ކ. ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) ގައި ފަރުވާ ހޯދަމުންދަނިކޮށް ކޮވިޑް-19 އަށް ފައްސިވި ތިން މީހުންވެސް ބަލިން ރަނގަޅުވެއްޖެއެވެ.

އެ މީހުން ބަލިން ރަނގަޅުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ތިން މީހުން ބަލިން ރަނގަޅުވެ، މިހާރު އެ މީހުން ވަނީ އެނބުރި ރިހެބަށް ގެންގޮސްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޭޝްބޯޑުން ދައްކާގޮތުން މެއި 14 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސިވި މި ތިން މީހުން ރަނގަޅުވެފައި ވަނީ އިއްޔެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 488 އަށް އަރާފައެެވެ.

ހިންމަފުށީ ރިހެބުން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ، އެތަނުގައި ތަރުތީބެއް ނެތި ނެގު ސުންކުތަކުންނެވެ. އޭގެ ފަހުން އެތަނުގައި އިތުރު ބައެއްގެ ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ.

ހިންމަފުށިން ބަޔަކު ކޮވިޑް-19 އަށް ފައްސިވި ދުވަހުން ފެށިގެން އެރަށް އޮތީ މޮނީޓަރިންގ ހާލަތުގައެވެ.އެރަށް މޮނީޓަރިންގ ހާލަތުން ނަގާފައި ވަނީ މެއި 21 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 1890 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމީދާ

    ޢަލްހަމްދުލިއްލާހް

  2. ކީކޭ!!!

    އެޗް ޕީ އޭއިން ކިހިއެއްތޯ ޓެސްޓް ކުރަނީ؟ ޔަގީންވާ ކަމަމީ އެއީ އެޗް ޕީ އޭއަށް ހެދިފައިވާ ވަރަށް ގޯސް މިސްޓޭކް އެއްކަން. ލަދުވެތި ކަމެއް!!! ޕޮޒިޓިވް ނުވާ ކިތައް މީހުން ވީ މީހުންގެ ގޮތުގައި އެކަހެރި ކުރެވިފއިވާނެބާ؟ ހަމަ އަހާލީ!