޅުނު އެގެ ތެރޭގައި ތަނަށް ގެއްލުން ދޭން އުޅުނު މީހުންވެސް. މިހާރު އެބަ އަންނަކަމަށް ވަނީ އިތުރު ފުލުހުންނާއި އަދި އިންވެސްޓިގޭޝަންވެސް. އައިމާއިން މުސާރަ އެއް ނުދެޔޭ އެ މީހުން ބުނަނީ. އަދި ކާން ވެސް ރަނގަޅަކަށް ނުލިބެޔޭ." އޭނާ ކިޔާދިނެވެ.

އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެފައިވާ އިރު އެ ކުންފުނިން އެ ވާހަކަތައް ދޮގު ކުރެއެވެ. އަދި އެ ބިދޭސީން ހަމަނުޖެހުން ހިންގަން ގަސްތުގައި މަސައްކަތް ކުރާ ކަމަށާ، އެ މީހުން އަނބުރާ ކުންފުންޏަށް ފޮނުވާލަން މަސައްކަތް ކުރާ ކަމަށް ވެސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަންނި

    ބިދޭސީންވެސް އުޅެނީ އެމްޑީޕީ ގުންޑާއިން އުޅޭ ވައްތަރައް

    16
    2
  2. މަރޭ

    ހިސާބައްވުރެގިނަވީމައިވާނީއެހެން. މިހާރުވެސް ބޮޑެތި ގޯތިތަކުގައި މާރުކޭޓްހަދައިންގެން އެތިބެނީ. މިފަދަދަތި ދުވަސްވަރެއްގައި ދިވެއްސަކުކުރާނެމަސައްކަތެއްނެތް

    14
    1